ބީއެމްއެލް އިން ބުނީ އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތް މިހާރު ފަށާފައިވާ ކަމަށް.
އެމްއެމްއޭ އިން ބުނީ، އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ބީއެމްލް އިން ގަތުމުގެ މުއާމަލާތް ހިންގާ ގޮތް ބަލާފައިވާ ކަމަށް.
23 ޖުލައި 2025 - 16:45
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތްތައް ބީއެމްއެލް އިން ހިންގަނީ ކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވާ ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އެހެން ބުނީ، އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތް ބީއެމްއެލް އިން ކުރިއަށް ގެންދަނީ ރާއްޖޭގެ ބޭންކިން ގާނޫނާ ހިލާފަށް ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެންނެވެ. އެމްއެމްއޭ އިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
"ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމަށް ހުށަހަޅާ މުއާމަލާތާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް މި އޮތޯރިޓީގެ އާއްމު އުސޫލުތަކާ އެއްގޮތަށް މި މުއާމަލާތް ހިންގުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކަށް އެ ބޭންކުން އަމަލުކުރިތޯ ވަނީ ބަލައިފަ އެވެ،" އެމްއެމްއޭގެ ބަޔާނުގައި ވެ އެވެ.
"އަދި ބީއެމްއެލް އިން މި އޮތޯރީޓި އަށް ހިއްސާ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ވިޔަފާރީގެ މުއާމަލާތުގެ ހުރިހާ ކަމެއް ވެސް ކުރިޔަށް ގެންދާނީ ކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބީއެމްއެލް އިން ވަނީ މި އޮތޯރިޓީ އަށް ޔަގީންކަން ދީފަ އެވެ."
ބީއެމްއެލް އިން ވެސް މިއަދު ބުނީ، އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާއައަތްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.
"ބޭންކުން މިހާރު މި ވަނީ މި މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފަ އެވެ،" ބީއެމްއެލް އިން ބުންޏެވެ.
އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ގަންނަން ހުށަހެޅީ ބީއެމްއެލް އިން ކަމަށް އެ ބޭންކުން ބުންޏެވެ. އެ ހުށަހެޅުމަށް ބަލައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ކެބިނެޓުން ވަނީ މިދިޔަ އާދިއްޔަ ދުވަހު ނިންމައިފި އެވެ.
"އެސްޑީއެފްސީ ގަތުމަށް ފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށް ވެސް ވަނީ ނިންމަވާފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދައްޔުބެ
24 July 2025
ސަރުކާރަށް ފައިސާ ފޮއްޗެއް ލިބޭނެ ހަމަ އެއްވެސް ގޮތެއް ނެތިގެން މިކަހަލަ ކަންކަން މި ކުރަނީ. އެސް.ޑީ.އެފް،ސީގެ ސަރުކާރު ހިއްސާ ބީ.އެމް.އެލްއަށް ވިއްކާލި އަގުވެސް އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ސިއްރެއްތޯ. ނޫނީ ހިބަކޮށް ދިނީތޯ. ހަމައެކަނި ފާހަގަކުރި ކަމަކީ އެސް.ޑީ.އެފް.ސީއިން ކުރިޔަށް އޮތްތާ ދޭނެ ލޯނުގެ އަންދާޒާއެއް.
ޣާއިބް
24 July 2025
އޯކޭ. ގާނޫނާ އެއްގޮތަށޯ ގަތީ. މިވަރު ނިންމުމެއް ނިންމާއިރު ހިއްސާދާރުންނަށް އެނގޭކަށް ނުޖެހޭތޯ؟ މިއީ މިއަހަރު އޭ.ޖީ.އެމްގަވެސް ފާހަގަކޮށްފައިވާ ކަމެއް ނޫން. ބޭންކްގެ %49 އަކީ އާއްމު ހިއްސާދާރުން. ބޭންކުގެ އާޓިކަލް އޮފް އެސޯސިއޭޝަންގަ އެކުއިޒިޝަން އަދީ މާރޖާސްގެ ތަފްސީލު އޮތީ ކިހިނެއްކަމެއް ސާފެއްނޫން. އެކަމުވެސް ތަހުޒީބު މުޖުތަމައުތަކުގައި މިވަރު ކަންކަން ކުރަނީ ހިއްސާދާރުންނާ މިފަދަ މައުލޫމާތު ކުރީބައިގަ ހާމަކޮށް ދެފުށްފެންނަ ގޮތަށް.
މިސްޓަރ ވާން
24 July 2025
ދެން ކުރީން އާއްމުންނަށް އޮތް އުއްމީދުވެސް ތި ގެއްލުނީ................. ބީ އެމް އެލް އިން ނިކަމެތީން ނަށް ލޯނުނު ނުދޭތީ އުފެއްދި ތަނެއް އެސްޑީއެފއސީ އަކީ........ އެތަން ސަރުކާރުން ވިއްކާލީމަ މީ ރއްޔިތުންގެ ހާލަތާއި މެދު ވިސްނާ ސަތުކާރަކަށް ނުވޭ.......
އަފްރާސިޔާބު
23 July 2025
އެއްވެސް މައްސަލައެއްނެތް. ގަނެލާ. އަދި އެގަތުމަކީ ބޭންކުން ނަގާލޯނެއްގެ ގޮތުގައި ފިނޭންސްގައި ނޯޓްކޮށްލާ.
ސަރީފާޢްތަ
23 July 2025
މޮނޮޕޮލިސްޓިކް ޓެންޑެންސީ އެއް ހެދި ބީއެމްއެލް އިން ދޭ އިސްލާމިކް ބޭންކިގ ފެ ފޯކަސްގެއްލި އިންޓްރެސްޓް މައްޗަށް ގޮސް ސީއެފްޑީސީ އިން ސްމޯލްއެންޑް މީޑިއަމް އެންޓަރޕރައިސަސްއަށް ދޫކުރާ ލޯނު ހޯދަން ދަތިވާނީ.
ސަސި
23 July 2025
ސަރުކާރުން ބޭނުންވެގެން ކުރާ ކަމަކުން މައްސަލައެއް ފެނުން ވެސް އެއީ މައްސަލައެއްދޯ