ޕީޖީ ބިޝާމް (މ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު
09 އޯގަސްޓް 2019 - 23:13
ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފުކުރަން ހުށަހަޅާފައިނުވާ ކަމަށް ހައި ކޯޓުން މިރޭ ބުނެފި އެވެ.
ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރި ގޮތުގައި ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް ރިލްވާން އަރުވައިގެން ގެންގޮސްގެންނެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް އޮގަސްޓް 2، 2018 ގައި ދަށު ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ހުކުމް ކުރި ދުވަހު، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ އަށް ހައި ކޯޓުގައި އެދިފައި ވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 936/Cr-C/2017 ޤަޟިއްޔާ، އިސްތިޢުނާފުކުރުމުގެ ހުއްދަ ދެއްވުން އެދި ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރައްވާފައިވާ ޓްވީޓާ ގުޅޭ https://t.co/WZGi4JBm1U pic.twitter.com/E3IodkReTX
— Maldives High Court (@mvhighcourt) August 9, 2019
ހައި ކޯޓުގެ ޓްވީޓް
އެ މައްސަލައާ ގުޅިގެން ހައި ކޯޓުން ނެރުނު ބަޔާނުގައި ބުނީ، ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފުކުރަން ގަސްތުކުރާ ކަމަށް ބުނެ، އެ ހުކުމް ކުރި ދުވަހު ޕީޖީ އޮފީހުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގައި ބުނެފައިވަނީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުމުން އިސްތިއުނާފުކުރަން ހުށަހެޅުމުގެ ހުއްދަ ދިނުމަށެވެ. ޕީޖީގެ ސިޓީއަށް، އޮގަސްޓް 6، 2018 ގައި ޖަވާބުދީފައިވާނެ ކަމަށް ކޯޓުން ބުންޏެވެ.
"ކޯޓުން ދިން ޖަވާބުގައި ދަންނަވާފައިވާނީ، ފުރަތަމަ މަރުހަލާގެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުން އިސްތިއުނާފަށް ހުށަހަޅަން ޖެހޭ މުއްދަތުކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސާކިއުލާގައި ބަޔާންކުރައްވާފައިވާ 10 ދުވަސް ފާއިތުވުމަށް ފަހު ހުށަހަޅާ މައްސަލައެއް ނަމަ، އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ހައިކޯޓުގެ ގަވާއިދުގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދިކަމުގައި ދެންނެވީމެވެ. އަދި މި ދެންނެވުނު މާއްދާގެ ދަށުން މައްސަލަ ހުށަހެޅުމުން ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މައްސަލައަކާ މެދު ގޮތެއް ނިންމޭނެ ކަމުގައި ދަންނަވަމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
ރިލްވާންގެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހާއި ހައި ކޯޓާ ދެމެދު އިތުރު މުއާމަލާތެއް ކޮށްފައިނުވާ ކަމަށް ބަޔާނުގައި ބުންޏެވެ. އަދި އެ އޮފީހަށް ޖަވާބުދިންތާ އަހަރެއްވިއިރު ވެސް މައްސަލަ އިސްތިއުނާފުކުރަން ނުވަތަ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިނުވާ ކަމަށް ބުންޏެވެ.
"އެހެންކަމުން، ރައްޔިތުންގެ ހިތްތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އަގުވެއްޓޭ ގޮތަށް ވާހަކަފުޅު ނުދެއްކެވުމަށާއި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ޓްވީޓު ނުކުރެއްވުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯހޯހޯ
12 August 2019
ބިސާމް ބޭރުކޮށްލާއިރު ބިސާމް ބުނިހާގޮތަކަށް ރިހަވި އެންމެން ޕީޖީ އޮފީހުން ސާފުކުރަންޖެހޭ..ޑިރެކްޓަރ ޖެނެރަލް ވަހީދާއަކީ ތަން ހަލާކު ކުރުމުގަ ބިސާމްއާއެކީ އެންމެ ވާގިވެރިވި މީހާ
ޔައުގޫބު
10 August 2019
ހައިކޯޓުން ދައްކާފައިވާފަދަ ހެއްކެއް ޤަރީނާއެއް ޕީޖީނުދައްކާހާހިނދު ޤަބޫލުކުރަންޖެހެނީ ހައިކޯޓުގެވާހަކަ. ކުރެވިފައިވާނަމަ، އެކަމަށް އިޢުތިރާފުވެ، ދުރަށްޖެހިލުމަކީ ދެރަކަމެއްކަމުގައި ދުށުމަކީ ދެރަކަމެކެވެ. ނަންޚަރާބުވުމުގެ އިތުރަށް އިތުބާރުވެސް ގެއްލުނީއެވެ. މިރާއްޖޭގައި އިޚުލާޞްތެރި، ޤާބިލް ދަރީން އެބަތިއްބެވެ. އެމީހުނަށް އެކަށީގެންވާ އުޖޫރަދީ، އަޅުދާސްނުކޮށް ފުރުޞަތު ދީފިނަމަ ރައްޔިތުންގެ މަސައްކަތް އިޚުލާޞްތެރިކަމާއިއެކު ކޮށްދޭނެކަން ޔަޤީނެވެ.
