09 ޖުލައި 2019 - 00:46
ރާއްޖޭގައި ކުޑަ ކުއްޖަކު ވިއްކާލި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް ހުށަހަޅާފައިވާ އެ މައްސަލަ ތަހުގީގު ކުރަމުންދާކަމުގެ އިތުރަށް އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން އަދި ބޭނުން ނުވާ ކަމަށެވެ.
ބޮޑު އަގަކަށް ދިވެހި ދެމަފިރިއަކަށް ކުޑަ ކުއްޖަކު ވިއްކާލި ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް އެކަމުގެ އެއްވެސް ހަގީގަތެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަންއޮތްގޮތް
09 July 2019
މާޒީގެ ކަނތައްތަކަށް ބަލައިލުމުން ބުނެވެންއޮތީ މިއީ ވަގުތުހޯދަންއަޅާ، ނުވަތަ އަޅުވާ ފަލަސުރުޚީއެކޭއެވެ. މިފަދަކަމެއް ހާމަކަމާއިއެކު އެއްވެސް ސަރުކާރުން ހިންގާތަނެއް ނުފެނެއެވެ. ދެވޭނެ މަޢުލޫމާތެއް ނޯވެއެވެ. ހިނގާތަނެއް ނުފެނެއެވެ. ނަތީޖޖާއެއް ނުފެނެއެވެ. ހުރިހާކަމެއް ސިއްރެވެ. ދެން ވާނުވާއެއް ނޭނގި، "3 ހަފުތާ ފަހުން ހަނދާން ނެތޭނެ" ކަމުގެ ޔަޤީންކަމުން ދުއްވާލާނީ ބޮނޑުނަގުލަށެވެ. ރިޟުވާންގެކަންތަކާ އެއާޢިލާއިން ނުހެއްލި ހިފާވަރުން އެހެންނުހެދެނީ.
ގސގސގ
09 July 2019
ސުބުހާނަﷲ! މިހާރު އިންޑިއާކަހަލަ ނާތަހުޒީބު ގައުމުތަކުގަ ހިނގާ ދަރިވިއްކުމުގެ އަމަލުވެސް ފެށުނީ. ރާއްޖެއަށް މުޅިން އާކަމެއް!
ނަށި
09 July 2019
އިންޑިޔާ ވަންތަކަން އޭގެ އެންމެ ފުރިހަމަ ހޮތުގައި
މުސަތަގުބަލް
09 July 2019
ރާއްޖޭގައި މުޅިން އަލަށް ފަށާގަނެވޭ ވިޔަފާރިއެއްބާ؟
ތިމަންނަ
09 July 2019
ފަޚުރުވެރި ވެވޭނީ ދުނިޔޭގެ ކުރިއަރާފަވާ ގައުމުތކުގައި ހިގާ ކަންތައްތައް ކުރުމުން އުތަ
ހުސެން ނާސިފު އަންމަ
09 July 2019
ވިއްކާލީތަ ނޫނީ ދިނީބާ
ހަގީގަތް
09 July 2019
ހަގީގަތް ނޭންގޭ ވާހަކަ، ފިތުނަ އުފެއްދުމަށް ނުދައްކަބަލަ. މިއަށްވުރެ ރަނގަޅުވާނެ މުޖުތަމައުގައި ހުރި މައްސަލަތައް ފާހަގަކޮށް، ކަމާބެހޭ ފަރާތްތަކާ އިންޓަވިއުކޮށް އެކަންކަމާ ބެހޭގޮތުން ލިޔެލިއްޔާ. ޒިންމާދާރު ނޫސްވެރިކަމަކީ ކޮބާކަން ނޭންގެނީތަ؟
896589
09 July 2019
ހަގީގަތުގައި، މުޖުތަމައެއް ރަނގަޅު ކުރެވޭނެ ގޮތެއް ނޯންނާނެ އެތަނެއްގައި ތިބި ބައެއްގެ އަޚްލާޤު ރަނގަޅު ނުކޮށެއް. މީގެ 1 ގަރުނު ކުރިން، ޔޫރަޕްގައި، އިންސާނުން އުޅުނީ މިނިކާއެއްޗެހިފަދައިން. ފޭރުމާއި، ރޭޕްކުރުމާއި، މެރުން އިންތިހާ. އެކަންކަމަށް ހައްލު ހޯދީ، އިސްލާމްދީނުގެ އަޚްލާޤް ދިރާސާކޮށް އެމީހުން އެ އަޚްލާޤު ޤާނޫނުގެ ސިފައިގައި ހިންގައިގެން. މިހާރު ދުނިޔެ މިދަނީ އަނެއްކާ މިނުރައްކާތެރި ޝައިޠާނީ ގޮތްގަނޑަށް.
