ފްލެޓަށް އެދި ފޯމު ހުށަހަޅަން މިއަދު ދިޔަ ބަޔަކު ކިޔޫގައި މަޑުކޮށްލައިގެން: ފްލެޓް ދޫކުރުގައި އުސޫލުން ބޭރުން ކޮށްފައިވާ ހުރިހާ ކަމެއް ބަލާނެ ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު ވަނީ ވިދާޅުވެފައި .---ފޮޓޯ: ނިޝާން އަލީ/މިހާރު
30 ސެޕްޓެމްބަރ 2018 - 16:06
މި ސަރުކާރުން ކުރިއަށް ގެންދާ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހަމަވި ނަމަވެސް އާ ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އަލުން ހުޅުވާލާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ހުށަހަޅަން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިއަދު ވަނީ ހައުސިން މިނިސްޓްރީގައި ކިޔޫ ޖެހިފަ އެވެ. މިނިސްޓްރީން ބުނެފައި ވަނީ މިއަދު ފޯމު ނުލެވުނު ނަމަވެސް ކިޔޫ ނަންބަރެއް ލިބިއްޖެ ނަމަ ފަހުން ވެސް ފޯމު ހުށަހެޅިދާނެ ކަމަށެވެ.
ފްލެޓުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ފްލެޓް ދޫކުރުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުސޫލާއި ހަމައިން ބޭރުން ކަންކަން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ކަންކަން މުރާޖާ ކުރުމާ އެކު ފްލެޓާއި ގޯއްޗަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނަ ބޭފުޅުން އަޅުގަނޑުމެންނަށް ގުޅާފައި އަހާ ފްލެޓް ފޯމުތައް ފުރާފައި ހައުސިން މިނިސްޓްރީއަށް ގެންދަންވީތޯ ނޫންތޯ. އަޅުގަނޑުމެން ދަންނަވާނީ އަޅުގަނޑުމެންގެ ސަރުކާރުގައި އަނެއްކާވެސް ފްލެޓް ފޯމު ފުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް،" މާރިޔާ ވިދާޅުވި އެވެ.
"އަދި އުސޫލާއި ހަމައިގެ ބޭރުން އެއްވެސް ކަމެއް ފެނިއްޖެ ކަމަށްވާ ނަމަ ދެން އެކަމެއް އެގޮތަށް ކުރިއަށް ދިނުމަށް ތަނެއް ނުދެވޭނެ."
މާރިޔާ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ރައީސް ޔާމީންގެ ސަރުކާރުން ބަހާފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުން އިމާރާތްކުރި ފްލެޓް ކަމަށް ވިދާޅުވި -- މިހާރު ފޮޓޯ / އަހުމަދު ނިޝާތު
މާރިޔާ ވިދާޅުވީ އާ ސަރުކާރުގައި ފްލެޓާއި ގޯތި ދޫކުރާނީ އެކަމަށް އެންމެ ބޭނުންވާ މީހުން ބަލައިގެން ކަމަށެވެ.
"ބޯހިޔާވަހިކަން ބޭނުންތެރި މީހުންނަށް އެންމެ ފުރަތަމައިނުން ބަލައިގެން ސޯޝަލް ހައުސިންގެ ކަންކަން އޭގެ ޒާތުގައި ކުރިއަށްދާނީ. އެއީ އަޅުގަނޑުމެން ގެންގުޅޭނެ އުސޫލާއި ހަމައަކީ،" މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި މުޅިން ވެސް ދޫކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި ހަދާފައިވާ ފްލެޓްތައް ކަމަށެވެ.
"އެބޭފުޅުން އަޅުއްވާފައިވާ ފްލެޓެއް ނެތް. އެބޭފުޅުން ސިއްރު ލިސްޓަށް ވެސް ބެއްސެވީ ހަމަ އެމްޑީޕީ ސަރުކާރުން އަޅާފައިވާ ފްލެޓްތައް. އެހެންވީމަ ފްލެޓެއް ނެތި ހުސްއެކަނި ލޮނުގަނޑެއް އެ ބައްސަވަނީ،" މާރިޔާ ވިދާޅުވި އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓަށް ފޯމު ހުށަހަޅާ ކޮންމެ މީހަކަށް ވެސް ފްލެޓް ދޭން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.
ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ޖޫން މަހެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ހައުސިން މިނިސްޓްރީން ބުނީ އޭރު 18،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
ހުޅުމާލޭގައި މިހާރު ވެސް ޗައިނާގެ ލޯނެއްގެ ދަށުން 7،000 ފްލެޓް އިމާރާތްކުރަމުން އެބަ ގެންދެ އެވެ. އެ ފްލެޓްތައް މުޅިން ނިމޭނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
01 October 2018
ޕާޓީކުދިންނަށް އެކަނި ބަހާލާ.
ކިހާދރަކމެއްމި
01 October 2018
މިދެން ކިހާދެރަކަމެއް! ﷲ ގަންދީހުވާކޮށްފަ މިބުނަނީ އިބޫއަށްވޯޓުދިނީ ޔާމީނުގެ އަނިޔާވެރިކަންނިންމަން. އަމިއްލަބޯހިޔާއަށްއެދި އިރުއިރުކޮޅުން ފޯމުލާކަށްނޫން. ވަކިމީހެއްނޫން ކޮންމެ ބަޔަކުވެސްއުޅެނީ ރައްޔިތުން ގަނަތަޅުވަން. ފޯމުލާފަތިބީ ޕީޕީއެމަށްއެކަނި ސަޕޯޓުކުރާ މީހުނެއްނޫން މާރޔާ!!! މިއީ އިބޫސަރުކާރާމެދު އަހަރެން ހިތްހަމަނުޖެހުނު ފުރަތަމަކަންތައް. މިގުނަންފެށީ!!!!
