އދ. މާމިގިލީގައި މިއަދު ރަށުޕިކަޕެއްގައި ރޯވެ ބިދޭސީއެއްގެ ފައި ފިހިއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި އެ ބިދޭސީ މީހާ އަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އޭނާގެ ހާލު ރަނގަޅެވެ.
ރޯވި ޕިކަޕު ބޭނުން ކުރަމުން ދިޔައީ އެ ރަށުގައި މަދިރި ކޮންޓްރޯލް ކުރުމަށް ބޭސް ޖެހުމަށްޓަކައި ޑީސަލާއި ޕެޓްރޯލާ އެކު ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިއަދު ހަވީރު ހިނގި އެ އަލިފާނުގެ ހާދިސާގައި ޕިކަޕުގައި ރޯވިތާ ގިނަ އިރުތަކެއް ނުވަނީސް ނިއްވާލެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.