ފޮރިން މިނިސްޓަރު ޝާހިދު، އިންޑިއާގެ ރައީސްއާ އެކު.
27 ނޮވެމްބަރ 2018 - 21:11
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، މިރޭ އަބޫދާބީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
މިނިސްޓަރުގެ ހައިސިއްޔަތުން ފުރަތަމަ ދަތުރުފުޅު އިންޑިއާ އަށް ކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރެއްވި އެވެ. މި ދަތުރަށް ފަހު މިރޭ އަބޫދާބީ އަށް ކުރައްވަނީ ވެސް ރަސްމީ ދަތުރުފުޅެކެވެ.
ކާމިޔާބު ދަތުރަކަށް ފަހު އަބޫދާބީ އަށް ވަޑައިގަންނަވާ ކަން މިނިސްޓަރު ޓުވީޓް ކުރައްވާފައިވީ ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.
Leaving Delhi to Abu Dhabi after a very successful visit. Delhi is ready to receive H E Ibrahim Mohamed Solih on 17 December on his first State Visit after taking office.
— Abdulla Shahid 🎈 (@abdulla_shahid) November 27, 2018
މިނިސްޓަރު ޝާހިދު އަބޫދާބީ އަށް ވަޑައިގަންނަވާއިރު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހަދަނީ ޔޫއޭއީގެ އަބޫދާބީ ފަންޑުން ސަރުކާރަށް ދިން 60 މިލިއަން ޑޮލަރު (927 މިލިއަން ރުފިޔާ) އިންނެވެ.
މާފަރު އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ހިމެނޭ ގޮތަކަށެވެ. އަދި އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ހިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ އެވެ. މާފަރު އެއާޕޯޓަށް މިދިޔަ އޯގަސްޓް، 14ގައި، ވަނީ ޓެސްޓް ފްލައިޓު ޖައްސައިފަ އެވެ. އަދި މިއަހަރު ފަހު ކޮޅު މާފަރަށް ޝެޑިއުލް ފްލައިޓްތައް ފަށާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ވަނީ ބުނެފަ އެވެ. މީގެއިތުރުން، ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދޭ ގޮތަށް، ލޯނު ނަގައިގެން ތަރައްގީ ކުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް 680 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެތެރޭގައި އަބޫދާބީ ފަންޑުން 188.6 މިލިއަން ރުފިޔާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާ
28 November 2018
[[ގައުމުތަކާއި ގުޅުނީމާ އިންޓަރނޭޝަނަލް ވަމުންދާނީ! ގައުމުތަކުން މިރާއްޖެއަށް އިތުރު އެހީ ވަމުންދާނީ!]]
ނޯއޭ
28 November 2018
މިކަން މިހެން ނުކުރެވިގެން މީނަ މަޖިލީހުގެ ގޮނޑި މި ދޫކޮށްލީ...... ރައްޔިތުންގެ ފައިސާ ތަޅާ ބުރުއްސަން މިހެން ފުރުސަތުނުދީ. އެމް.ޑީ.ޕީ މިވެރިކަމަށް އައީ ރައްޔިތުންގެ ޖީބު ބޮޑުކުރަން. ތަނަވަސް ދިރިއުޅުމެއް ރައްޔިތުންނަށް ހޯދަދޭން. ސަލާން ޖަހަން މުއްސަދިން ކައިރިއަށް ނުދާނެ ގޮތް ހަދައިދޭން. މިނިސްޓަރުން މިހެން އުޅެގެން އެކަން އެހެން ވާނެތަ؟
ތަރަބެ
28 November 2018
ނާށި ގަނޑު ހިފައިގެން
ދީމާހު
28 November 2018
މިއީ މީނާގެ ފާޑު. ދެން ދާނީ ޔޫރަޕަށް. ދެން ޔޫކޭއަށް ޢާއިލާ ކައިރިއަށް. ދެން އައިސް ނިޔުސް ކޮންފަރެންސް ދީ ބޮޑު ކަނޑާނީ. ބޭކާރު ޚަރަދުތައް މިކުރަނީ. މިއީ ކޮރަޕްޝަނެއް ނޫންތޯ
ހޮޓްކިންގ
28 November 2018
އިންޑިއާއިން ދިން ލާރިގަނޑު ރާއްޖެ ގެނެސްފައިތަ ޑުބާއީއަށް ދިޔައީ؟ ބޯހަލާކު އުޅޭ ފާޑުން.
ކަރީމުއްދީން ބާޝާ
27 November 2018
ނާށިގަނޑު ހިފައިގެން ދުވަނީދޯ.
ބްރާންޗް
27 November 2018
ކިތަންމެ ވަރަކަށް ދުވިއަސް ވަރިހަމަ! ވައްކަން ނުކުރަންޏާ!
އަހުމަދު222
27 November 2018
ވައްކަން ކޮއްގެންނުވާނެ އެކަމަކު ގައުމައް އެއައްވުރެ މާނުރައްކާތެރިކަމެއް އެއީ ގައުމުގެ އިސްތިގުލާލު ނަގާލުމަކީ... އިންޑިޔާ ފައިބުޑައްޖެހި ސަލާންޖަހާއިރު މިފެންނަނީ މިފަދަ މަންޒަރަކައްދާން އުޅޭހެން. .