މިދިޔަހ
ދެހާސް ތޭވީސް ވަނަ އަހަރާ ބަލާއިރު ލޯނު އަނބުރާ ދައްކާ އަދަދު މިދިޔަ އަހަރު 24 ޕަސެންޓު އިތުރުވެފައިވާ ކަމަށް އެސްޑީއެފްސީން ބުނޭ.---ފައިލް ފޮޓޯ: މިހާރު
11 ޖުލައި 2025 - 10:13
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިދިޔަ އަހަރުގެ ނިޔަލަށް 1.7 ބިލިއަން ރުފިޔާ ލޯނު ދޫކޮށްފައިވާއިރު އޭގެ ތެރެއިން މިހާތަނަށް 36.29 ޕަސެންޓު ފައިސާ ލިބިފައި ނުވި ނަމަވެސް މިދިޔަ އަހަރުން ފެށިގެން އަނބުރާ ދައްކާ ވަރު އިތުރު ކަމަށް އެ ކޯޕަރޭޝަނުން އިއްޔެ ބުނެފި އެވެ.
"މިހާރު" އިން ކުރި ސުވާލުތަކެއްގެ ޖަވާބުގައި އެސްޑީއެފްސީން ބުނީ، ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދައްކާ މިންވަރު 2023 ވަނަ އަހަރާ ބަލާއިރު 24 ޕަސެންޓު އިތުރު ވެފައިވާ ކަމަށެވެ.
"މި ކުރިއެރުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަ ކޮށްލަނީ ކޯޕަރޭޝަންގެ ރިކަވަރީ މަސައްކަތްތައް އިތުރު ވުމާއި ނޮން ޕާފޯމިން ކަސްޓަމާ ގްރޫޕްތަކަށް ޕޭމަންޓް ޕްލޭންތައް ފޯރުކޮށްދިނުމެވެ،" ލިޔުމުން ދިން ޖަވާބުގައި އެސްޑީއެފްސީން ބުންޏެވެ.
ލޯނުތަކުގެ ފައިސާ އަނބުރާ ހޯދުމުގައި ދިމާވާ ދަތިތަކަކީ އެސްޑީއެފްސީން ބުނިގޮތުގައި، ނުރަސްމީ ދާއިރާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާލީ ހޭލުންތެރިކަން ދަށްވުމެވެ. އެހެންވެ، ކަސްޓަމަރުންނަށް ހާއްސަ ފައިނޭންޝަލް ލިޓްރޭސީ ޕްރޮގްރާމްތަކާއި މައުލޫމާތު ސެޝަންތައް މިހާރު ބާއްވަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ލޯނުތަކުގެ ފައިސާ އަނބުރާ ހޯދުމުގައި ދިމާވާ އިތުރު ދަތިތަކުގެ ގޮތުގައި އެސްޑީއެފްސީން ފާހަގަކުރީ:
• އިގުތިސާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމުގައި ވުން.
• ޖިއޮގްރަފިކަލީ ރާއްޖެ އުފެދިފައިވާ ގޮތުން މަޝްރޫއުތައް ނިންމުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން ޕްރޮޖެކްޓްތައް ނިންމުމުގެ މުއްދަތު އިތުވުމާއި ޕްރޮޖެކްޓުން ފޯކާސްޓް ކުރާ އާމްދަނީ ނުލިބުން.
• ކަސްޓަމަރުން އެކި ބޭންކުތަކުގައި ވިޔަފާރީގެ އާމްދަނީ ބެހެއްޓުމުގެ ސަބަބުން ފައިސާ އަނބުރާ ހޯދުމުގައި ދަތިތަކާ ކުރިމަތިވުން.
އެސްޑީއެފްސީން ބުނީ، ލޯނު ފައިސާ އަނބުރާ ދެއްކުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް، ޕްރޮޖެކްޓް ނިންމުމުގައި ހުރި ގޮންޖެހުންތަކަށް ލުއި ދިނުމަށްޓަކައި އިތުރު ކަންކަން އެ ކޯޕަރޭޝަނުން ފަހިކޮށްދޭ ކަމަށެވެ. އޭގެ ތެރޭގައި ލޯނު ރީޝެޑިއުލް ކޮށްދިނުމާއި ގްރޭސް ޕީރިއަޑް އިތުރު ކޮށްދިނުން ފަދަ ހައްލުތައް ހިމެނެ އެވެ.
