ބިޑުކުރުމެއް ނެތި ސަރުކާރުން ދިން ނަސަންދުރަ ޕެލަސް ހޮޓަލް ހުރި ތަނުގައި ބޮޑު އިމާރާތެއް ހަދަނީ.
02 ޑިސެމްބަރ 2018 - 14:59
ނަސަންދުރަ ޕެލަސް ހޮޓަލާ އެކު ވެފައިވާ އެގްރީމެންޓް ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ޓީމުން ބަލަން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
"މިހާރަ"ށް މިނިސްޓަރު ވިދާޅުވީ، ނަސަންދުރަ އެގްރީމެންޓްގެ މައްސަލަ އިތުރަށް ދިރާސާކުރުމުގެ މަސައްކަތް އެ މިނިސްޓްރީގެ ލީގަލް ޑިޕާޓްމެންޓުން ކުރިއަށްގެންދާ ކަމަށެވެ. މި މައްސަލައަކީ އޭސީސީން ވެސް ބަލަމުންދާ މައްސަލައެއް ކަމުން މި މައްސަލައާ ގުޅިގެން އޭޖީ އޮފީހުގެ ލަފައެއް ހޯއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ނަސަންދުރަ އެގްރީމެންޓާ ގުޅިގެން އޮޑިޓަ ޖެނެރަލް ހާމަކުރެއްވި މައުލޫމާތުތަކަށް ފުރިހަމައަށް އިހްތިރާމު ކުރައްވާނެ ކަމަށާއި އެހެން ނަމަވެސް ލީގަލް ޓީމުން މިކަން އިތުރަށް ދިރާސާކުރަނީ އެކަމުގައި އަމަލު ކުރެވޭނެ ގޮތްތައް ބެލުމަށް ކަމަށެވެ.
މިހާރު 25 ބުރިއަށް ތަރައްގީ ކުރާ ނަސަންދުރަ ހުރި ބިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ އެންޕީއެޗް އިންވެސްޓްމެންޓާ ހަވާލުކޮށްފައި ވަނީ، އެނގިފައިވާ ގޮތުގައި ޓޫރިޒަމާ ބެހޭ ގާނޫނާ ހިލާފަށެވެ. އަދި ލީސް އެގްރީމެންޓް ހެދިފައިވަނީ މިނިސްޓްރީގެ ބަހެއް ހޯދުމެއް ނެތި އެވެ. އަދި އެގްރީމެންޓްކޮށް ހަވާލުކޮށްފައި ވަނީ ބިޑު ކުރުމަކާ ނުލަ އެވެ.
ނަސަންދުރަ ހުރި ބިމާ އިން ވެގެން އޮތް އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިމާއެކު 50 އަހަރަށް ކުއްޔަށް ދިން އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އޮޑިޓަ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ. އެ ބިމާ މެދު ގޮތެއް ނިންމަން އެދުނު ނަމަވެސް ނަސަންދުރަ ބިމުގައި 25 ބުރީގެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ދަނީ މިހާރު ވެސް ކުރެވެމުންނެވެ. އެ އިމާރާތުގެ 15 ޝީޓު މިހާރު ވަނީ އަޅައިފަ އެވެ. ނަސަންދުރަ އަމިއްލަ ފަރާތަކަށްދީގެން ތަރައްގީ ކުރަން ފެށީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެ މަގާމުގައި ހުންނެވި އިރު އެވެ.
އޮޑިޓަ ޖެނެރަލް އޭރު ދެއްވި ލަފާގައި ބުނެފައި ވަނީ ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކާ އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނަންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިން އިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް ހިމަނާފައި ނުވާތީ، އެއްބަސްވުމާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަލީއަހުދު
03 December 2018
ތި އޭސީސީ ލުތުފީ ދެ ދައުރު އޭސީސީ ރައީސް ކަމުގަ ހުރެގެން ކީއްތަ ކުރީ؟ އޭސީސީ ތެރޭގަ ގަނޑުފިއްލާ ކުޅުނީތަ؟ ނޫނީ ނިދީތަ؟ ކޮންމެވެސް މީހަކު ވަދެ ބަލާބަލަ އެތާގަ އެނދެއް ހުރިތޯ...
އަލްއިސްލާމް
03 December 2018
ސީއެސްއާރ ކޮމްޕޮނަންޓް އެހެރީފެންނަން ހެންވޭރު ބްރިޖްފެންނަދިމާގަ 25 ބުރިއަށްހަދަމުންދާޢިމާރާތެއް! މިހާރުތިރީދެބުރިނިމި ހާލުގައިޖެހިފައިވާބަޔަކުއެދެބުރީގަ ދިރިއުޅެމުނދޭ...
