23 އޮކްޓޯބަރ 2019 - 15:07
އިއްޔެ ރައްޔިތުންގެ މަޖިލިހުގައި ހިނގީ މާރާމާރީއެއް ނޫން ކަމަށާއި ބޮލަށް އެނބުރުންއެރީ ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، މަޖަލަކަށް ޖެއްސެވުމުން ކަމަށް، އޭޑީކޭއިން ފަރުވާ ހޯއްދެއްވި ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފަށް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ ތެރޭގައި ގާސިމް، ޝަރީފަށް ހަމަލާ ދެއްވި ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން އިއްޔެ ތުހުމަތުކުރެއްވި އެވެ. އަދި ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމްގެ އަތުގައި ހިއްޕަވައިގެން ޝަރީފް މަޖިލީހުން ނުކުންނަވައި، އެމްބިއުލާންސަށް އަރާވަޑައިގަންނަވާ ވީޑިއޯއެއް ވެސް އިއް އާންމުވި އެވެ.
އޭޑީކޭއިން ފަރުވާ ދިނުމަށް ފަހު ޝަރީފް ދޫކޮށްލީ ރޭގަ އެވެ.
Gasim dhikkollevi athun jehi member Shareef ah aniyaa vejje
The most trusted news source in the Maldives
Mihaaru
މެމްބަރު ޝަރީފަށް އަނިޔާވުން
"މިހާރު"އާ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ގާސިމް އޭނާގެ ބޮލުގައި މަޖަލަކަށް ޖެއްސެވީ "ސޭޓޭ" ގޮވުމުން ކަމަށެވެ. އެކަމަކު އެއީ އެހާ ބާރަށް ޖެއްސެވި ޖެއްސުވުމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އެއީ މަޖަލަކަށް ކުރެއްވި ކަމެއް. ތަޅާފޮޅީކީއެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
ބޮލަށް އެނބުރުންއެރީ، އޭނާ ވިދާޅުވި ގޮތުގައި، ބޮލުގައި ޖެއްސެވުމުންނެވެ.
ޝަރީފް އިއްޔެ އޭޑީކޭއަށް ގެންދަނީ
ގާސިމް ވެސް އެކަމާ މާފަށް އެދިވަޑައިގެންނެވި ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މަޖަލަކަށް ކުރެއްވި ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށް ގާސިމަށް ދެންނެވި އެވެ.
އިއްޔެގެ ޖަލްސާގައި ގާސިމް ވިދާޅުވީ ޝަރީފަށް ހަމަލާ ދެއްވާފައި ނުވާނެ ކަމަށެވެ. އެކަމަކު "ސޭޓޭ ގޮވީމާ" އަތް ދިއްކޮށްލެއްވި ވަގުތު، އަތުން ޖެހުނު ކަމަށް ވިދާޅުވި އެވެ. އެގޮތަށް އަތް ދިއްކޮށްލެއްވީ، އޭނާ ވިދާޅުވި ގޮތުގައި، ސަމާސާކޮށްލުމުގެ ނިޔަތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިންގޯ
24 October 2019
ސްޓަންޓް ކާމިޔާބުނުވީ.
ރުޅިމޫސަ
24 October 2019
ޕަބްލިކުން ޑްރާމާ ފިލްމް ބަލައިނުގަނެ ފްލޮޕަަކަށްވީމަ މިހާރު ބްލޮކްބަސްޓާ ނެޓްވަރކްތަކުން އެއްޗެއްލިބޭތޯ ބަލަނީދޯ؟
ޙޖފި
24 October 2019
ކަލޭގެ ބޮލުގައި އަންހެނުން މަސާޖެއް ކޮށްލިޔަސް އެނބުރުން އަރާނެތާ. ތިއީ ކޮންކަހަލަ ބޮލެއް
Muhammad
23 October 2019
ގަސްތުގަ ޖެހިނަަމަ ކޮބާ ހާލަކީ
ހަމީދު1
23 October 2019
ޓިކްޓޮކް ރާގު ކޮޅެއްމަދީ
އަހުމަދުއަލޯ
23 October 2019
ސާޖެންޓް އަތުގައި ހިއްޕަވައިގެން، ވޯކިން ޑައުންދަ އައިލް، ލޯބި!
ދިއެޓޯލްޑޮޓްކޮމް
23 October 2019
މަޖިލީހުގެ ގިނަ މެންބަރުންނަކީ ވަރަށް އަންފިޓުބައެއް، ސިއްހީކަންކަމާއިމެދު އެހާ ހޭލުންތެރި ބައެއްނޫން، މީހަކު ބޮލުގައި އަޅާ ކޮއްޕާލިޔަސް، ނުވަތަ ކުއްލިއަކަށް ގޮނޑިންތެދުވިޔަސް މިބޭފުޅުން އަނބުރައި ގަތުމުގެ ފުރުސަތު އޮވޭ، ތިޔަހެން ސަމާސާކޮށްލާ ބޮލުގައި ޖަހާލާ އުޅުމަކީ ހަމަ ރަނގަޅުކަމެއް
ޝޮކްތެރަޕީ
23 October 2019
އެމްޑީޕީގަ މުޅިންވެސް އޫޅެނީ ޗަރުކޭސް ދައްކާމީހުން. ޤައުމައް ދެރަ.
ޕޫބެއަރ
23 October 2019
އޮސްކާ ލިބޭނެ ކަމަށް ބަލަމާ.
ެނޭކުރެންދޫ ހުސޭނުބެ
23 October 2019
ސާޖެންޓް އެޓް އާރމުސް ކިޔަނީ އެގޮތަށް އަތުގަ ހިފައިގެން މެމްބަރުން ނެރެދޭތީވެދޯ