އައްޑޫގައި ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނުގައި އިސްތިރި އަކުން ޖެހުނު މައްސަލައެއް ބަލަނީ

އައްޑޫގައި ކުޑަ އަންހެން ކުއްޖެއްގެ ޖިންސީ ގުނަވަނުގައި އިސްތިރިން ޖެހުނީ މީހެއްގެ އިހުމާލުން ކަމަށް ވާތީ، އެ މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.


އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިިރެކްޓަރު އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ އުމުރުން ފަސް އަހަރުގެ އެ ކުއްޖާގެ ޖިންސީ ގުނަވަނުގައި އިސްތިރިން ޖެހުމަކީ އިހުމާލެއް ކަމަށެވެ. އެހެންވެ، އިހުމާލު ވި މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ޖެންޑާ މިނިސްޓްރީން އަދި ނުދެ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ އަށް މީގެ ތިން ދުވަސް ކުރިން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނެވެ. އަދި ފަރުވާ އަށް ފަހު ހަމަ އެރޭ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.