ރާބެގެހުތާ
10 August 2019
ނަޝީދަަށް ބިސާމް އެވަނީ ޖުޑީޝަރީ ކޮމިޓީގަ މުަޅި ދިވެހި ރައްޔިތުން ކުރިމަތީ އެތައް ދޮގެއް ހަދާފަ އޭގެތެރެއިން ވެސް ރިލްވާން މައްސަލައާ ބެހޭ ގޮތުން ހައި ކޯޓޭ ކިޔާފަ ހެދީ ބޮޑު ދޮގެއް. ހައިކޯޓުން އެކަން ދޮގުކުރީމާ އަނެއްކާވެސް ބިސާމް ހެދީ ދޮގު ޓްވީޓްކޮށްގެން. ދެން ހައި ކޯޓުން އެކަން ދޮގުކޮށް ބިސާމް ފުލުފުލުން ދޮގުހެދިކަން މިވަނީ ފަޅާއަރުވާލާފަ. މަނިކުފާނު ވިދާޅުވީމެއް ނޫންތޯ ކޮމިޓީގެ ދޮގު ހެދިއްޔާ ފުލުހުން ލައްވާ ތަހުގީގުކުރާނަމޭ.. މިކަން ތަގުގީގު ކުރުން؟
ކުޑަކަތީބް
10 August 2019
އިހަށްދުވަހާ ޖެހެންދެން މިއިންމީހެއްގެ ނަންވެސް ގަންނަން ނުކެރި ތިބި ހައިބަތު ބޮޑު ވަރުގަދަ ބިޔަ މީހުން މިހިރަ ސައިޒުވެ އެއްބަޔަކު އަނެއްބަޔަކަށް ފަލީހަތް ވެގެން ދާއިރު ހިތައްއަރާ ﷲ ގެ ކުޅަދުންވަންތަކާމާއެވެ!
ލާރާ
10 August 2019
އައިޑީކާޑުގަ އޮންނަ ގޮތް ނޫން ގޮތަށް ލިޔުންތަކުގައި ލިޔަން ޕީޖީއޮފީސް މީހުނަށް ބިސާމް އެންގީތީ ދައުވާކޮށް އަދަބު ދޭން ޖެހޭ..މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތުގެ ރަސްމީ ލިޔުމެއް އެވަނީ އޮޅުވާލާފަ.. ދައުލަތުގެ މުއައްސަސާތަކަށް އޮޅުވާލިކަން ސާފުކޮށް ފެންނަން އެއޮތީ ހައިކޯޓުން ބިސާމް ލިޔުމުގެ ބަދަލުގަ ސިޓީގަ ބިޝާމް ލިޔެފަ އޮތުމުންވެސް...ބިސާމް ހިންގި އެހެން ޖަރީމާތައް ކޮބާ؟ ލިޔަންވިއްޔާ ހަފަސްދޮޅަސް ކޮމެންޓް ކުރަން ޖެހޭނީ
ލާރާ
10 August 2019
މަ ކީކޭ ބުނީ..މި ބިސާމެއް ނަހަދާނޭ ތެދެއް..ހަމަ ސީދާ ދޮގޭ ހަދާނީ..އެންމެ ފަހުން މިއޮތީ ހެދި ދޮގު ފަޅާ އަރާފަ..
އެމްސް
09 August 2019
މާބޮޑު އިތުބާރެއްނެތް؛ އެހެނީ ވޭތުވެދިޔަ ތަނުގަ، ޑޮކިއުމެންޓްތަކަށް ކޮފީވެސް ހުރީ އެޅިފަ!
ހުސަންބޭ
09 August 2019
ތިޔަ ޕީޖީ ބުންޏެއްނޫންތޯ އިސްތިއުފާނުކުރުމުގެ ހުއްދަ ނުލިބުނޭ. މަމެން ބުނިގޮތަކަށްނުންމިވީ. ހުސްދޮގޭ ހަދަނީ. އިސްތިއުފާ ނުދެންޏާ އަވަހަށް ވަކިކުރޭ.