މާކް ނުކުރަން ނިންމައި ޓީޗަރުން އިހުތިތާޖު ކުރުން--
02 ޑިސެމްބަރ 2018 - 23:12
ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އެގްޒާމް (އެސްއެސްސީ) އިމްތިހާނުގެ ދިވެހި އަދި އިސްލާމް މާއްދާގެ ކަރުދާސް މާކް ކުރުމުން ދޭންޖެހޭ އުޖޫރަ ބޮޑުކޮށްދޭނެ ކަމަށް ކުރިން ބުނެފައި ވީ ނަމަވެސް މިހާތަނަށް އެކަން ކޮށްދީފައި ނުވާތީ، މި އަހަރުގެ އިމްތިހާނުގެ ކަރުދާސްތައް މާކް ނުކުރަން މާކަރުން މިއަދު ނިންމައިފި އެވެ.
އެސްއެސްސީ އިމްތިހާނުގެ ކަރުދާސް މާކް ކުރާ މީހުންނަށް އުޖޫރަ މިހާރު ދެނީ މާކް ކުރާ ކޮންމެ ކަރުދާހަކަށް 40ރ. ގެ ރޭޓުންނެވެ. ނަމަވެސް، މާކަރުން އެދެނީ އެ އަދަދު 60ރ. އަށް ބޮޑުކޮށްދިނުމަށެވެ.
މި އަހަރު އެކަން ކޮށްދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން ބުނެފައިވީ ނަމަވެސް މާކަރުންންނާ އެކު މިއަދު އެއްބަސްވުން ގާއިމްކުރިއިރު، އުޖޫރަ އަށް ބަދަލެއް ގެނެސްފައި ނެތެވެ. މާކަރުން ހިތްހަމަނުޖެހި މަސައްކަތް ހުއްޓާލާފައި ދިޔައީ އެ ހިސާބުންނެވެ.
މާކަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ތަޖުރިބާކާރު ޓީޗަރަކު ނަން ހާމަނުކުރަން އެދި ބުނީ، މާކިން ފެށުމަށްޓަކައި މިއަދު އެގްރިމެންޓް ދިން އިރު، އުޖޫރަ ބޮޑުކޮށްދީފައި ނެތްކަން އެނގުމުން، ކުރީގެ އަގަށް އެކަން ނުކޮށްދޭން ނިންމައި މާކިން ހޯލުން އެ މީހުން ނުކުމެފައިވާ ކަމަށެވެ.
ޕޭޕަރުތައް މާކް ކޮށްގެން ޓީޗަރަކަށް ގާތްގަނޑަކަށް 10،000ރ. ރުފިޔާ ލިބޭއިރު އެއީ އަތޮޅުތެރެއިން އަންނަ ޓީޗަރުންނަށް އެކަށޭނެ އަގެއް ނޫން ކަމަށް ޓީޗަރުން ބުނެ އެވެ. ދެ މާއްދާގެ ޕޭޕަރު މާކް ކުރުމަށް 60 ޓީޗަރުން ވަނީ ނަގައިފަ އެވެ.
"ގިނަ މާކަރުންނަކީ އަތޮޅުތެރެއިން އައިސް މާލޭގެ ތަންތަން ހިފައި ހޮޓަލުން ކައިގެން އުޅޭ މީހުން. އެހެންވީމާ އޮންނަނީ ގެއްލުން ވެފައި. އެތައް ޒަމާނެއް ވެއްޖެ 60ރ. އަށް ބޮޑުކޮށްދޭން އެދޭތާ. އާނއެކޭ ބުނެފައި އެކަން ނުކޮށް އެ ވަނީ،" މާކަރަކު ބުންޏެވެ.
ޕޭޕަރު މާކް ކުރުމުގެ ކުރިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ވޯކްޝޮޕް މި ފަހަރު ވެސް ވަނީ ބާއްވައިފަ އެވެ. އެ ވޯކްޝޮޕަށް، އުޖޫރައިގެ މައްސަލަ ހުށަހަޅައި ހައްލެއް ނުލިބުމުން އެޑިއުކޭޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަށް ވެސް މިދިޔަ ހަފުތާގައި ހުށަހެޅި ކަމަށް ޓީޗަރުން ބުނެ އެވެ.
"ދެން ބުނަނީ ބޮޑުކޮށްދޭނަމޭ އެގްރިމެންޓްގައި ޕޭޕަރަކަށް 40ރ. އޭ އޮތަސް. އެ އަގު 60ރ. އަށް ހަދައިދޭނަމޭ. އެއީ އެއްވެސް ޔަގީން ކަމެއް އޮތް ކަމެއް ނޫން. އަނެއްކާ ލިޔުމަކުން އެއްބަސްވާކަށް އެއްބަހެއް ނުވި،" މާކަރަކު ބުންޏެވެ.
