އެމްއާރުއެމްގެ ކެމްޕެއިން ސްޕޯކްސްޕާސަނަކަށް ތަޒްމީލް ހަމަޖައްސައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްޕޯކްސްޕާސަނަކަށް ތަޒްމީލް އަބްދުއްސަމަދު ހަމަޖައްސައިފި އެވެ.


އޭނާ އަކީ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ މަހު އައްޔަން ކުރެއްވި ބޭފުޅެކެވެ.

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި އެމްއާރުއެމްގެ ފަރާތުން ބައެއް ދާއިރާތަކަށް ކެންޑިޑޭޓުން ނެރެން ވަނީ ނިންމައިފަ އެވެ.

އެމްއާރުއެމުން މިއަދު ކުރި ޓްވީޓެއް ގައި ވަނީ އެ މޫވްމަންޓުން އާންމު އިންތިޚާބުގެ ސްކޯޕްސް ޕާސަނަކަށް ތަޒްމީލު ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެމްއާރުއެމްގެ ކެމްޕެއިން މެނޭޖަރަކަށް މުހައްމަދު ފައިސަލް އަދި އެސިސްޓެންޓް މެނޭޖަރަކަށް މުހައްމަދު ރާއިދު ހަމަޖައްސާފައިވާ ކަަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.

ފައިސަލް އަކީ ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބަސެޑަރެވެ. ރާއިދަކީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރެވެ.

އެމްއާރުއެމްގެ ޓްވީޓް

އެމްއާރުއެމް އިން މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓުން ނެރޭއިރު، މައުމޫންގެ ފަރާތުން މިހާރު ވަނީ އެމްއާރުއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.