ޚަބަރު / ޕީޕީއެމް

ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟

ޕީޕީއެމުން މިރޭ ބޭއްވި ނިއުސް ބްރީފިންގައި ނިހާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ މިހާރުގެ ރައީސް އަބްދުﷲ ޔާމީން "ހިޔާނާތް ވެފައިވާ ފައިސާ" ހޯދަން ވައުދުވެ އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ގަރާރެއް ފާސް ކުރުމުން ޕީޕީއެމުން އެކަމަށް ރައްދު ދީފި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހިންގާފައިވާ ބޮޑު ހިޔާނާތް ކަމަށްވާ ކުރީގެ ގައުމީ މަސް ކުންފުނި އެފްޕީއައިޑީގެ ފައިސާ އެމްޑީޕީގެ ވެރިންނަށް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ހިމެނޭ ކަމަށް ނިހާން ތުހުމަތު ކުރެއްވި އެވެ.

އެޕްޕީއައިޑީގެ މައްސަލަ ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފައިލްތަކަށްވީ ކިހިނެއްތޯ ނިހާން ވަނީ މާރިޔާ އާއި އިދިކޮޅު ކެންޑިޑޭޓް އިބޫ އާ ސުވާލު ކުރައްވާފަ އެވެ. އަދި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެ ހިޔާނާތުގެ ތަހުގީގު ކުރައްވަން ނިހާން ގޮވާލެއްވި އެވެ.

Hiyaanaathuge faisaa hoadhan eheetheri vumah MDP inn faaskohfi

Hiyaanaathuge faisaa hoadhan eheetheri vumah MDP inn faaskohfi

The most trusted news source in the Maldives

Mihaaru

ހިޔާނާތުގެ ފައިސާ ހޯދަން އެމްޑީޕީން ފާސްކުރުން--

ގާތްގަނޑަކަށް 400 މިލިއަނެއްހާ ރުފިޔާގެ ހިޔާނާތް ތުހުމަތު ކުރެވޭ އެފްޕީއައިޑީ ކޮރަޕްޝަންގެ މައްސަލައަކީ 1990 ވަނަ އަހަރު މައުމޫންގެ ދައުރުގައި ފެންމަތިވި މައްސަލަ އެކެވެ. އިސް ދައުރެއް އަދާކުރެއްވި ކަމަށް އެންމެ ބޮޑަށް ތުހުމަތުވެފައި ވަނީ މާރިޔާގެ އޭރުގެ ފިރިކަލުން އަބްދުއްސައްތާރު އަލީ (ސަޓޯ) އާއި ރައީސް މައުމޫންގެ ޅިޔަނު އިލްޔާސް އިބްރާހީމްގެ މައްޗަށެވެ.

އެމްޑީޕީގެ ވެރިކަމުގައި 1.57 ބިލިއަން ރުފިޔާ ވީނުވީއެއް ނޭންގި ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުން ބުނާ މައްސަލަ ބަލާނަންތޯ ވެސް ނިހާން ސުވާލު އުފެއްދެވި އެވެ. އެމްޑީޕީގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރަށް މައި އެއާޕޯޓް ދިނުމުން އެ ކުންފުނިން ސަރުކާރަށް ދެއްކި 105 މިލިއަން ޑޮލަރުގެ ތެރެއިން 27 މިލިއަން ޑޮލަރަށް ވީގޮތެއް ނޭންގޭ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އެމަނިކުފާނު [އިބޫ] ވަރަށް ސާފުކޮށް އޮޅުންފިލުވައި ދެއްވަން އެބަޖެހޭ ޖީއެމްއާރުން ދައުލަތަށް ދެއްކި 105 މިލިއަން ޑޮލަރުގެ ތެރެއިން ސަރުކާރަށް ވަދެފައިއޮތީ 78 މިލިއަން ޑޮލަރު. ބާކީވި 27 މިލިއަން ޑޮލަރު ވީ ކޮންތާކުތޯ، އެ ފައިސާ ކެމްޕެއިންގައި ބޭނުން ކުރައްވަނީތޯ އިބްރާހިމް މުހައްމަދު ސޯލިހްމެން ފޮރުވައިގެން އުޅެނީތޯ މިއީ އަހަން ބޭނުންވާ ސުވާލެއް،" ނިހާން ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: މިހާރު

