މާލެ- ހުޅުލެ ބްރިޖް ހުޅުވުމާދިމާކޮށް، ލިޓަސް އިން ވިއްކާ ސައިކަލަށް ތިން ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.
ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރިކުރާ ކުންފުނިން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ "ބްރިޖް އޮފާ"ގެ ދަށުން ލިޓަސް މާލޭ ޝޯރޫމުން ގަންނަ ސައިކަލަކަށް ތިން ޕަސެންޓް ޑިސްކައުންޓެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ.
"ރާއްޖޭގައި އަލަށް ބްރިޖެއް ހުޅުވާއިރު ބްރިޖްގައި ދުއްވާލަން ބޭނުންވާ މީހުންނަށް އަޅުގަނޑުމެން ބޭނުންވޭ ހާއްސަ ޑިސްކައުންޓެއް ދޭން. މީގެ އިތުރުން މާލެ- ހުޅުމާލެ ދޭތެރޭ ދަތުރުކުރޭ ވަރަށް ގިނަ މީހުން، އެ މީހުންނަށް ހެޔޮއަގެއްގައި ސައިކަލް ފޯރުކޮށްދޭން އަޅުގަނޑުމެން ބޭނުންވޭ،" ލިޓަސް އިން ބުންޏެވެ.
މިރޭ ރަސްމީކޮށް ބްރިޖް ހުޅުވާއިރު، އާއްމުކޮށް ދަތުރުކުރަން ބްރިޖް ހުޅުވާލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެންނެވެ.