ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވަނީ: --ފައިލް ފޮޓޯ: ރައީސް އޮފީސް
19 ޖުލައި 2018 - 12:22
ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ފުލުހުންގެ ތަހުގީގަށް ދެއްވި ނަމަ، އެމަނިކުފާނު މިހާރު ހުންނަވާނީ ގޭގައި ކަމަށް ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހައްޔަރުކުރީ ސިޔާސީ ލީޑަރުން މިނިވަންކުރަން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. އެއީ މައުމޫން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އިދިކޮޅު އިސް ލީޑަރުންތަކެއް ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަޅުއްވައިގެން ނެރުނު އަމުރެއް ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ. އެ ތަހުގީގަށް ފޯނު ނުދެއްވި މައްސަލަގައި މައުމޫން، 85، ގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
މާފުށީ ޖަލުގައި އެމަނިކުފާނު ގެންދަވަނީ އެ ހުކުމް ތަންފީޒުކުރައްވަމުންނެވެ.
ހއ. އާއި ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހދ. ހަނިމާދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޮންމެ ގޮތަކަށް ބަޔަކު ވާހަކަ ހަދައިގެން ދައްކަމުންދިޔަ ނަމަވެސް އެމަނިކުފާނު އަދިވެސް އެންމެ އިހްތިރާމް ކުރައްވާ ބޭފުޅަކީ މައުމޫން ކަމަށެވެ. އެމަނިކުފާނު ޖަލުގައި ނުވަތަ އެކަހެރިކޮށް އިންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގާނޫނާ ޚިލާފު އަމަލުތަކެއްގައި ބައިވެރިވެވަޑައިގަތް ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، މައުމޫނަށް އުފުލި ދައުވާތަކާ ގުޅޭ ގޮތުން އެމަނިކުފާނު ގޭގައި ހުންނެވޭނެ ފުރުސަތު އެކި ފަހަރު މަތިން އެރުވި ކަމަށެވެ. އެހެން ބޭފުޅުންނެކޭ އެއްގޮތަށް އަމަލުކުރެއްވި ނަމަ އެމަނިކުފާނު ޖަލުގައި ހުންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމަކު އެހެން ބޭފުޅުންނޭ ރައީސް ވިދާޅުވި ބޭފުޅުންގެ ތަފްސީލެއް ނުދެއްވަ އެވެ.
"އެ ފުރުސަތު ބޭނުން ހިއްޕަވާނެ ކަމަށް ފުރަތަމަ އަޅުގަނޑުމެންނަށް ކޮންމެވެސް ކަހަލަ އުއްމީދީ ވާހަކަތަކެއް އިވިފައި، އެ ފުރުސަތުގެ ބޭނުން ނުހިއްޕެވީ. އެއީކީ [ޖަލު ބަންދުގައި ހުންނެވުމަކީ] ރައީސް ޔާމީން ކުރި ކަމެއް ނޫން،" ސިޔާސީ ބޭފުޅުން ޖަލަށް ލާ މައްސަލަ ދިފާއުކުރައްވަން ކޮންމެ ދަތުރުފުޅެއްގައިހެން ރައީސް ޔާމީން ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރެއްވި އެވެ.
"ތަހުގީގަކަށް، މީހެއްގެ މައްޗަށް ތުހުމަތު ކުރެވިގެން ތަހުގީގަކަށް މީހަކު ގެންދާ ކަމަށް ވަންޏާ އެންމެ ފުރަތަމަ ވެސް އެ ކުރެވޭ ތުހުމަތުގެ މައްޗަށް ބަލާއިރު އެ ތުހުމަތަކީ ފޯނުގެ ޒަރިއްޔާ އިން އިންޓަނެޓުގެ ޒަރިއްޔާ އިން ހިންގާފައި އޮތް މުއާމަލާތްތަކެއް ކަމަށް ވަންޏާ ފުލުހުން ބޭނުން ވާނެ ފޯނާއި އިންޓަނެޓުގެ ޒަރިއްޔާ ބޭނުންކުރި ސާމާނު ހޯދަން."
ފުލުހުންގެ ތަހުގީގުގައި އެކަން އެގޮތަށް ކުރަނީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ވަކި ފެންވަރެއްގެ މީހަކަށް ވާތީއެއް ނޫނެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަށް ވެސް ގާނޫނާ ޚިލާފު އަމަލުތަކެއްގެ ތުހުމަތުތަކެއް ކުރެވިގެން ފުލުހުން އެދިވަޑައިގަތީ ފޯނު ދެއްވަން ކަމަށާއި އެކަމަށް އޭނާ ވެސް ފުރަތަމަ އެއްބަސްވެވަޑައި ނުގަތް ކަމަށެވެ. އެކަމަކު ފަހުން ރިޔާޒަށް ވެސް ފޯނު ދެއްވަން މަޖުބޫރުވެވަޑައިގަތް ކަމަށާއި ނަމަވެސް އެފަހަރު ދެއްވީ ނުބައި ޕިން ކޯޑެއް ކަމަށް ވިދާޅުވި އެވެ.
އެހެންވެ، ރިޔާޒު ފޯނު ހުޅުވަން ޖެހިވަޑައިގަތީ ކޯޓުގައި ކަމަށް ރައީސް ވިދާޅުވި އެވެ. ގާނޫނީ މަރުހަލާގައި އެއްބާރުލުން ދެއްވަން އިންކާރު ކުރެއްވުމުން، ރިޔާޒަށް ވެސް ހުކުމެއް އައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެއީވެސް ރައީސް ޔާމީން ކުރެއްވި ކަމެއް ނޫން ކަމަށާއި އެންމެ ފުރަތަމަ ފޯނު ދެއްވި ނަމަ ރިޔާޒަށް ވެސް އެފަދަ ހުކުމެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.
"ހަމަ ރައީސް މައުމޫނަށް ވެސް އެ ފުރުސަތު ލިބިވަޑައިގެންނެވި. މި ހިނގާ ދިޔަ ކަންތައްތަކުގެ ތެރޭގައި ރައީސް މައުމޫނަށް ވެސް އެންމެ ފުރަތަމަ ފުލުހުން ދެންނެވީ އެމަނިކުފާނު މި މުއާމަލާތު ކުރައްވަން ގެންގުޅުއްވި ފޯނު ދެއްވާށޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް މައުމޫން ޖަލަށް ލުމާ ގުޅޭ ގޮތުން ވެސް އެކި މީހުން ވާހަކަތައް އެކި ގޮތްގޮތަށް ހަދައިގެން ދެއްކި ނަމަވެސް އެމަނިކުފާނު އެ ވިދާޅުވެދެއްވީ ހަގީގަތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
20 July 2018
ޢެޅިހާބަތަކައް ރިހަނަމަ މައުމޫން މިހާރު އޮންނާނީ ގޭގަ
އެމްސް
20 July 2018
ތުހުމަތެއް ކުރެވޭ ކޮންމެ މީހަކަށް އޮތީ ޖަލު ކަމަށް ވައްޏާ ފެބްރުއަރީ 7 ގެ ތުހުމަތަށް ޔާމިން އަމިއްްލަ އަށް ގޮސް ޖަލަށް ވަދެ ޖަލުން ނިކުމެގެންވެސް ނުވާނެ
ޢަބްދު
20 July 2018
ކިހިނެއްހޭ ޔާމީނަށް އެނގުނީ ފޯނު ލިބުނުނަމަ އެހެން ވާނެކަން؟؟؟ ނުފޫޒު ފޯރުވަމޭ ތިޔަ ބުނީ
ޔެސް
19 July 2018
ހުރަގޭގައި ދެއްތޯ!
