ޚަބަރު / ސްކޫލް ގައިޑު

ސްކޫލް ގައިޑް: ކާމިޔާބީ ހޯދަން ޝެޑިއުލެއް މުހިއްމު

ވިލާ ހައި ސްކޫލްގެ ދަރިވަރުންތަކެއް: ކާމިޔާބީ އަށް ވާސިލްވާން މުހިއްމީ ޝެޑިއުލެއް ރާވާލުން.

03 ޑިސެމްބަރ 2018 - 08:10

ވަކި ތަރުތީބެއް ނެތި ކަންކަން ކުރަން ވެއްޖެ ނަމަ، ދެން ކުރިމަތިލާން ޖެހޭނީ ހާސްކަމާ އެވެ. މުހިއްމު ކަންކަން ނުކުރެވިގެން ކަންބޮޑުވެގެން އުޅެން ޖެހިދާނެ އެވެ. މިއީ، އިސްކަންދޭން ޖެހޭ ތަރުތީބަކުން ޝެޑިއުލެއް ރާވާލައިގެން ވަރަށް ފަސޭހަ އިން ހައްލު ކުރެވިދާނެ ކަމެކެވެ.

ކާމިޔާބީ ހާސިލްކުރުމުގެ އެންމެ މުހިއްމު އުކުޅަކީ ވެސް މުޅި އަހަރަށް ތާވަލެއް ހެދުމެވެ. އެ ތާވަލްގައި އެ އަހަރު ވާސިލްވާން ބޭނުންވާ އަމާޒުތަކެއް ކަނޑައަޅަން ވާނެ އެވެ. އެންމެ މުހިއްމު އިސްކަމެއް ދޭން ޖެހޭނެ ކަމަކީ ކިޔަވަން ހާއްސަ ގަޑިތަކެއް ކަނޑައެޅުމަށެވެ. ސްކޫލްގެ އިތުރު ހަރަކާތްތަކާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ވަގުތުތައް ހިމަނަންވާނެ އެވެ.

ތައުލީމީ ދާއިރާގެ އިސް ބޭފުޅުންގެ ނަސޭހަތަކީ ވެސް ހުރިހާ ވަގުތެއް ފޮތްތަކަށް ހުސްވެގެން ނުތިބުމެވެ. ކިޔެވުމާ އެއްވަރަށް، ދެން ހުރި ހުނަރުތައް ވެސް ތަރައްގީކުރަން ޖެހެ އެވެ.

ދަރިވަރުން ވަގުތު މެނޭޖްކޮށްލާނެ ގޮތްތަކެއް

- ކިޔަވަން އިސްކަންދީ، ތާވަލެއް ހަދައި އެއަށް ތަބާވާން ދަސްކުރުން.

- ވަކި ތަރުތީބަކުން ކަންކަން ކުރަން އާދަކޮށް، އަމިއްލަ ކަންކަމަށް ވެސް ވަގުތު ހުސްކުރުން.

- އަބަދު ކިޔަވަން ނީނދެ ބްރޭކް ނަގަންވާނެ. ކިޔަވާ ވަގުތާއި އެހެންކަންކަން ކުރުމުގައި ރޫޓިންއެއް ގެންގުޅުން.

- ކުރަން އިންނަ ކަމަކަށް ހުރަސްއެޅި ސަމާލުކަން ގެއްލޭ އެހެން ކަންކަން ނުކުރުން.

- މަސައްކަތްތައް ފުނިޖައްސައިގެން ނުކޮށް، ފަހަރަކު ކަމެއް ކުރުން.

- ކުޅިވަރު ކުޅެ މަޖާކޮށްލަން ވެސް ވަގުތު ހުސްކުރުން.

- ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ލިޔެ ފެންނާނެހެން ބެހެއްޓުން.

- މަސައްކަތް ކުރާނީ ތިމާ އަށް އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ވަގުތުތަކަކާއި ގޮތްތަކެއް ކަނޑައަޅައިގެން.

- ސްޓްރެސްވާ ކަންކަމާ ދުރުވެ، ކުޅިވަރާއި ކަސްރަތުގެ ތެރޭގައި އުޅުން.

- ކޮންމެ ކާމިޔާބީއަކާ ގުޅިގެން، އަމިއްލަ ނަފްސަށް އުފާވެރިކަން ލިބިދޭ ކަމެއް ކޮށްލާ.

- ތާވަލާ އެއްގޮތަށް ކަމެއް ނުކުރެވި ދޫވިއަސް ހާސްވެ، ކަންބޮޑުނުވޭ.

ޓައިމްޓޭބަލެއް ހެދިއަސް އެއަށް އަމަލުނުކުރާ ނަމަ، މާ ބޮޑު ފައިދާއެއް ނުކުރާނެ އެވެ. އެހެންކަމުން، ޓޭބަލާ އެއްގޮތަށް ފިލާވަޅު ދަސްކުރަން އަބަދުވެސް އިސްކަންދޭން ޖެހޭނެ އެވެ. ތާވަލް ރާވާލުމުގައި އެޑިއުކޭޝަން މިނިސްޓްރީން އާއްމުކުރާ ކަލަންޑަރާއި ސްކޫލްތަކުން އެ އަހަރަށް ކަނޑައަޅާ ކަލަންޑަރު ހޯދައި، އޭގައިވާ ދުވަސްތަކަށް ބެލުން މުހިއްމެވެ.

ދުވަހު ތާވަލެއް ހަދާއިރު މައިންބަފައިންގެ އެހީތެރިކަން ވެސް ބޭނުންވާނެ އެވެ. އެހެންކަމުން ކުދިންގެ އެ ހުރިހާ ކަމެއްގައި، ޚިޔާލުދޭ ބަޔަކަށް މައިންބަފައިން ނުވަތަ ބެލެނިވެރިން ވާން އެބަ ޖެހެ އެވެ. ކުދިންނަށް އެހީވުމަކީ ސްކޫލަށް ގެންގޮސް ގެނެސް ހެދުން ކަމަށް އެކަނި ނުހަދާށެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454