ޚަބަރު / ކުރީގެ ނައިބު ރައީސް އަދީބު

ހައްޔަރުކޮށްފައިވާ "ސްނައިޕަރާ" ލަންކާ ސަރުކާރުން ބައްދަލުކޮށްފި

ލަހިރު މަޑިޝަންކަރު އަދި ފައިޒަރު މާފުށީގައި ބައްދަލުކޮށް ވާހަކަ ދައްކަނީ: އޭނާ ދޫކޮށްލުމަށް އާއިލާއިން ވަނީ ގޮވާލައިފަ --

ބަޑިޖަހައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާއްޖެ އައި ކަމުގެ ތުހުމަތުގައި ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ސްރީ ލަންކާގެ ސްނައިޕަރު ލަހިރު މަޑިޝަންކަރްއާ، ސްރީ ލަންކާގެ ލޯކަލް ގަވަރްމަންޓް އެންޑް ޕްރޮވިންޝަލް ކައުންސިލް މިނިސްޓަރު ފައިޒަރް މުސްތަފާ ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރު ފައިޒަރް، މަޑިޝަންކަރާ ބައްދަލު ކުރައްވާފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ އަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.

އެނގިފައިވާ ގޮތުގައި އެ ބައްދަލުވުން ބޭއްވީ މަޑިޝަންކަރު ހައްޔަރުކޮށްފައި ހުރި މާފުށީ ޖަލުގަ އެވެ.

ޖަލުގައި މަޑިޝަންކަރަށް އަނިޔާ ކުރާ ކަމަށް ބުނެ، މި ފަހުން އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ބަޔާނެއް ނެރަފަ އެވެ. އަދި މަޑިޝަންކަރުގެ ކުށެއް ނެތް ކަމަށް ބުނެ އޭނާ ދޫކޮށްލުމަށް އާއިލާގެ ފަރާތުން އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ދައުލަތުން ވަނީ މަޑިޝަންކަރުގެ މައްޗަށް ދައުވާއެއް ވެސް އުފުލައިފަ އެވެ. އެ ދައުވާ އަށް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.

ރައީސް އަވަހާރަކޮށްލުމުގެ ބޭނުމުގައި މަޑިޝަންކަރު ރާއްޖެ ގެނައި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެ ދައުވާ އަށް އަދީބު ވެސް ވަނީ އިންކާރު ކުރައްވައިފަ އެވެ.

މަޑިޝަންކަރު މައްސަލައިގައި މ. ލިލީ ޕާކް، ފަޒީލް ހަމީދާއި ގ. އޮއިވާލި، އިސްހާގު ހުސައިންގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.

ދައުވާގައިވާ ގޮތުން އެކަން ރޭވީ އަދީބާއި ފަޒީލާއި އިތުރު ބައެކެވެ. މަޑިޝަންކަރުގެ ދައުރަކީ އެކަމަށް އެއްބަސްވެ، ރާއްޖެ އައުމެވެ. އަދި އިސްހާގުގެ ދައުރަކީ އެކަމަށް ބޭނުންވާ ފައިސާ އަދީބުގެ އެންގުމަށް ބަޔަކާ ހަވާލު ކުރުން ކަމަށް ދައުވާގައިވެ އެވެ.

11 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 9%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަން އަޙްމަދު

19 November 2018

ވާގޮތަކީ ރައީސަކު މަރާލުމުގެ ތުހުމަތަކީ ކުޑަ ކަމެއް ނޫން. އެކަމަކު ކުށެއް ނެތް މީހަކަށް އަދަބު ލިބުމަކީ އެޔަށް ވުރެ ވެސް ބޮޑު މައްސަލައެއް. ޔާމީނަކީ މީހުން ފުރޭމް ކުރުމުގެ މާޒީއެއް އޮތް މީހަކަށް ވާތީ ތިޔައީ ވަރަށް ސުވާލު އުފެދޭ ކަމެއް. އެހެންވީމަ ރަނގަޅު ތަހުގީގެއް ތީގަ ވަރަށް މުހިއްމު.

The name is already taken The name is available. Register?

ޖަޑިބު

19 November 2018

އޭނާ އައީ ރައީސަކު މަރަން އެކަމައް އެއްބަސްވެގެންކަމައްވާނަމަ އޭނާދޫކޮއްލެވިގެންނުވާނެ

The name is already taken The name is available. Register?

hawwa

19 November 2018

ދޫކޮށްފާނެ، 19 ދިވެހިން މެރި މީހުން ވެސް އެތިބީ ދޫކޮށްފައި.

The name is already taken The name is available. Register?

އިންޑިޔާއިން

19 November 2018

ޝަރީޢަތް ކުރިއަށް ނުދިއުމަކީ މައްސަލައެއް.

The name is already taken The name is available. Register?

ހައްގުނ

20 November 2018

ޝަރީއަތް ކުރިއަށް ނުގެންދެވޭތީ ގެންދެވޭނެ މީހަކު މިހާރު ހުންނާނީ ހުވާކޮށްފައި. ދޮންކޭލާއި ކިރާއި ފާރޮށި ބަހަން ނޫޅެ މިފަދަ ކަންކަމާއި އުޅެންވީނުން. ފްލެޓް ފޯމު ހުއްޓުވާފައި ހަނދާން ނައްތާލައިގެން އެހުންނަނީ.

The name is already taken The name is available. Register?

މިކޮމެންޓު ހަޖަމުނުވާނެ

19 November 2018

މަޑިއެއް ވެލައެއް ކިޔާނެކަމެއްނެތް... ރާއްޖެކަހަލަ ނިކަމެތި ގައުމެއްވީމަ ބޭނުންގޮތެއް ހަދާލެވޭނެކަން އެނގޭ... ތަންކޮޅެއް ބާރުގަދަ ގައުމެއްގެ ރައީސަކު މަރާލަން އުޅެބަލަ އޭރުން ފެންނާނީ ދަންޖައްސައި މަރާލާފަ އޮއްވައި..

The name is already taken The name is available. Register?

ކިއްލިބާޝާ

19 November 2018

ދެން ލަންކާ ސަރުކާރުން ތީނަޔަށް އެވޯޑެއްދީ.

The name is already taken The name is available. Register?

ދަންނަ ވަހީދު

19 November 2018

ތިކަމުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އޮންނާނެކަމަށް ބަލަމާ. މިތާ އެބައުޅޭ އެތައް ހާސް މީހުން އެކި ގައުމުތަކުގެ. ތިމީހާ ހައްޔަރު ކުރާނީ ކޮންމެވެސް ސަބަބެއް އޮވެގެން.

The name is already taken The name is available. Register?

ކާޅުބުނީ

19 November 2018

މާގަދަޔަށް ހުން އައިމަ އަވާމެންދުރު ފެނޭ ބައެއްފަހަރު. ފެންނަހާ ހުރިހާ އެއްޗަކީ އަދި ހަގީގަތެއް ނޫން.

The name is already taken The name is available. Register?

އިއްސެ

19 November 2018

މިއުޅެނީ މީހަކު ރޯގާޖެހި ހުން އައިސްގެންނެއް ނޫނެއްނު. ހަމަ ހުރެފައި ބޭރުގައުމަކުން ހިކިމަސް ގަންނަން އައި މީހަކު ނުހިފަހައްޓާނެދޯ ކަމެއް ނެތި.

The name is already taken The name is available. Register?

މަރޭމިތުރާ

19 November 2018

މަޑިޝަންކަރު ދޫކޮށްލަން އަހަރެން ގޮވާލަނީ! ހަޑިހާވަން ޔާމީނުކުރިކަމަކަށް މިކަންވަނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454