އީދު ބަންދުގައި ވެސް "ހިޔާ" ފޯމު ބަލައިގަންނާނެ

މި ސަރުކާރުން އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓަށް އެދޭ ފޯމު އަންނަ ހައްޖު ދުވަހާއި އަޟްހާ އީދު ދުވަސް އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ބަލައިގަތުމާއި ދޫކުރުން އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓުތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވައިލީ މިދިޔަ ޖޫން މަހުގެ ތިނެއްގަ އެވެ. ފްލެޓަށް ކުރިމަތިލާން ހުޅުވައިލީ 17 ކެޓަގަރީއަކަށް ބަހާލައިގެން ނެވެ.

އެ މިނިސްޓްރީން ބުނީ ހައްޖު ދުވަހާއި އީދު ދުވަހުގެ އިތުރުން ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ވެސް ފޯމު ބަލައިގަންނާނެ ކަމަށެވެ. ފޯމު ބަލައިގަންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް، މެންދުރު 2:00 އިން ހަވީރު 4:00 އަށެވެ.

މި އަހަރުގެ ހައްޖު ދުވަހާއި އީދުގެ ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ މި މަހުގެ ގަ އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކަށް ފުރުސަތު ހުޅުވައިލުމުން ގާތްގަނޑަކަށް 50،000 ފޯމު ވަނީ ނަގައިފަ އެވެ. ފްލެޓަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ އެވެ.