ޝައިމް ގެއްލުނު މައްސަލައިގެ މައުލޫމާތު ކެބިނެޓާ ހިއްސާކޮށްފި

ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲއާ ގުޅޭ މައުލޫމާތު ކެބިނެޓާ މިއަދު ހިއްސާކޮށްފި އެވެ.


ރައީީސް އޮފީހުން ބުނީ މިދިޔަ އަންގާރަ ދުވަހު ގެއްލުނު 14 އަހަރުގެ ކުއްޖައާ ގުޅޭ މައުލޫމާތު، ކެބިނެޓުން ބޭއްވި ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައިވާ ކަމަށެެވެ.

ޝައިމް ހޯދަން މިހާތަނަށް ފުލުހުން ވަނީ ތިން ގެއެއް ބަލައި ފާސްކޮށްފަ އެވެ. އަދި ސީސީޓީވީ ފުޓޭޖު ބަލައިގެން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާ ގެއްލުނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ކަމަށް ޖެންޑާއިން ފުރަތަމަ އެއްބަހެއް ނުވި އެވެ. އެކަމަކު މީޑިއާގެ ފިއްތުންތަކާ ހެދި ފަހުން ބުނީ އެ ކުއްޖާ ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "އަމާން"ގެ ކޮމްޕައުންޑުގެ ތެރެއިން ކަމަށެވެ. އެއީ ކުށުގެ ވެށިން ގެނައި ކުއްޖަކަށް ވާތީ، ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އެސެސްމަންޓުތައް ހަދަން ކަމަށާއި އެއީ ހިޔާގެ ދަފްތަރުގައި އޮތް ކުއްޖެއް ނޫން ކަމަށް ބުންޏެވެ.