މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް: މެމްބަރު ކަމަށް ކުރިމަތިލުމުގެ ފީ ބޮޑުކުރަން މަޖިލީހުގެ ކޮމެޓީން ވަނީ ފާސްކޮށްފައި -- ފޮޓޯ/މަޖިލިސް
20 ޖުލައި 2018 - 19:15
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ދައްކަންޖެހޭ ބޮޑުކުރަން މަޖިލީހުގެ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ޕީޕީއެމަށް ނިސްބަތްވާ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި ބިލްގައި މަޖިލީހުގެ އިންތިޚާބުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ މެމްބަރު ކަމަށް ކުރިމަތިލުމަށް މިހާރު ދައްކަންޖެހޭ 5،000ރ. ގެ ބަދަލުގައި 15،000ރ. ދައްކަންޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިމަހުގެ 10 ވަނަ ދުވަހު އެ ބިލް ފާސްކުރީ އެއްވެސް ބަދަލެއް ބިލަށް ގެނައުމެއް ނެތި، ހުށަހެޅި ގޮތަށެވެ. އެ ބިލާ މެދު ދެން އޮންނާނީ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމެވެ.
އެ ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އިންތިޚާބުތަކާ ބެހޭ ކަންކަން ހަރުދަނާ ކުރުމަށާއި އިންތިޚާބުތަކަކީ މިނިވަން އަދި އިތުބާރު ކުރެވޭ އިންތިޚާބުތަކަކަށް ހެދުމަށް ކަމަށެވެ.
މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފީ ބޮޑުކުރަން ހުށަހެޅި ބިލް ކޮމެޓީން ފާސް ކުރިއިރު، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފީ ވެސް 40،000ރ. އިން 100،000ރ. އަށް ބޮޑުކުރުމަށް ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނެސް ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ. އެ ބިލް ތަސްދީގު ކުރެއްވުމުން މިހާރު ވަނީ ގާނޫނަކަށް ވެސް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑު ގުޅަ ޑިގްރީ
22 July 2018
ތައުލީމީ ޒުވާނުން އެއްމެ ނުބައި ހަދަނީ. ކޯޓް ތަކުން މިހާރު ކަންކުރާ ގޮތަށް ބެލާލުމުން މިކަމުގެ ހެކި ލިބޭނެއެވެ.ތައުލީމީ ޒުވާނުން ވެއްދި ވެއދި ވަރަކަށް ވަނީ ނުބައެވެ. ވަޒީރު ކަމުގައި ތިބީ ތައުލީމީ ބައެއް ނޫންތަ؟ އެމީހުން ކަންކުރަނީ ކިހިނެއްތަ؟
ޒައީމް
22 July 2018
ބަލަ މިތިބަ ޕީޕީ މެންބަރުންނޭ. ބޮޑު ކުރަންވީ ދައްކާ ފައިސާގެ އަދަދެއް ނޫން. ތައްލީމީ ފެންވަރު. ކަލޭމެންގެ ތައްލީމެއް ތަރުބިއްޔަތެއް ވެސް ނެތް.
މިނިވަން މަޖްލީސް
22 July 2018
އެންޓި ޑިދެކްޝަން ޤާނޫނު ބާތިލް ކުރުމުގެ ކުރިން ޔާމީނު ހޮވަން މެމްބަރުން މަސައްކަތް ކުރާކަށް ނުފެނެއެވެ.އެއްމެން އަޅުންގެ ގޮތުގައި ތިބެގެން މިރައީސް ހޮވަން މަސައްކަތް ކުރުމަކީ އިތުރު ނިކަމެތި ކަމެކެވެ.ނިކަން ބަލާ 11 މެމްބްރުން ނަށް 2ަދި ްެ މެމްބަރުންގއ ދާއިރާ ތަކަށް ދީފައިވާ ލަޑު.
އަލިފް
22 July 2018
ކިޔަވައިގެން ހުރި ގިނަ ޒުވާނުން ތަކެއް ކުރިމަތި ލައިގެން ހޮވުނީމަ މައްސަލަ އަށް ހައްލެއް އަތުވެދާނެއެވެ. ޕާޓީ ތަކުން ވެސް ކިޔަވައިގެންހުރި މީހުނަށް އިސްކަމެއް ނުދެއެވެ. ވީމާ އާއްމު ރައްޔިތުން ޕާޓީ އަށް ނުބަލާ ތައުލީމީ މީހުނަށް އިސްކަން ދޭންވީއެވެ. މިހާރުޕާޓީ އިން އަޔަސް އިތުރު ދައުރަކަށް ހޮވަން ކަމުދާ މީހަކު ނެތެވެ.
ރަބަރު
21 July 2018
ކިޔަވައިގެން ހުންނަ މީހާއާ ނުކިޔަވާހުރިމީހާޔާ އެއްވެސް ތަފާތެއް ނެތް ތަނެއްގައި ތައުލީމީ ފެންވަރު ކަނޑައެޅުމުގެ ބޭނުމެއް ނެތެވެ.
