އައްޑޫ ބެޓްމިންޓަން ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށް ދަނީ.
އައްޑޫގައި އަޅާ ބެޑްމިންޓަން ކޮމްޕްލެސްގެ އަމަލީ މަސައްކަތްތައް ފަށައިފި އެވެ.
މި ކޮމްޕްލެކްސް އިމާރާތް ކުރަނީ ހިތަދޫ ޒުވާނުންގެ މަރުކަޒު ހުރި ބިމުގަ އެވެ.
ކޮމްޕްލެކްސްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ އިރު ހަތަރު ބެޑްމިންޓަން ކޯޓް އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަގްވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް އިތުރު ވަސީލަތްތައް ގާއިމްކުރާނެ އެވެ. ދެ ބުރި އަށް ހަދާ ކޮމްޕްލެކްސްގެ މަސައްކަތް ކުރަނީ އައްޑޫ ޕީޕަލްސް ކޯޕަރޭޓް ސޮސައިޓީ (އޭޕީސީ) އިންނެވެ.
އޭޕީސީ އަކީ ކައުންސިލްގެ 51 ޕަސަންޓް ހިއްސާ އާއި އައްޑޫ ރައްޔިތުން 49 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް 2016 ގައި އުފެއްދި ކޯޕަރޭޓިވެކެވެ.
Addu Badminton Complex ge masahkaiy kuriyah dhany. Mi mashroou aky @MinYouthSports ge faraathun APC aai havaalukohgen kuriyah gendhaa mashroou eh. Mi complex alhany bainal’aguvaamy mubaaraiythah kulhevey gothah vaseelaiythakaa eku 4 badminton court ekulevey hall eh himeney gothah pic.twitter.com/MtzljHsu3K
— Addu City Council (@AdduCityCouncil) September 5, 2019
ޔޫތު މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ހިންގާ މި މަޝްރޫއު އޭޕީސީއާ ހަވާލުކުރީ މިދިޔަ މެއި މަހުގެ 21 ގަ އެވެ. ބެޑްމިންޓަން ކޮމްޕްލެކްސް އަށް 6،061،191.4ރ. ހަރަދުވާ އިރު މަސައްކަތް ފަށާތާ 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
އައްޑޫގައި ބެޑްމިންޓަން ކޮމްޕްލެކްސްއެއް ހަދަން ނިންމި އިރު، މި ސިޓީއަކީ ގައުމީ ފެންވަރުގައި ބެޑްމިންޓަނުން ކާމިޔާބީތަކެއް ވެސް ހޯދަމުން އަންނަ އަދި ބެޑްމިންޓަނަކީ އައްޑޫގެ ދެ ޖިންސުގެ ވަރަށް ގިނަ ބަޔަކު ކުޅެމުން އަންނަ ކުޅިވަރަކެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ދޮންދީނިޔ
07 September 2019
އައްޑޫ މީހުން މި ސަރުކާރު ހޮވީކީ ބެޑްމިންޓަން ނުކުޅެވިގެން ނޫން މިހާރުން މިހާރަށް ބާނާ މަސްކޮޅު ކިރާލާ ވަގުތުން ލާރި ލިބޭގޮތް ހަދަންވީ.
ހުސެން...
08 September 2019
އައްޑޫ މީހުންނަށް ރަގަޅު އެއްކަމެއްވެސް ދެން ނެތެއްނުު!!! މަސް ކިރޭގޮތް ހަދާއިރަށް ބުނާނެ ސަރުކާރު ހޮވީ މަސް ކިރޭގޮތް ހަދާކަށް ނޫނޭ...ކޮންމެސް އެހެން ކަމެކޭ.... ހުރިހާކަމެއްވެސް ކުރަން އެބަޖެހެއެއްނޫންތަ؟؟
ބޮޑުމީހާ
07 September 2019
ރަގަޅު ކަމެއް.
ސިގުނަލްއެކެއް
07 September 2019
މިދެން ހަތެރެސްކަން ހަމަވެ ތަރައްގީފުރިހަމަވީހެން ހީވަނީ. ހަތަރު ކަންމުޑިޖަހާ މައްޗަށް ޓިނުގަޑެއް ނެގިއަސް ކޮމްޕޮލެކްސް އޭބުނީމަ ރަގަޅުވާނެ. ލިންކުރޯޑެއްވެސް ހަދާއެބައޮތް، މަގުތައްވެސް ހަދާފައެބައޮތް، "ރީޖަނަލް" ހޮސްޕިޓަލެއްއެބަހުރި ނަމުން ސިޓީއެއް. ؟؟؟
ޔާގޫތު
07 September 2019
މާލެއިން ބޭރުގަ ހަދާތަނަކަށްވާތީ ހަރަދުކުޑަކުރަން ހެނގަރެއް ހަދާލާ ވައްތަރު ޖަހަނީ. އެކަމަކު ހުޅުމާލޭމީހުން ރާޒުވާކުޅޭނެ ޖާގައެއްނެތިގެން ގައުމީ މައްސަލައަކަށްވެގެން ހެދިހޯލުވެސް ހުރީ ނިކަން ފެންވަރުގަ.
ހުސެން...
08 September 2019
ކައުންސިލަށް ވަދެ ތިތަނުގެ ކުރެހުމެއް އޮތްތޯބަލާފަ ދެން ކޮމެންޓް ކޮށްބަލަ.... ބޯހަލާކު...!