އެމްޕީއެލްގެ ސީއީއޯ އަބްދުއް ރައްޒާގު ހަލީމް،-- މިހާރު ފޮޓޯ
26 މާޗް 2018 - 20:42
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިސް މަގާމުތަކުގައި ތިއްބެވި ހަތަރު ވެރިއަކު ވަޒީފާއިން ވަކިކުރީ އެ ކުންފުނީގެ ޑިޕާޓްމަންޓްތަކެއް އެއްކޮށްލައި ވެރިން މަދު ކުރުމަށް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ވަޒީފާއިން ވަކިކޮށްފައިވަނީ ގިނަ އަހަރުތަކެއް ވަންދެން އެ ކުންފުނީގައި މަސައްކަތް ކުރައްވައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ، ޑިވިޝަން ހެޑް އިބްރާހިމް ރަޝީދާއި ޓާމިނަލް ވެހިކަލް ޔުނިޓުގެ ހެޑް މުހައްމަދު މަސީހުގެ އިތުރުން ކާގޯ ހެޑް އިބްރާހިމް ވަހީދާއި މާލޭ ނޯތު ހާބަރުގެ ހެޑް މުޖާހިދު އަނީސް އެވެ.
MPL ge iss verinthakeh vazeefaain vakikoffi
The most trusted news source in the Maldives
Mihaaru
އެމްޕީއެލް ވެރިންތަކެއް ވަޒީފާއިން ވަކިކުރުން--
އެމްޕީއެލްގެ ޕީއާރު މެނޭޖާ އަހުމަދު ނަރީޝް ވިދާޅުވީ އެ ހަތަރު ބޭފުޅުން ހަވާލުވެ ތިއްބެވި ޑިޕާޓްމަންޓުތައް އެހެން ޑިޕާޓްމަންޓުތަކާ އެއްކޮށްލާފައިވާ ކަމަށެވެ. ވަކިކުރި ހަތަރު ބޭފުޅުންނަކީ އޭގެ ތެރެއިން ބާކީވި އެޗްއޯޑީން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަލަށް ގެނައި ބަދަލުތަކާއެކު ބޭނުންވީ އެޗްއޯޑީން މަދު ކުރަން،" ނަރީޝް ވިދާޅުވި އެވެ.
އެހެން ޑިޕާޓްމަންޓަކުން މަގާމެއް ނުދީ ވަކިކުރީ ކީއްވެގެންތޯ ސުވާލު ކުރުމުން ނަރީޝް ވިދާޅުވީ މަގާމެއް ދޭނަމަ ދޭން ޖެހެނީ ހުރި މަގާމަށްވުރެ ދަށް މަގާމަކަށްވާތީ އެގޮތަށް ބަދަލުކުރަން ކުންފުނީގެ ވެރިން ބޭނުން ނުވީ ކަމަށެވެ.
ކުއްލިއަކަށް އެމްޕީއެލްގެ އިސް ހަތަރު ބޭފުޅަކު ވަޒީފާއިން ވަކިކޮށްފައިވާއިރު މިދިޔަ މަހު ވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކީ އެ ކުންފުނީގެ މުވައްޒަފަކު ވެސް ވަޒީފާއިން ވަކިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގާސިމް
27 March 2018
ރޭގަނޑު މުދާ އުފުލުމަށް ގެނައި ބަދަލަށް އަމަލު ކުރަން އެއްބަސް ނުނީމަ ކަނޑާލީ.
ސާޒަން
27 March 2018
އެޗް އޯ ޑީން އިތުރުވީ ހަމަ ހުރެފަތަ؟ ނުވަތަ އެތަނައް މީހުން ގިނަވީ ހަމަ ހުރެފަތަ؟
ސުވިސް
27 March 2018
ހުނިގޮނޑީގެ ދަތީގައި ޖެހި އެމީހުންގެ ދުވަސް ދިޔައީދޯ!
ހަސީނާ
27 March 2018
އިސް މަގާމްތަކުގަ ތިބި އިދިކޮޅު އެންމެން އެއްވެސް ބެލުމެއްނެތި ވަކިކުރުމަކީ އެންމެ ރަގަޅުގޮތް.
ޥަސް
27 March 2018
ނާއިންސާފު ތިމާ އާއި ހަމައަށް އައުމުން ކޮންމެ މީހަކަށްވެސް އިޙްސާސް ކުރެވޭނީ އޭގެ ހިތިރަހަ. މިއަދު މި ހަތަރު މީހުން އިންސާފު ހޯދަންދާނީ ކޮންތާކަށް؟
އަހްމަދު
27 March 2018
އެހާ ގިނަ ދުވަހު ޚިދުމަތް ކުރެއްވީމަ ރަނގަޅު ރިޓައަމެންޓް ޕްލޭނެއް ދެއްވިންތޯ؟ އެކަހަލަ ކަމެއް ނެތި ވަޒީފާއިން ވަކި ކުރުމަކީ ނަފްސާނީ ގޮތުންނާއި މާލީ ގޮތުންވެސް އެފަރާތްތަކަށް ވަރަށް ވޭން ބޮޑު އަދި އަންފެއަރ ކަމަކަށް ވާނީ.
ދައްތަ
27 March 2018
ދެން މިހަތަރު މީހުންނަށް މިސަރުކާރު ކަމަކުނުދާނެ މިހާތަނަށް އޯކޭ
Thhhk
27 March 2018
94 ހާސް ވަޒީފާ މި އިތުރުކުރީ ....ސަރުކާރުން ބޭ ނުންވީމަ ރޮހިގްޔާ ފަންޑަން ވެސް ކަޑާލާފަ މުސާރަ ދެނީ . ޙިތައް އެރީމަ ކަޑަންވީ
ލާލު
27 March 2018
މިހަރު އެވަގޮތަކީ ވެރިކަން ލިބޭވަރަށް ވޯޓްލާނެ މީހުން ހަމަވީ ؟ ދެންކޮންމެހެން އިތުރު މީހުން ގެންގުޅޭކަށް ނުޖެހޭ؟
މުއްތު
27 March 2018
މިސަރުކާރަކީ ޒިންމާދާރު ސަރުކާރެއްނޫން ، މިސަރުކާރަކީ އަނިޔާވެރި ސަރުކާރެއް 2018 ގައި މި ސަރުކާރަށް އެއްވެސް މީހަކު ވޯޓްނުދޭތި މި އަނިޔާއިން ސަލާމަތް ވާންޖެހޭ
ހަނު
27 March 2018
އެމްޕީއެލް ގެ ދުވަސް ދާން ކައިރި ވަނީ ކަންނޭގެ