ރަނގަޅު އުޖޫރައެއް ނުލިބޭތީ ފެންވަރު ރަނގަޅު ޓީޗަރުން އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ވެސް ބައެއް ޓީޗަރުން ބުނެ އެވެ. މާކް ކުރުމުގެ މަސައްކަތަށް ކުރިން 200 އެއްހާ ޓީޗަރުން ކުރިމަތިލާއިރު، މި އަހަރު އެކަމަށް ހުށަހެޅީ މަދު ޓީޗަރުން ކަމަށާއި އޭގެ ތެރޭގައި ވެސް ގިނައީ އަލަށް އެކަމަށް ކުރިމަތިލި މީހުން ކަމަށް ޓީޗަރުން ބުނެ އެވެ.
އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އަކީ ކެމްބްރިޖް ޔުނިވާސިޓީން މާކް ކުރާ އެހެން ޕޭޕަރުތަކުގެ ނަތީޖާއާ އެކު ކޮންމެ އަހަރެއްގެ ޖެނުއަރީގައި ކުދިންނަށް ދޫކުރާ ނަތީޖާ އެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
03 December 2018
މާކަރަކު ދުވާލަކު މާކު ކުރަނީ ކިތައް ކަރުދާސްބާ؟ ހިސާބެއް ހަދާލަން ވެގެން މި އަދަދު އެނގޭ މީހަކު ކޮމެންޓް ކޮއްލަދީ!
ޖީސީ ހެދިކުއްޖެ
03 December 2018
ދެން މަގޭ ނަތީޖާ ކޮބާ؟؟!؟؟!؟!؟!؟!؟!؟!؟/!؟!؟!؟!؟!؟؟!؟!؟!؟!؟!؟!؟!؟!؟؟!؟!؟!؟!؟؟!؟!؟!؟!؟!؟!؟!؟؟!؟!؟!؟!؟!؟1؟1؟؟!؟!؟!؟!؟!؟!؟!؟!؟؟؟؟؟؟؟؟؟!؟!؟!؟؟!؟!؟!؟/!؟!؟!؟؟!؟!؟!؟!؟!؟؟!/!/!؟؟!؟!؟!؟!؟!؟!؟!؟!؟؟!؟!؟!؟؟!؟!؟
ަޖައި
03 December 2018
ބަލަަ ދެން އަހަަރަމެންގެ ޕޭޕަރު ތައް ލިބޭނީ ކޮން އިރަކުން؟؟؟??
ދުޅަހެޔޮ
03 December 2018
ޝަކީބު އާއި އޭނާގެ އަންހެނުން އުމްނިއްޔާ ދެމީހުން އެކީގާ މަސައްކަތް ކުރާހާ ދުވަހަކު ތިޔަތަނުން ކޮރަޕްޝަންވެސް އަދި އެއްވެސް ކުރިއަރާނެ ތަނެއްނޫން ތިޔައީއަކީ. އެޑިއުކޭޝަން މިނިސްޓަރަށް ގޮވާލަން މިމައްސަލަ ބަލާ ރަގަޅު ހައްލެއް ގެންނަން. ތިޔަ އުމްނިއްޔާ އާހެދީ ތިޔަ މުއައްސަސާ އަށް ވަރަށްމީހުން ނަފްރަތު ކުރޭ. ވަރަށް ދެރަކަމެއްމީ.
މަރީއްޔާ
03 December 2018
ބަލަ އެކަން އެގޮތަށް އޮއްވަ މާކް ކުރަން އައި ބަޔަކު ޖެހޭނީ އެއަގަށް ކޮށްދޭން. އެހެން ނޫނަސް މާކް ކުރަން އަންނަނީ އަމިއްލައަށް އެދިގެން މީހަކު ގަދަ ކަމުން ގެންނަނީ އެއް ނޫން. ކުލި ދައްކައިން ތިކަން ނުވަންޏާ ނައިމަވީ މާކް ކުރަން
ޤާދިރު
03 December 2018
ގަދަކަމަކުންނޫން އައީ އަމިއްލައަށް އައީ. މާކު ކުރަން ބޭނުން ނުވާތީ ދަނީވެސް އަމިއްލައަށް. މާކު ކުރާކަށް ނުޖެހޭނެ. އެ މުދައްރިސުން ނައިސް ފިއްޔާ ޖެހޭނީ މާކު ނުކޮށް ބަހައްޓަން. އަގު ކުޑަކަމުން ތަޖުރިބާހުރި މާކަރުން މިހާރު އަންނަލެއް ވަރަށް މަދު. ތަޖުރިބާއެއް ނެތް މާކަރުން މާކު ކުރުމުގެ ސަބަބުން އެތައް ދަރިވަރުންނެއްގެ ޙައްޤުތަައް ގެއްލޭ.. އެކަން ރީމާކިންގ އަށް ބަލާލީމާ އެނގޭނެ.
ހެހެ
03 December 2018
އެހެންވީމައެއްނު އެ ދިޔައީ... ދެންކާކުބާ މާކު ކުރާނީ...? ޓީޗަރުން އެދޭ ގޮތް ހަދައިދިނުން ބުއްދިވެރީ..
