ހަލާލް މެނޭޖްމަންޓް ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން: މިއީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ކޮންފަރެންސް އެއް.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ބާއްވާ އިންޓަނޭޝަނަލް ހަލާލް މެނޭޖްމަންޓް ކޮންފަރެންސް މިއަދު ފަށައިފި އެވެ.
އެމްއެންޔޫގެ އިތުރުން ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިޔާ އާއި މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ގުޅިގެން ބާއްވާ މި ކޮންފަރެންސަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެކި ބޭފުޅުން "ސަސްޓެއިނިން ގްލޯބަލް ހަލާލް އީ ކޯސިސްޓަމް" ގެ ތީމަަށް 51 ޕޭޕަރު ހުށަހަޅާނެ އެވެ.
މާދަމާގެ ނިޔަލަށް ބާއްވާ މި ކޮންފަރެންސްގައި 100 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްއެންޔޫ އިން ބުންޏެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ، ރާއްޖޭގައި ހަލާލް ވިޔަފާރި ފުޅާވަމުން އަންނައިރު އެފަދަ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުން ވަރަށް މުހިއްމު ކަމަށެވެ.
ހަލާލް މެނޭޖްމަންޓް ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި ދުުނިޔޭގައި ބާރަށް ކުރިއަރަމުން އަންނަ ހަލާލް ކޮންސެޕްޓާ ބެހޭ މުހިއްމު އިލްމީ ދިރާސާތަކަކީ ރާއްޖޭގެ އިގްތިސޯދުގައި ހިމެނޭ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގައި ހަލާލް ކޮންސެޕްޓް ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރެވިދާނެ ދިރާސާތަކެކެވެ. އެހެންވެ ކޮންފަރެންސަށް ހުށަހަޅާ ކަރުދާސްތަކަކީ ރާއްޖޭގެ އިގުތިސޯދީ ތަރައްގީ އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ކޮންފަރެންސެއް ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.
އެ ދާއިރާތަކުގެ އިތުރުން ރާއްޖެއާ ގުޅުން އެހެނިހެން ދާއިރާތަކުން ވެސް އިލްމީ ދިރާސާތައް ހެދުމަށް އަޒްލީން ވަނީ އެދިވަޑައިގެންފަ އެވެ.
އެ ކޮންފަރެންސް ފެށުމަށް އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފް ވިދާޅުވީ ހަލާލް މެނޭޖްމަންޓް ކޮންފަރެންސްގެ ތީމަކީ ރާއްޖެ އާއި ބޭރުގެ ގައުމުތަކަށް ވަރަށް ގުޅުން ހުރި ތީމެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގައި ހަލާލް ވިޔަފާރި އަންނަނީ ފުޅާވަމުންނެވެ. އެހެންވެ އެފަދަ ކޮންފަރެންސްގެ ބޭނުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.
"ދުނިޔޭގައި ހަލާލް ކޮންސެޕްޓުގެ އުފެއްދުންތަކަށް 2.77 ޓްރިލިއަން ޑޮލަރުގެ މާކެޓެއް އެބަ އޮތް. އަދި ވެސް އެ އަދަދު އަންނަނީ ކުރި އަރަމުން،" ލަތީފް ވިދާޅުވި އެވެ.
ހަލާލް މެނޭޖްމަންޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން "ލާބަ" މެގަޒިން ނެރެދެއްވަނީ-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި އެ ކޮންފަރެންސް އަށް ހުށަހަޅާ ޕޭޕަރުތަކާއި މަޝްވަރާ ކުރާ ޕޭޕަރުތަކުން މުހިއްމު އަދި ގިނަ ކަންތައްތަކެއް އެނގިގެންދާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި "ލާބަ" ނަމުގައި ވިޔަފާރިއާ ގުޅޭ މެގަޒިން އެއް ވެސް ނެރެފައި ވެ އެވެ. އެ ފޮތުގައި ކުންފުނިތަކުގެ އިސްވެރިންނާއި އެ ވިޔަފާރިތަކާ ބެހޭ މުހިއްމު މައުލޫމާތު ހިމަނާފައި ހުންނާނެ ކަމަށް އެމްއެންޔޫ އިން ބުންޏެެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ިަހަރާމްހަލާލް
17 July 2018
ރާްއްޖޭގައި މިހާރު ކުރަމުންދަނީ ހަރާމް ވިޔަފާރިތަކެއްތޯ؟