އެސްޑީއެފްސީން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް އެންމެ ގިނަ ލޯނު ދޫކޮށްފައި ވަނީ ރީޓެއިލް ވިޔަފާރިތަކަށެވެ. އެއީ 699 ފެސިލިޓީ އަށް ޖުމްލަ 205.9 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ގިނައިން ލޯނު ދޫކުރީ ގެސްޓް ހައުސް ވިޔަފާރިތަކަށެވެ. އެއީ 677 ފެސިލިޓީ އަށް 403.88 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނަނ
12 July 2025
ތިލޯނުނެގި ގިނަމީހުން ލޯނު ނުދައްކާ އެއީ ގިނަ މީހުން އެދޭ އަދަދަށް ލޯނު ނުދިނުމުގެ ސަބަބުން ދޭމަދުއެތިކޮޅުން ވިޔަފާރި އިތުރަށް ހަލާކުވެ ދަރަނިވެރިވަމުން ދަނީ
ނަޖީލާ
12 July 2025
ބައެއް މީހުންގެ ވިސްނުން ހުންނަ ގޮތުން ވާ ގޮތްދޯ. ލޯނު ނަގާ އިރު ހީވަނީ ކަންނޭންގެ ސަރުކާރުން ދޭ އެއްޗެއް އަނބުރާ ދައްކާކަށް ނުޖެހޭނެ އޭ. އަސްލު އެނގެން ފެށިމާ އަނބުރާ ދެއްކުން އިތުރު ވަނީ. މަގޭ ދެ ރައްޓެއްސެއް ވެސް ނެގި ކޮވިޑް ލޯނު ނުދައްކާ އޮވެގެން ލުއި ލޯނާ އުޖާލާ ނުލިބުނީމަ ވިސްނުނީ. ދައުލަތުގެ ފައިސާ އަނބުރާ އެއްވެސް ވަރަކަށް ހޯދަން މަސައްކަތް ކުރާ ބައެއް ނުދެކެން އެސްޑީއެފްސީ ނުނިއްޔާ. އަދި އިސްލާމިކް އުސޫލުން ދޭނަމަ މާ ފުރިހަމަ ވީސް.
އަނީ
11 July 2025
ގިނަ ފަހަރަށް ލޯނުވެސް ދެނީ ސިޔާސީ މީހެއް މެދުވެރިވެގެން.. ދެން ވާނީ ތިހެން.
އަބްޑޫޅް +
11 July 2025
ޙޫމް. މިއީ ވ ގެ ހެކި.
ސުމެއްގެ ރިޕޯޓެއް
11 July 2025
ދޮގާ ތެދު ރިޕޯަޓެއްގައި މިކްސްވެފަ ވާނަމަ އެރިޕޯޓަކީ ސައްޙަ އެއްޗަކަށް ނުވާނެ. އެ ރިޕޯޓު ވާނީ ދިރަަސާ ކުރި މީހާގެ ފިކުރަށް ވަކިކަމެއް ވަކިގޮތަކަށް ދެއްކުމަށް އެކަނި ނެރޭ ރިޕޯޓަކަށް ވާނީ. މިސާލަކަށް އިގްތިސޯދީ ހާލަތު ގޯސްވެ ކުދި މެދު ފަންތިން 36 ޕަސެންޓް ފައިސާ ނުދެއްކި ނުހޯދި ހުންނާނީ ލޯނު ރީސްޓްރަކްޗަރ ކޮށްދިނުމުގައި އެފަރާތްތަކަށް ފުރުސަތު ނުދެވޭތީވެ. 100 މުސްލިމް ގައުމެއްގައި ލޯނު ނުދައްކާ ގަސްތުގައި މީހަކު ނުހުންނާނެ. ރިބާ އަށް ހައްލެއް ނެތް.
ޝާރިއު
12 July 2025
ލޮލް. އެހެންވެތޯ އެމް.އައި.ބީގެ އިސްލާމިކް ލޯނުތައްވެސް ނުދައްކާ މީހުން ގިނައީ. މުސްލިމް ޤައުމަކަސް ނުދައްކާ މީހަކު ނުދައްކާނެ. ވިޔަފާރި ކުރަން ފައިސާ ނަގާފަ އަމިއްލަ ބޭނުން ކުރީމާ ދައްކާނީވެސް ކިހިނެއް.
