ޑައިވިން އަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ

ފުޅި އަޅައިގެން ޑައިވް ކުރަން ދިޔަ ރަޝިޔާގެ ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.


ފުލުހުން ބުނީ މަރުވެފައި ވަނީ އުމުރުން 40 އަހަރުގެ ރަޝިޔާ އަންހެނެއް ކަމަށެވެ. އޭނާ ޑައިވް ކުރަން ފޭބީ ސަފާރީއަކުން ކަމަށް ފުލުހުން ބުންޏެވެ.

ޑައިވް ކުރަން ގޮސް އުޅުނު މީހަކު މަރުވެފައި މި ވަނީ މިއަދު ކ. ތުލުސްދޫގައި މީހަކު ގެނބިގެން އޭނާއަށް ފަރުވާން ދޭންޖެހިފައި ވަނިކޮށެވެ.

ހަނީމޫނަށް ރާއްޖެ އައި ފިލިޕީންސްގެ ދެމަފިރިއަކު ވަނީ މި މަހުގެ 13 ގައި މަރުވެފަ އެވެ. އެ ދެމަފިރިން މަރުވީ މޫދަށް އެރި އުޅެނިކޮށް އެއްފަހަރާ ގެނބިގެންނެވެ.

އޭގެ ފަހުން، ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ހިނގި ދެ ހާދިސާއެއްގައި ދެ ޓޫރިސްޓަކު ވެސް ވަނީ މޫދުގައި ގެނބިގެން މަރުވެފަ އެވެ.