ދޮގު
03 December 2018
ލ. ގައި 6 ރިޒޯޓް އެބަ ހަދއޭ. ސުބުހާނަ ﷲ! ދޮގު ވެސް ހަދާކަށް ނޭގޭ ވިއްޔާއެވެ.
ފޮނަދޫ ގަސްބުޑު ރަހީމު
03 December 2018
ޢަދި އެކަކު 9.5 މިލިޔަން ރުފިޔާގެ ދެ ފްލެޓް ގަތް މައްސަލަގެ އަޑި ވެސް ބަލަން ޖެހޭނެއެވެ.
ހަސަނު
03 December 2018
ރައީސް ގެ ބޭބެއަށް މާލޭގެ ބޮޑު ބިމެއް ހިލޭ ދިނުމަކީ ކުށެއް.. އެއީ ޚިޔާނާތެއް.. ދެން ޚިޔާނާތުން މީހަކު ނެގި އެއްޗެއް އެކަން އެނގުމުން އަވަހަށް އެ އަތުލާނީ އެންމެ ފުރަތަމަވެސް.. އަދި އެކަން ކުރި ބަަކަށް އަދަބު ދޭނީ.. ވަރަށް ސިމްޕަލް.... އެ ތަނުން ފުލެޓް ގަންނަން ބަޔަކު ލާރި ދީފަ ވާނަ އެއީ ވެސް ހިޔާނާތުގަ ބައިއަޅަން ކޮށްފައިވާ ހަރަދު.. އެ ލާރި އެމީހުނަށް ލިބޭކަށްވެސް ނުޖެހޭ...
ދާދޭ
03 December 2018
ތިއެގްރިމެންޓ އުވާލަންޖެހޭނެ. ތީ އަދީބުގެ ނުވަތަ ޔާމީނުގެ މުދާގަނޑެއްނޫން. އަދި ތިތަން ހަދާފަރާތަކަށްދޭންޖެހޭ ފައިސާ އެދެމީހުންނާ މަނިކުގެ މުދާ ވިއްކައިގެންވިޔަސް ދޭންޖެހޭނެ.
ދަތްނެތްކުއްޖާ
02 December 2018
ހަމަ މިހާރުން މިހާރަށް ތިޔަ ތަން ބަދަލެއް ދިނުމަކާއި ނުލައި ދަޢުލަތައް ނެގެން ޖެހޭނެ ކަމަށް މަމެން ދެކެން. ރައްޔިތުންގެ ހަރުމުދާ ބޭނުންހާ ގޮތަކަށް ބޭނުންހާ ބަޔަކަށް ދެވިގެނެއް ނުވާނެ. ކަންކަން ތި މަގުންދާނަމަ މި ސަރުކާރުންވެސް ރައްޔިތުންގެ ފަޅުތަކާއި ރަށްތައް ބޭރުގެ މީހުންނަށް ވިއްކާ ހުސްކޮއްފައި ތިމާގެ ވެރިކަން ނިމުމުން ޤައުމު ދޫކޮއް އެހެން ޤައުމަކަށް ޙިޖުރަ ކުރީމާ ނިމުނީ ދޮތަ!
ކޮއްކޯ
02 December 2018
ސީއެސްއާރު ގެ ދަށުން އާރަށުގައި ހެދި ގަނޑުވަރު އެއީ މިމީހުން ކޮށްދިން ކަމެއްބާ؟
އައިޖޭ
02 December 2018
އޭސީސީ އަށް ކުރެވުނު ކަމެއް ނެތް. ހަމ ހޭކހޭކި ތިބޭ ބައެއް... އެ ކޮމިޝަން އޯވަރ ހައުލް ކުރަންޖހެޭ
އަހްމަދު
02 December 2018
ތިޔަ ލުތުފީ އަށް ބެލެވުނުކަމެއް ކުރެވުނުކަމެއް ބުނެބަލަ، ބަރާބަރަށް ރައްޔިތުންގެ ޓެކްސް ފައިިސާ އިން މުސާރަނަގާ.
ވަހީދު
03 December 2018
މުސާރަޔަށްވުރެ އެމަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް ހުރުމުން ވަގުންނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ އަންބޮނޑިޔަށް ގައުމުގެ ހަރުމުދާ ކައްވާލީމަ ގެއްލިގެންއެދިޔައީ މާބޮޑު އެއްޗެއް.