މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ހުސްވެފައިވާ މެމްބަރު ކަމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ މެމްބަރު ކަމަށް މިއަދު އައްޔަން ކުރެއްވީ މއ. ގޯލްޑަންމޫން އަހުމަދު ނާޝިދެވެ. އޭނާއަކީ ކުރިން ސިފައިންގެ އާއި ފުލުހުންގެ އިދާރާގައި ވެސް މަސައްްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. މަރާލާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ އެންމެ އިސްވެރިޔާގެ ދައުރު ވެސް އޭނާ ކުރިން އަދާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ކުށްތައް ތަހުގީގު ކުރުމުގެ ދާއިރާއިން ރާއްޖެއިން ބޭރުން ނާޝިދު ތަމްރީނުތައް ހާސިލް ކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނަށް ނާޝިދު އައްޔަން ކުރެއްވީ އެ ކޮމިޝަންގެ މެމްބަރަކަށް ކުރިން ހުންނެވި އަބްދުﷲ މުނާޒް އެ މަގާމުން އިސްތިއުފާ ދެއްވުމުން އެ ކޮމިޝަނުން މަގާމެއް ހުސްވެފައިވާތީ އެވެ. މުނާޒް މިހާރު ހުންނެވީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުގަ އެވެ.