މި ސަރުކާރުން އެކުލަވާލާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުގެ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 29 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ. އެ ފައިސާތަކުގެ ތެރޭގައި އެފްޕީއައިޑީގެ ހިޔާނާތާއި އެމްޑީޕީ ސަރުކާރުގެ ހިޔާނާތުގެ އިތުރުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިޝަނުން އެބަ ބަލަމުން ގެންދޭ [އެމްޑީޕީގެ ވެރިކަމުގައި] މިނިސްޓްރީތަކުން ކޮރަޕްޝަންގެ ގޮތުގައި ގެއްލިފައި ހުރި ފައިސާގެ މައްސަލަ،" ނިހާން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 80 މިލިއަން ޑޮޮލަރުގެ ތުހުމަތު ކުރެވޭ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ޝަރީއަތް ކުރެވި ކުށްވެރިވީ ފަރާތްތަކަށް އަދަބު ދެމުން އަންނަނީ ވެސް މި ސަރުކާރުން ކަމަށް ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދަން މުޅި ދައުލަތުން ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ހަވާލާދީ ހިޔާނާތުގެ ފައިސާ ވަނީ ރައީސް ޔާމީނާ މި ސަރުކާރުގެ ވެރިންގެ އަތުގައި ކަމަށް ދައްކާ ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށް ނިހާން ވިދާޅުވި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރައީސް ޔާމީންގެ އަމިއްލަފުޅު ގެކޮޅުގައި ގުނި ކަމަށް އަދީބު ވިދާޅުވާއިރު އެ ފައިސާ ނެގީ ކޮން ބެންކަކުން ކިހިނެއްކަން ސާފު ކޮށްދެއްވަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.

80 million dollar gunee raees ge gekolhugai: Adheeb

80 million dollar gunee raees ge gekolhugai: Adheeb

The most trusted news source in the Maldives

Mihaaru

ހިޔާނާތުގެ ފައިސާ ގުނީ ރައީސްގެ ގެކޮޅުގައި: އަދީބް

ރައީސް މައުމޫންގެ ސަރުކާރުގެ ހިޔާނާތްތައް ބެލުމަށް އެމްޑީޕީގެ ސަރުކާރުގައި 29 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ނެރެފައިވަނީ ތާކުންތާކު ނުޖެހޭ ރިޕޯޓެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ރާއްޖެއިން ބޭރަށް ދަތުރުކޮށް ބޮޑު ހަރަދުކޮށްގެން އޭރު ހިންގި ތަހުގީގުން ދައުވާކޮށްލާނެ އެއްވެސް ހެއްކެއް ނުލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓުގެ ވައްކަމާއި ފަސާދާގެ ވާހަކަ އެމްޑީޕީން ދެއްކުމަކީ އިންތިހާބު ކާމިޔާބު ކުރުމަށް ޖަހާ މަޅިއެއް ކަމަށް ނިހާން ވިދާޅުވި އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމާ ވާދަކުރައްވައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، 2008 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށް ވެސް ކަން ކުރީ އެގޮތަށް ކަމަށް ނިހާން ވިދާޅުވި އެވެ. އެކަން މިހާރު އެއަށްވުރެ ފުޅާކޮށް ތަކުރާރު ކުރަމުން ދާތީ ކަންބޮޑުވާ ކަމަށް ނިހާން ވިދާޅުވި އެވެ.

"އޭރު ދެއްކި ކަހަލަ ދޮގު ވާހަކަ ދައްކައިގެން ދިވެހި ރައްޔިތުންގެ ތެރެއިން ބައެއްގެ ސިކުނޑި ތަގައްޔަރުކޮށް ސަރުކާރާ މެދު ހިތްހަމަ ނުޖެހުން އުފެއްދުމަށްޓަކައި ހަމަ އެ ޒާތުގެ ވާހަކަތަކެއް އަނެއްކާ ފެންމަތިކޮށްގެން ދައްކަން ފެއްޓުމަކީ ހަމަ އެމްޑީޕީން ކުރިންސުރެ ކުޅެމުން އަންނަ ނުރައްކާތެރި ސިޔާސީ ކުޅިތަކުގެ ތެރެއިން ކުޅިއެއް."

ވެރިކަން ހޯދުމަށް އެމްޑީޕީން ބޮޑެތި ދޮގުތައް ފަތުރަމުންދާކަން ފާހަގަ ކުރައްވަމުން އެކަން ހުއްޓާލުމަށް ނިހާން ވަނީ ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.

114 ކޮމެންޓް, 825 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިޙްސާސް

15 December 2018

މަމީ ޔާމީނަކަށް ތާއީދު ކުރާ މީހެއްނޫން. އެހެނެއް ކަމަކު މައުމޫނާ ނަޝީދާ އަދި ވަހީދާ އަދި ޔާމީނުގެ ސަރުކާރުގެ ވެސް ޙިޔާނާތުގެ ތުހުމަތެއް އުޅެންޏާ ބަލަން ޖެހޭނެ އިބޫ. އެއީ އިންސާފަކީ.

The name is already taken The name is available. Register?

ވަޙީދު

01 October 2018

ހިޔާނާތުގެ މައްސަލަ ބަލަންޖެހިފައި އޮތީ މިސަރުކާރަށެއްނު، މިވީހާދުވަހު ނުބަލާފަ ދެން ކޮންވާހަކައެއްދައްކާކަށް

The name is already taken The name is available. Register?

