އިދިކޮޅު ހަރަކާތުގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން ބޭއްވި ނިއުސް ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒް، ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.---ފައިލް ފޮޓޯ: ހުސެއިން ވަހީދު/މިހާރު
24 އެޕްރީލް 2018 - 12:16
ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ފުލުހުންގެ ތަހުގީގަކަށް ފޯނު ހުޅުވައިނުދިން މައްސަލާގައި ކުށްވެރިނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހައި ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ރިޔާޒާ ދެކޮޅަށް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލައަކީ މިދިޔަ އަހަރު ކޯޓު އަމުރެއްގެ ދަށުން އޭނާ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން އޭނާ ނުކުރި މައްސަލަ އެވެ. އެ މައްސަލާގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ރިޔާޒްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލުމުން އެ ކޯޓުން ނިންމީ ރިޔާޒްގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށެވެ.
މި ހުކުމުން ރިޔާޒްގެ މެންބަރުކަމެއް ނުގެއްލޭނެ އެވެ. މެންބަރުކަން ގެއްލޭނީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖިނާއީ ހުކުމެެއް އައުމުންނެވެ. ރިޔާޒަށް ކަނޑައެޅި ހުކުމަކީ ސާބިތުވި ކުށާ ގުޅިގެން ދެވޭނެ އެންމެ ބޮޑު އަދަބެވެ. އެކަމަކު ހުކުމުގެ މުއްދަތުގެ ތެރޭގައި މަޖިލީހަށް ހާޒިރެއް ނުކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަފްޞާ / މާލެ
25 April 2018
ބާޣީ ނަމްބަރު 4 ކުރުމުއްދަތަކަށްނަމަވެސް ޖަލަށް ފޮނުވައިލެވިއްޖެކަމަށް އެމްޑީޕީ އެކްޓީވިސްޓުން އެބަ ކިޔާ!
ޒުލޭހާ
25 April 2018
ރަނގަޅު ނަޟީދު ވެރިކަން ވައްޓާލި އެންމެން ޖަލަށްލާ ! ސާބަހޭ ޔާމީނު.
ބީކޭކޭ
24 April 2018
ވިދާޅުވި ވަގުތު އަދިވެސް ނުޖެހޭދެއްތޯ! އަޅުގަނޑުމެން މިތިބީ ވިދާޅުވި ވަގުތުގެ އިންތިޒާރުގަ އިނގޭތޯ!
ފަޓާސް
24 April 2018
ތިހެން އެކިތުހުމަތުތަށް ކޮއްގެ ސިޔާސީ އިސް ބޭފުޅުންނަށް ފަޓާސް ބަރިހުކުމް ކުރީމަ ބޮޑުމަންޒަރު ވަރަށް ސާފުކޮއް ފެނޭ
ޒާހިބޭ
24 April 2018
މަރުހަބާ.. އުއްމީދުކުރަން އަދި 10 އިތުރުވާނެކަމަށް.
ޢަމްޖޭ
24 April 2018
ޢަދަބު ކުޑަ.ރައީސް ނަޝީދު ސަރުކާރު ވައްޓާލުމުގައި ހިމެނޭ މީހެއް ރިޔާޒަކީ.
ޝަބްނަމް
24 April 2018
ކޮބާ ކިޙާ ހިސާބެއްގަ ޖެހުނު.......އެއަށްވެސް ދެވެން އޮތް އެންމެ ބޮޑު އަދަބު އެދިނީ....ރައްޔިތު މީހާ އަށް މިދުނިޔެއިން އިންސާފު ލިބޭނީ މިވަރަށް...... ރޯދަމަސް އަންނަން ވާ އިރަށް ރޭ އަޅުކަން ކުރެވޭނެ މާޙައުލެއް ފަހިކޮށް ދިނީ.....މިވެސްދެން ދުނިޔެމަތީގަ ކުރެވޭ އިމްތިޙާނެއް ކަމަށް ބަލަމާ.....
ހޯރަފުށީ ދާއިރާ
24 April 2018
މި ހުރިހާ ކަމަކީވެސް އެމްޑީފީ އައި ފީފީއެމްގެ ބޮނޑް ރޭވުމެއް. އެމްޑީފީ އެކަކުވެސް ޖަލަކު ނެތް. ޖްމްހުރީ މީހުންނާއި އަދާލަތު މައުމޫނު ފެކްސަން މީހުން ޖަލުގަ ބައިތިންބައިގެން ހުކުއިންވަމުން އެ ގެންދަނި. އެއްމެ ފަހުވަގުތު އައްނި ވެސް އިންތިހާބުގަ ވާދަ ކުރާގޮތް ހަދާނެ. އޭރުން ރިޔާސީ އިންތިހާބު ގަ ވާދަ ކުރާނި އައްނި އައި ޔާމީނު ދެންތިބި އެއްމެން ޖަލުގަ. ރައީސް ޔާމީން 2018 ޔަގީން
މޮހަނު
24 April 2018
އަހަންނަށް ފެންނަނީ ހަމަ އެންމެ މަންޒަރެއް. އެކަމުގަ ބައިވެރިވި އެންމެން ކޮންމެސް ސިފައެއްގައި ޖަލަށް ވަންނަމުންދާ މަންޒަރު. އިސާހިތަކު މިހާރު އެންމެން ޖަލަށް ވަށްދަން ހުރި މީހާވެސް އަމިލައަށް ވަދެ ބޭރުން ތަޅު އަޅުވާނެހެން ވަރަށް ހީވޭ.
މައްނޫބުރި
24 April 2018
ކެކެކެ.. ޖަލުގަ ޕޯސްޓްމަނެއްގެ ވަޒީފާގަ ބަހައްޓަން ފެނޭ. ޝުކުރިއްޔާ ކޯޓް.