ޚަބަރު / ކުދި ވިޔަފާރި

އެސްޑީއެފްސީގެ މާލީ ގާބިލްކަން އިތުރު ކުރަން ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯނު އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ބީއެމްއެލް އިން ވަނީ ނިންމާފައި.

އެސްޑީއެފްސީ އޮފީސް: އެ ކޯޕަރޭޝަންގެ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލުމުން ލޯނު ދޫކުރުން ހަރުދަނާ ވާނެ ކަމަށް ރައީސް އޮފީހުން ބުނި.

20 ޖުލައި 2025 - 21:55

30 comments

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން މިރޭ ބުނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއް ނެތި ލޯނު ދޫކުރަން ސަރުކާރުން ބޭނުންވާއިރު، އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލް އަށް ވިއްކައިލުމުން އެ ކޯޕަރޭޝަންގެ މާލީ ގާބިލްކަން އިތުރުވެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއް ނެތި އަބަދުވެސް ލޯނު ލިބެމުން ދާނެ ކަމަށެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ރާއްޖޭގެ ގައުމީ ބޭންކު، ބީއެމްއެލް އަށް ވިއްކާލަން ނިންމީ އެ ކަމުގެ ޝައުގުވެރިކަން ފާޅުކޮށް، ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެންނެވެ. ބީއެމްއެލްގެ ޕްރޮޕޯސަލާ އެކު ކުރިއަށް ދާން ކެބިނެޓުން ނިންމީ އެ ފިޔަވަޅުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާ މެދު ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ދިރާސާ ކަރުދާހަށް ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، އެސްޑީއެފްސީ ގަތުމަށް ފަހު، ބީއެމްއެލް އިން އެ ކޯޕަރޭޝަން ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި ކަމަށެވެ.

"އެސްޑީއެފްސީ ގަތުމަށް ފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށް ވެސް ވަނީ ނިންމަވާފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

ރައީސް އޮފީހުން ބުނީ، އެސްޑީއެފްސީ ގަތުމަށް ފަހު، ބީއެމްއެލް އިން އެ ކޯޕަރޭޝަން ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި ކަމަށެވެ.

"އަދި ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގެ ނިޒާމުގެ ތެރެއިންނެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

ކެބިނެޓުގެ ނިންމުމާ ގުޅޭ މުހިންމު ބައިތައް:

- ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯނު އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރާނެ.

- ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރާނެ.

- ބީއެމްއެލް އިން އެސްޑީއެފްސީ ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި.

- އިންޓްރެސްޓް ރޭޓުތަކަށް ބަދަލެއް ނާންނާނެ.

- ބީއެމްއެލްގެ ނެޓްވޯކް މެދުވެރިކޮށް މުޅިރާއްޖެ އަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގެ ހިދުމަތް ފުޅާކުރާނެ.

- އެސްޑީއެފްސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓް ކުރުމުން، މެނުއަލް މަސައްކަތްތައް މަދުވެ، ލޯނުތައް ޕްރޮސެސްކުރުން އަވަސްވާނެ ކަމަށް ރައީސް އޮފީހުން ބުނި.

- ބީއެމްއެލްއަކީ ޕަބްލިކް ކުންފުންޏަކަށް ވާތީ، އެ ކުންފުނީގެ ދަށުން އެސްޑީއެފްސީގެ ގަވަނަންސް ވެސް ހަރުދަނާވެ، ރޭވުމާއި ހިންގުމާއި ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތައް ވެސް ހަރުދަނާ ވާނެ ކަމަށް ސަރުކާރުން ބުނި.

ރައީސް އޮފީހުން ބުނީ، ބީއެމްއެލްގެ ދަށުން އެސްޑީއެފްސީން ކުދި އަދި މެދުފަންތީގެ ލޯނުތައް ދޫކުރަމުން ގެންދާނީ މިހާރުގެ ވެސް އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑު ނުވާ ގޮތަށް ކަމަށެވެ. މާލީ މުއާމަލާތްތައް ވެސް ބައްޓަން ކުރާނީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރު ކުރެވޭނެ ގޮތަށް ކަމަށް އެ އޮފީހުން ބުންޏެވެ.

އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތަކުގެ 36 ޕަސެންޓު ފައިސާ އަނބުރާ ނުލިބޭ

އެސްޑީއެފްސީން މިދިޔަ ހަފުތާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ނިޔަލަށް 1.7 ބިލިއަން ރުފިޔާ ލޯނު ދޫކޮށްފައިވާއިރު އޭގެ ތެރެއިން މިހާތަނަށް 36.29 ޕަސެންޓު ފައިސާ ނުލިބި އެބަހުރި ކަމަށެވެ.

އެކަމަކު، މިދިޔަ އަހަރުން ފެށިގެން އަނބުރާ ދައްކާ ވަރު އިތުރު ކަމަށް އެ ކޯޕަރޭޝަނުން "މިހާރު" އަށް ބުނެފައި ވެ އެވެ.

މިހާރު" އިން ކުރި ސުވާލުތަކެއްގެ ޖަވާބުގައި އެސްޑީއެފްސީން ބުނީ، ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދައްކާ މިންވަރު 2023 ވަނަ އަހަރާ ބަލާއިރު 24 ޕަސެންޓު އިތުރު ވެފައިވާ ކަމަށެވެ.

އެކަމަކު، މާލީ ހާލަތު ދަށް ވެފައިވާތީ ފަހަކަށް އައިސް ލޯނު ދޫކުރެވޭ އަދަދު މަދު ކަމަށް އެނގިފައި ވެ އެވެ.

30 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 35%
icon wow icon wow 12%
icon inlove icon inlove 53%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޮނުއަނގަ

21 July 2025

ދެން އެޗްޑީސީ ބމލ އަށް ވިއްކާލާނީ ކޮންދުވަހަކުން. ނުލިބިހުރި ފައިސާތައް ހޯދަން މިގޮތްވެސް ހަމަ ރަނގަޅުވާނެނު.

The name is already taken The name is available. Register?

މައްކުބޭގެ ކޮއްކޮ

21 July 2025

ބޭންކެއްވެސް ނޫން އެއީ. ފައިސާ އަނބުރާ ހޯދަން ގުޅަންޏާ އުނދަގޫ ވާނެ ކޮންމެ މީހަކަށް ވެސް.

The name is already taken The name is available. Register?

ލކލކލ

21 July 2025

ބީއެމްއެލް ގެ ކޮންމެ މުވައްޒަފަކަށް 7 މިލިއަން ރުފިޔާގެ ލޯނު ނެގޭ. އިންޓެރެސްޓް ޕަސެންޓް އިންތިހާއަށް ކުޑަ. ބީއެމްއެލްގެ މުވައްޒަފެއް ނަމަ ނުޖެހޭ އިކުއިޓީ ދައްކާކަށް. އާންމުންގެ މީހެއްނަމަ ލައްކައެއް ހަމަނުވާ ފައިސާ ކޮޅެއްވެސް ހޯދަން ފަސް ހަ މަހު ހިނގަންޖެހޭ. އެންމެފަހުން ހެދި ހިސާބު ގޯސްވެގެން އެވެސް ރިޖެކްޓްވަނީ. އަދުލު އިންސާފަކީ ހަމައެކަނި ކޯޓުތަކުން ހޯދޭނެ އެއްޗެއްނޫން. ގައުމުގެ ހުރިހާ މުއައްސަސާއެއް އޮތީ ކޮރަޕްޓްވެ ހަލާކުވެފަ.

The name is already taken The name is available. Register?

1234ހ

21 July 2025

ފައިދާ ނޫން އެއްޗެއް އޮންނަތަނެއް ނޫން ބޭންކް ތަކަކީ. އެތަނަށް ގެއްލުން މަނާ. އެކަމަކު ވިޔަފާރިއަކަށްވާނެތަ ގެއްލުމާ ފައިދާ އޭގައި ނުހިމެނޭ ކަމެއްގަ؟ ބޭންކުން ފައިސާ ނަގައިގެން ކުރާ ވިޔަފާރި ހަލާލުވާނެތަ؟

The name is already taken The name is available. Register?