ވަހީދު
09 July 2019
ދުނިޔޭގައި ލެއްވި އެންމެ ބޮޑެތި ނުބައި ކަންކަން މިރާއްޖޭގައި މިފެތުރި ޢާއްމުވަނީ. ރާއްޖޭގެ ދިގު ތާރީޚުގައި ވެސް ދިވެހިންގެ ނަސްލުގެ މީހަކު ދިވެހީންގެ ނަސްލުގެ މީހަކު ވިއްކި ކަމެއް އެނގިފައި ނެތް. ބޭރުގެ މަނަވަރުތަކުން އައިސް ރަށްތަކަށް އަރައި ދިވެހިން ވަގަށް ނަގައިގެން ގެންގޮސް އަޅުންގެ ގޮތުގައި ގެންގުޅެފައި އެބަހުރި. އެކަމަކު ދިވެހިން ދިވެހިން ވިއްކި ކަމެއް އެނގިފައި ނެތް.
އަލަތު
09 July 2019
ނޫން. ދިވެހިން ކުރިން އެބަހުރި ވިއްކާފަ. އައްޑުއިން އިންޑިއާއަށް ދީނީ ތައުލީމު އުނގެނެންދިޔަ ކުދިން ތަކެއް ވިއްކާލި. އެތަނުން އެއްކުއްޖަކު 1995 ހިސާބުގައި ފެނިފައިވެސް އެބަހުރި. ފެނުނުއިރު އޭނާ ވަނީ ކޮންމެވެސް ގޮތަކުން ސަލާމަތްވެ، އިންޑިއާ މީހަކާ ކައިވެނިކޮށް 3 ދަރިން ލިބިފަ. މިހާރު އެއީ އިންޑިއާ މީހެއް. އެކަމަކު ބައްޕަ ދޭތެރެއަކުން ދާކަމަށްވޭ. މިގޮތަށް ނުފެނުނު 2-3 މީހުންވެސް އެބަތިބިކަމަށްވޭ.
ބަބުރަންޖީ ހާޖީ
09 July 2019
ހާދަ މަޖާ ޚަބަރުޚަބަރޭ މިފެންނަނީ. ސަހާދެއް ބޯހަލާކު.
އާދަނު ކެލާ
09 July 2019
ކަލެއަށް މަޖާ ޚަބަރަކަށްތަވީ؟
ދެބުރަންޖީ ހާޖީ
09 July 2019
ހާދަ ހޮތާމަވެރި ޚަބަރުޚަބަރޭ މިފެންނަނީ. ސަހާދެއް ހިތަހަލާކު
ކަބުރަންޖީ
09 July 2019
ސިޔާސީވެގެން ގޮސް ކޮންމެ ކަމެއް ސިޔާސީ ނަޒަރުން ބެލުމަކީ ވަރަށް ދެރަ ކަމެއް. މިސަރުކާރަށް ތާއީދު ނުކުރި ނަމަވެސް އާއްމު ރައްޔިތުން ޚާއްސަކޮށް ކުޑަކުދިންނަށް ދިމާވާ ނޭދެވޭ ކަންކަމުގައި މަޖާވުމަކީ ވަރަށް ދެރަ ކަމެއް. މިހެން އެޅޭ ކޮންމެ ސުރުޚީއަކީ މި ސަރުކާރަށް ލިބޭ ނެގެޓިވް ޕޮއިންޓަކަށްވީ ނަމަވެސް އެކަމާ މިކަހަލަ ކަންކަން ނުގުޅުވާ އިންސާނިއްޔަތު ކަމުގެ ނަޒަރުން ބެލޭނެ ގާބިލިއްޔަތު ހޯދުން މުހިއްމު.