ފަޔާ
03 December 2018
ތިމާއަށް އެކަމެއްގެ ޢިލްމެއް ނެތްޖަންކަމަށް ފާޑުކިޔުމަކީ ވަރަށް ހުތުރު ކަމެއްކަމުގައި ދަންނަވަން
އަހުމަދު2424
03 December 2018
އަޅުގަނޑުމެން އަތުން އެއްހާހެއްހާރުފިޔާ ސަބްޖެކްޓަކައް ނަގާއިރު އަޅުގަނޑު ހީކުރީ އެގްޒަމިނަރުންނައްކަމައް ބޮޑުއެއްޗެއްދެނީ.. ފަންނީ ރަނގަޅު މީހުންނައް ރަނގަޅު އުޖޫރަދީގެން އެކްރެކްޓުކުރެވޭނީ...
ސާދާސީދާ
03 December 2018
މަހަކު 15000 ރުފިޔާ ލިބޭ މީހަކަށް ވެސް ގަޑިއިރަކަށް އެޖެހެނީ 80 ރުފިޔާ. އެންމެ 2 ޕޭޕަރު މާރކްކޮށްގެން އެވަރު ލިބޭ! ދަހިވިޔަސް ބޮޑުވަރު!
ހަސަންފުޅު
03 December 2018
އެ އަގަށް މާކު ކުރަން އަންނަން ވީނުން..
ސަމޫ
03 December 2018
ޗުއްޓީ ގުރުބާން ކޮށްފާ 40 ރ އަށް މިޒަމާނުގައި ކުރާވަރު ކަމެއް ނޫންތީ. އަގު ދަށްވީމަ، މިހާރު ތިކަމަށް ކުރިމަތިލާ ޓީޗަރުންގެ އަދަދު މިހާރު އެހާ ދަށީވެސް. އެޕްލައިކުރި މީހުން މަދުވެގެން އެޕްލައި ނުކުރާ މުދައްިސުންނަށްވެސް ގުޅައިގެން ވޯކްޝޮޕަށް ދާން ދައުވަތުވެސްދިން މިއަހަރު. މަށަށްވެސް ގުޅި ދެދުވަހު. މަބުނީ މަނުލަމޭ އެޕްލިކޭޝަމެއް. ނުލާނެއެއްނު. ތިއަގަށް ތިމަސައްކަތް ކުުރުމަށްވުރެއް ޗުއްޓީ މާމުހިއްމު.
ޢަހަންމާ
03 December 2018
ދެން ލަލާ. ދެން ވާނެ އެއްކަމެއް ވެސް ނޯންނާނެ. ޥެރިންގެ އަންބޮޑި ބޮޑު ކުރާނި. ޢަދިވެސް ލާދީނީ ބަޔަކަށް ވޯޓުލާ. އެއްފަހަރު ކަލޭމެނަށް އަނިޔާ ދިނީމަވެސް ހޭނަރަނީ. މިފަހަރު ލައްކަ މޮޅު ކާންވާނެ ކަލޭމެން. ދޭ އިބޫޔާ އެކު ސެލްފީ ނަގަން.
ުމުދިބެ
03 December 2018
ހެލޯ. މިދިޔަ 5 އަހަރު އޮތީ ތިބުނާ "ދީނީ ގައުމީ" ވެރިކަން. އެވަރަށް ޓީޗަރުން އެދުނު އިރުވެސް ކީއްވެބާ އެ ސަރުކާރުން މުސާރަ ބޮޑުކޮށްނުދިނީ. ކާކުގެ އަންބޮނޑި އަކަށްބާ އެެބައިވަނީ؟
ޕޮކަނޑި މޭންގެ އަންހެނުން
04 December 2018
އަހަންމާ އަށް. ވަރަށް ވެދުން. https://mihaaru.com/news/46574
މަވަރު
03 December 2018
މީވާބައެއް ދޯ. ތަންތަނަށް އަރާފަ އަދި ޕޯސްޓުތައްކޮށްފަ ހުންނާނެ ތިމަންމެން އުޅެނީ ލިއްލާހިއަށްޓަކައޭ ފައިސާއަކަށް ނޫނޭ ކިޔާފަ. އެކަމަކު އެހެން ބަޔަކު މުސާރަ ކުޑައޭ ކިޔާފަ އެއްޗެކޭ ބުންޏަސް އެކަމަކަށް ބޯގަޅާނެ. މަމެން ވަރެއްނެތޭ، ގައުމުގެ ރައީސްއަށްވުރެން ބޮޑު މުސާރަ މަމެންނަށް ހައްގޭ ކިޔާފަ. -/60ވެސް ކުޑަވާނެ ކަލޭމެންނަށް. ޕޭޕަރަކަށް މަދުވެގެން -/100 ހެދީމަ ނޫނީ މައިތިރިނުވާތި. އެއަށްވުރެން ބައި ރުފިޔާ ކުޑަވިޔަސް ކަލޭމެންގެ އަގުވެއްޓުނީ އެގެން.
ޤާދިރު
03 December 2018
މަވަރު ނެތިގެން އުޅޭނެ ކަމެއްނެތް. 40 ރުފިޔާއަށް އައިސް މާކުކޮށްލާ..