ޑަލޭކަ
02 October 2018
ސާބަހޭ ގުނާފަބަހައްޓާ
ހަސްތީ
01 October 2018
މާރިޔާ ބުންޏަސް ތީ ހަމަ ރަނގަޅު ވާހަކައެއް. ތި ފުލެޓް ބަހާފަ ތިއޮތީ އިންސާފަކުން ނޫން. އަހަރުމެން ސަރުކާރު ވަޒީފާގައި އުޅޭތާ ވިހި އަހަރަށްވުރެ ގިނަ ވެއްޖެ. ނަމަވެސް ސިވިލް ސަރވިސް އޮނިގަނޑުން ބޭރުވުމުން އަދި 40 އަހަރުން މަތިވުމުން އެއްވެސް ކެޓަގަރީއެއް ނެތް. ހަމަ އަލުން ހުޅުވާލުން އެންމެ ރަނގަޅީ.
ހުސައިން ހަމީދު
01 October 2018
މާރިޔާ ދީދީ އަށް ދެވޭނީ އިބޫގެ ސަރުކާރުން ފުލެޓްއެޅުނު ދުވަހަކުން އެ އެއްޗެއް. ހިތްވަރެއް ހުރިއްޔާ ރައީސް ޔާމީންގެ ފޫޓްސްޓެޕުން ހިނގޭތޯ ބަލާ.
ނިއުމާ
01 October 2018
ރައީސް ޔާމީންގެ ސަރުކާރުން އަޅާ ނިމުމަކާ ހަމަޔަށްގޮސްފައިވާ 7000 ފްލެޓްއަކީ ހިޔާ މަޝްރޫއުގެ ދަށުން އެޅިފްލެޓް. ދޭންވާ ފަރާތެއްވެސް ކަނޑައަޅަންވާނީ ހަމަ ރައީސް ޔާމީންގެ ސަރުކާރުން. އެހެން ނޫންނަމަ ޝިފާޒްމެން އެބުނާގޮތަށް ބޭއިންސާފުން އަމިއްލަ ޕާޓީ މީހުންނަށްދީ ނިންމާނެ.
މަރީ.
01 October 2018
ދެން ލާފަ ތިބި ހައްގު ވެރިން ނޯ؟ އިބޫ، ފައިސަލް، ދިސް އިޒް ނޮޓް ފެއާރ. އަނެއްކާ އެތައް ހާސް ބައެއް އައިމަ ޗާންސް ކުޑަ ވާނެ.
ޖާރިޔާ
30 September 2018
މާރިޔާތަ ފުރުސަތުދެނީ އެކަމަކަށް އެންމެ ބޭނުންވާމީހުންނަށް އެއީ ޕާޓީގެ ތެރެއިން އެންމެ ބޭނުންވާ މީހުންނަށް އެއީ އާ ސަރުކާރުގެ ސިޔާސަތަކީ މީގެ ކުރިން ކަން ކުރެއްވި ގޮތަކީވެސް އަދި ޕޯޑިއަމް ތަކުގައި ވަކާލާތު ކުރާ ގޮތަކީވެސް އެހެންވީމާ މިފަހަރު އިއްތިހާދުގެ ބޭބޭ ފުޅުންނާއި އާއިލާތަކަށް ފުލެޓްތަށް ދީ ނިންމާލާ ނޫނީ މެގަ މޯލްޑިވްސް ހޯދި ގޮތަށް ތިކަންވެސް އަމިއްލަ ކޮއްލާ ދެން ގޭގަ އޮވެގެން ފޯނުން ފުލެޓް ތަށް ބަހާލާ ،
ކަންނާޑި
30 September 2018
މިޔޭ މައްސަލައަކީ ކޮންމެ ބަޔަކުވެސް ބުނަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް އިންސާފާއެކު ކޮށް ދޭނެކަމަށް . ހެޔޮވެރިކަމެއްނަމަ ފޯމުތައް ބާތިލްކޮށް އަލުން ހުޅުވާލާކަށް ނުޖެހޭނެ. ފޯމުލާފައިވަނީ ހަމައެކަނި ޕީޕީއެމްގެ މީހުންނެއްނޫން. ފޯމުލާފައި ތިބި މީހުންގެތެރޭން އިންސާފާއެކު ހައްގުވާ ފަރާތްތަކަށް ފުލެޓް ދޭންވީ. ތިޔައުޅެނީ ޕާޓީ މީޙުންނަށް ދީފާ ބަކީހުރިތޯ ބަލަންވެގެން. ކުރިންވެސް ބުނީއެގޮތަށް.
ގަނަތެޅުން
30 September 2018
ފޯމް ލާ ލާ ރައްޔިތުން ހަނާވަނީ!
ސަރވަންތު
30 September 2018
ހަމަ ހަމަކޮށް ކަން ކުރާނެ ކަމަށް ހީކުރަން.. މަށާ މަގޭ ވައިފް އަދި ދެދަރިންގެ ވޯޓު ޔާމީނަށް ނުދިނީ ސަރުކާރު މުވައްޒަފުންމަށް ފުލެޓަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ދިން އިރު އަހަރެމެންނަށް ނުލިބޭގޮތަށް ހަމައެކަނި ސިވިލް ސަރވަންޓުންމަށް އެ ފުރުސަތު ދިނީމަ.. ކުރިން ވަރަށް ތާއީދު ކުރިން ޕީޕީއެމްއަށް އެކަމު ހަމަހަމަކަމެއް ހަމައެއް ލަމައެއް ނެތި ކަންކުރާތީ ފޫހިވީ އަދި ރުޅިއައީ..