ހުތާ
21 July 2018
ތިޔަކަން ގައުމަށް އެންމެ މުހިންމީ، ފައިސާ ފައިސާ
މަޖްލިސް
21 July 2018
ކުރިމަތިލެވޭ މީހުންގެ ތައުލީމީ ފެންވަރު ކަނޑައަޅަންވެއްޖެ؟ މިސާލަކަށް ޝަރީޢާ އެންޑް ލޯ ނުވަތަ ފުރަތަމަ ޑިގްރީއެއް/ މާސްޓަރ ޑިގްރީއެއް ހާސިލް ކޮށްފަ ވުން. ސަބަބަކީ މިކުޑަ ރާއްޖޭގެ ނިސްބަތުން ގިނަ އަދަދެއްގެ ޒުވާން ޖީލަކީ ހަމަ ޑިގްރީ ފެންވަރުގަ ކިޔަވާ އަދި ކިޔަވައި ނިންމާ މީހުން. އަދި ކުށުގެ ރެކޯޑް ވެސް އެބަޖެހޭ ބަލަން، މިސާލަކަށް ހިޔާނާތާ ވައްކަމާ މަސްތުވާ ތަކެއްޗާ ކެޓުވުމާ ޓެރަރިޒަމާ ގުޅުން ހުންނަ ކުއްތައް ހުންނަ މީހުންނަށް ކުރިމަތި ނުލެވޭނެ ގޮތެއް ހަދަން، ސަބަބަކީ އެކަހަލަ ކުއްތަކަށް އަރައިގަނެފަ ތިބޭ މީހުން ނަކީ އިތުބާނު ނުކުރެވޭނެ ކޮންމެފަދަ ވަގުތެއްގަވެސް އެފަދަ ހާލަތަކަށް ގޮސްވާނެ އަދި ދާބަޔެއްކަން ފެންނަން ހުރި ހެކިތަކުން ސާބިތު ވާކަން.
އިސްލާހު
21 July 2018
ކޮން އިރަކުން ކިޔަވައިގެން ހުރި މީހުންނަށް ނޫނީ ތި މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތް ހަދާނީ!! މިހާރު އަސާސީ ތައުލީމް ހުރި މީހެއް ވިޔަސް ތިތަނަށް އެބަ އާދެވޭ.. ތިތަނަަށް އެންމެ ދަށްވެގެން ލޯ ހަދާފަ ހުރި މީހަކަށް ނޫނީ ނުވަދުވޭ ވަރު ކުރަން އެބަޖެހޭ...
ހަޑިގިއްލާ
21 July 2018
އެކަން ފާސްކުރާނީ މަޖިލީހުގަ ތިއްބަވާ ހަޔެއްކަ މެމްބަރުންނެއް ނޫން! އެދައިރާގެ ގޮޑީގައި ބަހައްޓާނީ ކޮންފެންވަރެއްގެ ކާކުކަން ނިންމާނީ އެދާއިރާއެއްގެ ރައްޔިތުން! އެވެދާނެ ވަކީލަކަށްވެސް ނުވަތަ މުދިމަކަށްވެސް.
ޑޮކްޓަރ ފަސާދަ
21 July 2018
ހަޑިގިއްލާ އެބުނީ ހެޔޮކޮށް. ދެން އަނެއްހެން މިހާރު ދިވެހިންނަށް އެނގެން އެބަވޭ ހަމަޔާ އިންސާފަކީ ކިތަންމެވަރަކަށް ކިޔެވިޔަސް ކޮންމެހެން އެއަށް އަމަލުކުރާނެ އެއްޗެއް ނޫންކަން. މިހެން މިބުނީ އަނިޔާވެރިކަމުގެ އިސްސަފުގަ މަދުތޯ "ޑޮކްޓަރު"ން؟
ބޮޑުކަކުނި
21 July 2018
އެކަމަކު ހުސްއެކަނި ލިޔެކިޔަން އެނގިގެން ހުންނަމީހަކަށް ޤާނޫނު ހަދާމަޖިލީސް ދިނުމްކީ ކަމުދާ ގޮތެްްނޫން . މިނޫން ކޮންމެ މަޤާމަކަށް ތަޢުލީމީގޮތުން ފެންވަރެއް ހުންނަގޮތަށް ދިވެހިރޢްޖޭގެ ވަޒީފާގެ ބާޒާރުވެސް އެހެނިހެން މަޤާމްތައްވެސް އެކުލެވިފައިވަނީ.
އަތްފުނާ
21 July 2018
މިހާރު މިކަންވެސް ވިޔަފާރިއަކަށް ހަދައިފި.އަދި އިތުރުން ކައުންސިލް އިންތިހާބުތަކަށް ކުރިމަތިލާ މީހުންގެ އަތުންވެސް ފީ ބޮޑުކުރަންވީ.އޭރުން މަބުނެގެން ވީކަމެކޭ ކިޔާފައި ޖީބަށް ލެވޭވަރު ގިނަވާނީ
ބާރަށުދޮންބެ
21 July 2018
ޢާންމުއިންތިޚާބީ މަގާމްތަކަށް ތައުލީމީ ޝަރުތު ކަޑަނޭޅޭނެ. އެކަމަކު ޕާޓީއަކުންނަމަ އެޕާޓީން ބައިވެެރި ކުރާ ކެންޑިޑޭޓުންގެ ޝަރުތު ކަޑައެޅިދާނެ. މީގައި އޮތް ހައްލަކީ ވޯޓުދޭމީހުން ހޭލުންތެރިވުން. ވޯޓުދިނުމުގައި ތައުލީމީ ފެންވަރަށް ބަލައިގެން ވޯޓު ދިނުން.