ރަޝީމާ
11 July 2025
އެސްޑީއެފްސީ ހިންގަނީ ކިހިނެތްބާ؟ 36 ޕަސަންޓްއަކީ ހާދަ ބޮޑު އަދަދެކޭ. ކޮވިޑްގައި ސިޔާސީ ބޭނުމަކަށް ފައްޔާޒުމެން ހެދި ތަނެއް. އެކަން އެމީހުން ހާސިލް ކޮށްފި. ބަޔަކު މުއްސަނދިކޮށް މަހުޖަނުންނަށް ހަދާދީފި. މިހާރު ބުއްދިވެރި ގޮތަކީ ތިތަން އުވާލާ ފައިސާހޯދަން ދައުލަތުން އުޅުން. ނޫނީ އިތުރު ލޯނު ނުދީ ތަން ތިތަނުން ލާރި ހޯދުން. ޤައުމަށް ފައިދާވާނެ ކޮށްދެވޭނެ އިޖްތިމާއީ ، މާލީ ފައިދާ ނުކުރާތަންތަން އުވާލުން އެއީ ފުރަތަމަ ފިޔަވަޅަށް ވާންވާނެ.
ފިލި އަފީފު
11 July 2025
އެއްކަލަ ޕްރޮޕަގެންޑިސްޓް ފެށީ!
އޮނަރަބްލް އަފީފު ދީދީ
11 July 2025
ދިވެހިންގެ ކިބައިގައި އަޙުދަށް ވަޢުދަށް ހުރުމަތްތެރިކޮށް ހިތުމުގެ އާދަކާދަނެތި އަދި އެއްބެސްވުމެއްގެ ދަށުން ހިންގާ މާލީ މުޢާމަލާތްތަކަށް ދިވެހިން އިޙްތިރާމް ނުކުރާ އިރު ދިވެހި ދައުލަތް ހިންގާން ތިބި މީހުންގެ ޙާލު ވަކިން ގޯސް ކަމަށް ބުނެވިދާނެ. ދައުލަތުން ނަގާ ލޯނު ނުދެއްކުމާއި ލޯނު ދައްކަން އިތުރު ލޯނުނެގުމާއި ލޯނުތައް ރަނގަޅަށް މެނޭޖްކުރުމެއް އަދި ލޯނުފައިސާއިން ކުރިކަންކަމުން ލިބެންޖެހޭ ފައިސާހޯދަން މަސައްކަތްނުކޮށް ތިބުންވެސް އާންމު ވެއްޖެ.
އޮނަރަބްލް އަފީފު ދީދީ
11 July 2025
ދިހަވަރަކަށް ބިލިޔަން ޑޮލަރަށް ދައުލަތްދަރާފައި އޮތްއިރު މިފައިސާގެ ތެރެއިން %90 ޙަރަދު ކޮށްފައިވަނީ ކ.އަތޮޅު މާލެއަށާއި، އެއަތޮޅުގައި އޮތް ކަނޑު ފަޅު ހިއްކުމަށާއި އެތަންތަނުގައި އުޑުގައި ޖެހޭވަރު އުސް އިމާރާތް ތައް ހެދުމަށް. ނެގި ލޯނު ދެއްކޭނެ އެއްވެސް ގޮތެއްނެތި ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން މާލޭސަރުކާރުން އެރަށު ބޮޑުންނަށް އަގު ބޮޑުކޮށް ހިއްކި ބިން ތައް ހިލޭ ބަހާލީމާ މިހާރު ޗައިނާ އިން އެފަދަ ކަމަކަށް ލޯނެއްވެސް ލިބޭނެ ގޮތެއްނެތް.
އޮނަރަބްލް އަފީފު ދީދީ
11 July 2025
ބޭރުގެ ޤައުމުތަކަށާއި މާލީ އިދާރާތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާނުދައްކާތީވެ، ޗައިނާ ފަދަ ރާއްޖެއަށް ލޯނުދޫކުރާ ޤައުމުތަކުންވެސް ހައުސިންގ ޕްރޮޖެކްޓާއި ބިން ހިއްކުމަށް ފައިސާދިނުން ހުއްޓާލާފައިވަނީވެސް ހުޅުމާލެ ބިން ހިލޭ ބަހާލުމުންނާއި، އަދި ހުޅުމާލޭގައި ހުރި ފުލެޓްތަކަށް ދައްކާންޖެހޭ ފައިސާ އެއްބަސްވުމާއި އެއްގޮތަށް އެތަންތަން ލިބުނުމީހުން ނުދައްކާއިރުވެސް އެފައިސާހޯދަން ސަރުކާރުން އެއްވެސް މަސައްކަތެއް ކުރާތަން ފެންނާކަށް ނެތް.