ޝުކުރިޔާ
19 July 2018
ތިވާނީ ވަރައްއަގުބޮޑުފޯނަކައް ނުދޭތި ހަމަހިލާނުދޭތި
އިމާމުލް
19 July 2018
ކޮން ވައްތަރެއްގެ ފޯނެއްތޯ ނުލިބިގެން ތި އުޅުއްވަނީ؟ އެކަހަލަ ފޯނެއް ދިނީމާ މައުމޫނު ބޭބެ ދޫކޮށް ލެއްވިދާނެތޯ؟
falaku ain
19 July 2018
އެފޯނުގައި ހުންނާނީ އަރަބިބަހުން ލިޔެފައި ހުންނަ ބޮޑެތި ސްޓޯރީތައް. އަނެއްކާ މައުމޫނު ދެއްވާފައިވާ ހުރިހާ ތަގްރީރެއްވެސް އެފޯނުގައި ރެކޯޑް ކޮށްފައިވާކަމަށްވެސް ވެދާނެ. ދެން އަޒްހަރުގައި މައުމޫނު ކިޔަވަން އުޅުނު އިރުގައިވެސް ކިޔަނީ މައުމޫނު ޢަބްދުލް ޤައްޔޫމް. ޔާމީނުގެ ނަމުގެ ފަހަތަށް ޢަބްދުލް ޤައްޔޫމް ހިމެނުނީ ތަންކޮޅެއް ފަހުގެ ތާރީޚެއްގައި. އެހެންވެ މައުމޫނުގެ ފޯން ޔާމީން ހޯއްދަވަން އެއުޅުއްވަނީ. ބޭބެގެ ފޯން ކޮއްކޮ ބަލާލަން ދޭށޭ ބުނީމާ ނުދިނީ. ދެން ރޮއި ޝަހީދުވެގެންވެސް އަތުލަން ވާނެ ނުން. ބޭބެގެ އެއްޗެއް ކޮއްކޮގެ އަތަށް ދިނުމަކުން ކޮބާ މައްސަލައަކީ. ބޭނުންވަނީ އޭގައި ބޭބެ ލިޔެފައިވާ ރީތި ވާހަކަތައް ކޮއްކޮ ކިޔާލަން ވިއްޔާ!
ގޯޅި
19 July 2018
ޓެރަރިޒަމްގެ ދައުވާތިކުރަނީވެސް ހަމަ ފޯނުނުދީގެންތަ.
ޢެޑްމުންޑޯ
19 July 2018
ފޯނެއްނުދީގެން ގައުމުގެ އިއްޒަތްތެރިއަކު އަދި 80 އަހަރުގެމުސްކުޅިއަކު ވަކިމުއްދެއްނެތްގޮތަށް ޖަލުގައި ، ހައިރާނެއްނުވާނެތަ ، ލަދުކުޑަކަން ނިކަންދެކިބަލަ
ހަބަރުދާރު
19 July 2018
ސުކޫލުގައުޅޭ ކުޑަކުދިން ތިބޭތަންތާ މީހުން ހައްޔަރުކުރާ ވާހަކައާއި ބޮޑެތި އަދަބުދޭ ވާހަކަ ދައްކަންޏާ އެކުދިންނަށް ނަފުސާނީ މައްސަލަ ދިމާވުމަކީ އެކަށީގެންވާކަމެއް. މިއީ ސިޔާސީ ވާހަކައެއްނޫން. ބެލެނިވެރިން މިކަންކަމާ ނުވިސްނާތީ ދެރައީ.
މުހައްމަދު ޝިޔާޒު
19 July 2018
ފޯން ދެއްވިއަސް އަދި ނުދެއްވިއަސް މަނިކުފާނާ ދެކޮޅުވެރި ވެއްޖެނަމަ ހުނަވަން ޖެހޭނީ ޖަލުގަ، ފާއިތުވެދިޔަ ދުވަސްތަކަށް ބަލާއިރު ފެނުނުގޮތް.....