އެމްޕީއެލް އިން ހުޅުމާލޭގައި އިމާރާތް ކުރަން ނިންމާފައިވާ ޓަވަރުތަކުގެ ތްރީޑީ ކުރެހުމެއް.
30 ޑިސެމްބަރ 2017 - 09:36
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން އެމްޕީއެލް އިން ހުޅުމާލޭގައި ރެޒިޑެންޝަލް ތިން ޓަވަރު އަޅަން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެ ކުންފުނިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 14 ބުރީގެ ތިން ޓަވަރު އަޅަން ސިންގަޕޫރުގެ ކުންފުންޏާއެކު ސޮއިކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގެ އަގެއް އަދި މަސައްކަތް ފަށާނެ ދުވަހެއް އެމްޕީއެލްއަކުން ނުބުނެ އެވެ.
ރާއްޖޭގެ ވިޔަފާރި ބަނދަރުތައް ހިންގާ ކުންފުނިން ބުނީ، ހުޅުމާލޭގައި އަޅަން ހަމަޖެހިފައި ވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކާއި އެއް ކޮޓަރީގެ ސްޓޫޑިއޯ އެޕާޓްމަންޓްތަކެއް ކަމަށެވެ.
"ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ އެއް ކުންފުންޏަކީ އެމްޕީއެލް. ހިޔާ ޕްރޮގްރާމަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް،" އެމްޕީއެލް އިން ބުންޏެވެ.
އެމްޕީއެލްގެ އިތުރުން އެމްޓީސީސީން ވެސް ވަނީ 15 ބުރީގެ ދެ ޓަވަރު އަޅަން ސިންގަޕޫރުގެ ކުންފުންޏަކާ ދާދި ފަހުން ހަވާލުކޮށްފަ އެވެ.
ހުޅުމާލޭގައި 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ޓަވަރުތައް ހަދަން ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކުރުމުން، އެ ކުންފުނިތަކުން އަންނަނީ އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެސޮރު.
31 December 2017
މިފަހަރު ރައްޔަތުން ހިއްސާވާ ހުރިހާ ކުންފުންޏެއް އިދަޖައްސާލާނެ.
ދޮން އާމިރު
31 December 2017
ހުސް ޗަރުކޭސް............
ކޮކްޓެއިލްރައީސް
31 December 2017
ސިންގަޕޫރުގެ ކޮން ނަމެއް ކިޔާ ކުންފުންޏެއްބާ! އެއްވެސް ކަހަލަ ހަފްލާއެއްވެސް ނުބާއްވާ، މީޑީއާއަށްވެސް އަންގާ ނުލާ އެބަޔަކާ ހަވާލުކޮށް ސޮއިކޮށް ނިންމާލީ އުތަ، ނޫނ މީވާ ރަނގަޅު ބައެއް.
ފޫހި
31 December 2017
ކުލީގެ ފްލެޓެއްގެ ދަހިވެތިކަމުގަ ލޯއަދިރި މަންމަން ބަޔަކަށްވެފަ. ބިލްގޭޓު މެން ޗުއްޓީހޭދަކުރަން އަންނަ ރީތި ރަށްތަކުގެ ބަދަލުގައި ކޮންކްރީޓް ޖަންގަޔަކަށް.
ޙުސެން
30 December 2017
ކޮބާތާ ބީއެމްއެލް ސްޓާފުންނައް
ޔޭއްޔޭއް
30 December 2017
އެމްޕީއެލްގެ ހުޅުމާލޭގެ ތިން ޓަވަރު އަޅަން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފި ނަމަ އެއީ އުފާ ކުރަން ޖެހޭނެ ކަމެކޭ. މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރު ފެންވަރުގެ ކަންކަން ރައްޔިތުންނަށް ކޮށްދޭ ސަރުކާރެއް އަދި މިހާތަނަށް ދިވެހިރާއްޖޭގެ ތާރީޚް ދެކިފައި ނެތޭ. ލަވިންގް ދިސް ގަަވަރމެންޓް އިޒް ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް. ލަވިންގް އިޓް އިޒް ބިއުޓިފުލް ލެޓް ދަ އީގޯ ގޯ އަވޭ. ހޭއް ހޭއް އިޓް އިޒް ޕިންކް ލައިކް އައި ތޯޓް އޮފް. ރެއްރެރޭރޭރޭރޭ ޔޭއް ޔޭއް ޔޭއް.
ޢަބްދުﷲނާފިޒު
31 December 2017
ބޯނެތް ކުރަފި އަދިވެސް އުޅެޔޭ އުތަ.
ރެޓޭ
30 December 2017
ޑޮކްޓަރުންގެ ސިޓީގެ ގޮތުަގައި އައްޑޫ ބެލެވޭކަށްނެތް! ރާއްޖޭގެ އާބާދީ ވަރަށްމަދު ރަށްރަށުގަވެސް ނިސްބަތުން ޑޮކްޓަރުން މާގިނަ ރަށްތައް އެބަހުރި! ޑުރަގް ނަގާމީހުން އައްޑުގަ ގިނަވެދާނެ!
ހޯދަޑު
30 December 2017
80 ހާސް މީހުން ހުޅުމާލެއަށް ގެނާމަ ކިތައް ރަށް ހުސްވާނެ؟! އޭގެ ތެރެއިން ކިތައް ރަށް ކަޓު ނަގައި ރިސޯޓު ހަދަން މުއްސަދިންނަށް ދެވޭނެ؟!
އަލީގ
30 December 2017
ތިން ޓަވަރު އަޅަން ދިވެހި ރައްޔިތުންގެ ނަމުގަ ނަގާ ލޯނުން ދިވެހި ގައުމުގެ އިގްތިސާދުގަ ދައުރުވާނީ ކިހާފައިސާއެއް. މަށައްހީވަނީ ސުމެއްހެން.
އަލީ.
30 December 2017
ބުރޯ ތީތިކަޑައޭ ރާއްޖޭގެ 7 ސަރަހައްދު 7 ސިޓީގެ ގޮތުގަ ތަރައްގީ ކޮއްބަލަ މިހާރު ހިއްކާފަ ހުރި ދިއްދޫ ބިމާ ކުޅުދުއްފުށި އޭދަފުށި ތިނަދޫ އައްޑޫ ތުޅާދޫ ނައިފަރު ގެ ބިންތަކުގެ ބޭނުން ހެޔޮގޮތުގަ ހިފާބަލަ ބޮޑެތި އޭކަރު ތަންތަން 25 ބުރީގެ ފުލެޓުގެ ގޮތުގަ އަޅާބަލަ ބާރުތައް މާލެޔައް ޖަމާކުރުން ހުއްޓާލާ ބައިތުލްމާލަކީ މާލެސަރަހައްދުގެ ހައްގެއްނޫން ކޮބާރިސޯޓުހިއްސާ
ކޮކްޓެއިލްރައީސް
31 December 2017
މާލެ ސަރަހައްދުގެ އަހުލުވެރިން އެކަނި ވޯޓުލައިގެން އެކަން ކުރަންބަހައްޓާ، އަހަރުމެންގެ ވޯޓެއް ނުލިބޭނެ، ވަރަށް ސަލާމް.