ބ. އަތޮޅުގައި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބ. އައިދޫގައި ދަނޑުވެރިކަން ކުރުން ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ހައިޑްރޮފޯނިކްސް ދަނޑުވެރިކަން ކުރާ އެ ފާމްގެ މަސައްކަތް މިއަދު ރަސްމީކޮށް ފައްޓަވައި ދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
ދަނޑުވެރިކަން ކުރުމަށް އެރަށް ދިގު މުއްދަތަކަށް ދޫކޮށްފައިވަނީ މުހައްމަދު ސައީދު ކިޔާ މީހަކަށެވެ.
މިއީ ބ. އަތޮޅުގައި ދަނޑުވެރިކަމަށް ޚާއްސަކޮށް ހުޅުވި ދެވަނަ ރަށެވެ. އެ އަތޮޅުގައި ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރަނީ އަންހެންފުށީގަ އެވެ.