ޏަމްނަން

23 October 2018

ބަލަ މި ފެށެނީ އެމްޑީޕީ ގެ ވެރިކަމެކޭ ، އެމީހުނާ ކުރަންޖެހޭ ސުވާލެއްނޫނެއްނު ތިއީ، ކީއްވެ ނުބަލާ ތިތިބީ، އަދިވެސް ކުޑަ ސުވަސްކޮޅެއް އެބަ އޮތެއްނު، އަވަހަށް ބަލާ ، ޙަޤީޤަތުގައި ތިޔަ ބުނަން އުޅެނީ އަހަރުމެންވެސް ނުބަލަމޭ ދެން ކީއްކުރަންހޭ ކަލޭ މެން ތިކަހަލަ ކަންތަކާ އަޅައިގެން އުޅެނީ، ބަލާނެ ކަމެއް ނެތޭ.

The name is already taken The name is available. Register?

އަޙުމަދު

27 September 2018

ކަރުން ނާރުނަގާފަ ގޮސް ކައިރި ގެއްެއްގެ ގިފިލިބެލިއަސް ތިއަށް ވުރެ މާތާހިރުވާނެ. ތިބުނާ ޚިޔާނާތެއް އޮތްނަމަ މިއޮއްހާދުވަސް ވީއިރު ކިއްވެތޯ ނުބަލާ ތިޔަ ތިބީ. ؟ ދެން ސޮނިވެއްޓެންދެން އަތްޖަހާ.

The name is already taken The name is available. Register?

ހުތާ

25 September 2018

ނިހާނޫ ސިކުނޑިހަމަޖެހޭތަ؟ މީނަމިއުޅޭ ގޮތުން އެބައެނގޭ މީނަކަން ޔާމީނަށް ލަނޑުދިނީ. ތިއީ ބުރޯ އަށް ކޭކުކަންދިނުމަށްފަހު ބުރޯ ޖަލަށް ލުމުގައި ކުރީސަފުގައި ތިބި މީހުން.

The name is already taken The name is available. Register?

ދެރަވެއްޖެ

20 September 2018

ބަލަ ނިހާންގެ ސަރުކާރުން ކީވެތަ އެފްބީ އައި ޑީ ގެ މައްސަލަ ނުބަލަން ތިއުޅެނީ

The name is already taken The name is available. Register?

ހެވޭ

18 September 2018

ބިރުގަތީދޯ؟ ހާދަހާސްވަނީ...

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

16 September 2018

ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟ ތިސުވާލު ކުރަށްވާ ކަށުކަމާކެމީގެ މަސައްކަތުގަ އިސްކޮށް އުޅުއްވާ ފަރާތަކާ، އެހެންނޫނީ ކަލޭމެން އަމިއްލައަށްބަލާ، އެހެން މީހުން ބަލާކަށް ނުޖެހޭނެ، ކިހިނެއް ވެގެން ތިއުޅެނީ އިންޑިކޭޓަރޫ.

The name is already taken The name is available. Register?

ރައްޔިތުން

09 September 2018

ތިމާ އަމިއްލައަށް ތިމާ މާ މޮޅުމީހަކަށް ދައުވާ ކުރާ މީހެއް ތިމާގެ ގާތުގައި ތިބި މީހުން ދިޔައީ ކީއްވެ ކަން ތިމާ ނުދަނޭ ތިމާއަކީ ތިމާވެސް ނުދަންނަ މީހެއް. ބިތު ފަންގި ނަގައި ތިމާ އަމިއްލަ އަށް ބޭޒާރު ވެއްޖެ، ވީމާ ކިހެނެއް ޔާމީނަށް 2 ވަނަ ފަހަރަކަށް ރައްޔިތުން ވޯޓް ދޭނީ. އެކަމެއް ނުކުރާނެ.

The name is already taken The name is available. Register?

ފާދިރީ

27 August 2018

މީ އަދި އެމްޑީޕީގެ އެންމެ ތިން އަހަރުގެ ވެރިކަމުގެ ކޮރަޕްޝަން. ކޮރަޕްޝަނުގަ ނުޖެހޭ ސައްތަައިން ސައްތަ ސާފު އެއްވެސް ވެރިކަމެއް ނޯންނާނެ. މިއީ ރަސޫލު ޒަމާނުގެ ޖީލެއް ނޫން.

The name is already taken The name is available. Register?

ކޮކްޓެއިލްރައީސް

16 September 2018

ދެން ހެވޭ ކޮންމެ ވާހަކައެއް ގޮވިއަސް ތިޔަގޮވާ ގެވެލި ފައްޗެއް އަޑުއަހާ ދީލާލަކަށް ނެތީމު، ކޮންމެ ކޮހެއް ގޮވިއަސް ރައީސް ޔާމީނަށް ވޯޓު ނުދޭން ނިންމައިފިން، ސޮރީ.

The name is already taken The name is available. Register?

މުއްތު

27 August 2018

އޭ ނިހާނު ކަލެއަކީ ކާކު މިވެރިކަން މިނިމިނޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454