ފފފފފފ

21 July 2025

ބޭންކަކީ ފައިނޭންޝަލް އިންސްޓިޓިއުޝަނެއް ނޫން. ބޭންކަކީ، އެސެޓް މެނޭޖްމަންޓް ތަނެއް. އެތަނަކީ ފައިސާ އޯން ކުރާ ފައިސާ ދޭ ތަނެއްގެ ގޮތުގައި ބަލައިގެން އެތަނުގައި ފައިސާ ރައްކާކުރާ މީހުންގެ ފައިސާ ހުއްދަ ނެތި ނަގައިގެން އެތަނުގެ ހިންގާ މީހުން އަމިއްލައަށް ބޭނުން ބަޔަކަށް ދީގެން އެކުރާ ވިޔަފާރިއަކީ ހުއްދަ ވިޔަފާރިއަކަށް ވާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ.

The name is already taken The name is available. Register?

ހުސެން ސައިދު

21 July 2025

ޑޮލަރު މަދުވެގެން އުޅޭ އިރު ސާކިއުލޭސަނަށް އިތުރަށް ފައިސާ ނެރޭނެ ގޮތް ހެދީމަ ހަމަ ރޭޓް މަތިވެ އިމްޕޯޓް އިތުރު ވާނީ.

The name is already taken The name is available. Register?

ފފފފފ

21 July 2025

އިސްލާމީ ފައިނޭންސްއަކީ ދެފަރާތަށް ފައިދާއާ ގެއްލުން ހިމެނޭ ނިޒާމެއް. އެކަމަކު ބީއެމްއެލްއާއި އެމްއައިބީއާ އަދިވެސް "އިސްލާމިކް" ޖަހައިގެން ހިންގާ ފައިނޭންސް އިންސްޓިޓިއުޝަންތަކަކީ، ބޭންކަށް ގެއްލުން ނުވާގޮތަށް ލޯނު ނަގާ މީހާއަށް ގެއްލުން ނުވަތަ ފައިދާ ހިމެނޭ ގޮތަށް އިންތިޒާމް ކުރެވިފައިވާ ނިޒާމެއް. ކޮންވެންޝަނަލް ފައިނޭންސާ ތަފާތު ތަންކޮޅަކީ ނަމުގަ އިސްލާމިކް ޖެހުން.

The name is already taken The name is available. Register?

ބިންބި ސަހަރު

21 July 2025

އިންޓަރެސްޓް ރޭޓްތަކަށް ބަދަލު ނުގެނެސް އިސްލާމީ ޝަރީޢާ އުސޫލުން ބެންކު ހިންގަނީ ކިހިނެއްތޯ، އަނެއްކާ ތިޔަ ބޭންކެއް ހެދީމަ އިސްލާމީ ޝަރީޢަތުގައި އިންޓަރެސްޓް ހުއްދަވަނީތޯ،

The name is already taken The name is available. Register?

މައްކުބޭ

21 July 2025

ވަރަށް އުނދަގޫ ބޭންކެއް. ފަސޭހައަށްވުރެ އުނދަގޫ ބޮޑު ބޭންކެއް، ވަގުތުން ވަގުތަށް ހިއްޓަލުން މާ ބުއްދިވެރި، ތި ބޭންކް ބީއެމްއެލް އަށް ބަދަލުކޮށް ތި ބޭންކް ގެ ކަލްޗަރ އެއްކޮށް ބަދަލުކުރަންޖެހޭ

The name is already taken The name is available. Register?

މުހައްމަދު މަނިކު

21 July 2025

ކަންކަން ކުރަން އިނގޭ ފަރާތްތަކުން އައިސް ނަތީޖާ ނެރެމުން މިދަނީ. މި ތަފާތު ހުރިހާ ވެރިން ދައްކާ ނަމަ ހަމަ ގައިމުވެސް ގައުމަށް ނުހަނު ބޮޑު ފައިދާ އެއް ވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454