ވިޔަފާރި / ވިޔަފާރި ޕްރޮމޯޝަން

"ބެކް ޓު ސްކޫލް" ޕްރޮމޯޝަން ކޮޕިއާ ޕްލަސް އިން ފަށައިފި

މަޖީދީ މަގުގައި ކޮޕިއާ ޕްލަސް ފިހާރަ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

20 ނޮވެމްބަރ 2019 - 13:59

އާ އަހަރާ ދިމާކޮށް ސްކޫލް ކުދިންނަށް ހާއްސަކޮށްގެން "ބެކް ޓު ސްކޫލް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ކޮޕިއާ ޕްލަސް އިން ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ވިއްކާ އެއްޗެހިން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ސްކޫލް ކުދިންނަށް ހާއްސަ އަގުތަކެއްގައި ޕްރިންޓަރުގެ އެކި މޮޑެލްތައް ވެސް ލިބެން ހުންނާނެ އެވެ.

ކޮޕިއާ ޕްލަސް އިން ވިއްކާ ޕްރިންޓަރުގެ ތެރޭގައި ސްކޫލް ކުދިންނަށް ހާއްސަ ޑީސީޕީ/ ޓީ310 އާއި ޑީސީޕީ/ ޓީ710 މި ޕްރޮމޯޝަންގެ ތެރެއިން ލިބޭނެ އެވެ. އެގޮތުން ޓީ310ގެ ޕްރިންޓަރެއް 1،699ރ. އަށް ލިބޭއިރު ޓީ710 ގެ ޕްރިންޓަރެއް 2،599ރ. އަށް ލިބޭނެ އެވެ. މި ޕްރިންޓަރުތަކަކީ ދެލި ފުޅި ބޭނުންކުރާ ޕްރިންޓަރުތަކަށް ވުމުން އެއް ރީފިލް އިން 6،500 ކަޅު ކުލަ ނުވަތަ 5000 ކުލައިގެ ޕްރިންޓް ނެގޭނެ އެވެ. ޓީ710 އަކީ އެންމެ ފަހުގެ ވައިފައި ޓެކްނޮލޮޖީ ބޭނުންކުރެވޭ ޒަމާނީ ފެންވަރުގެ ޕްރިންޓަރެކެވެ.

އެ ފިހާރައިން ވިއްކާ ހުރިހާ ސާމާނަކީ ވެސް ކޮލިޓީ ރަނގަޅު މޮޅު ސާމާނުތަކެކެވެ. އަދި ގަންނަ ކޮންމެ އެއްޗަކަށް ވޮރެންޓީ އާއި އާފްޓާ ސޭލް ސާވިސް ވެސް އެ ފިހާރައިން ދޭނެ އެވެ.

ކޮޕިއާ ޕްލަސް އިން ލިބެން ހުންނަ ބައެއް ޕްރިނޓަރުތައް-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކޮޕިއާ ޕްލަސް އިން ބުނީ "ބެކް ޓު ސްކޫލް"ގެ ނަމުގައި ކޮންމެ އަހަރަކު ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް އެ ފިހާރައިން ނިންމީ އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ހެޔޮ އަގުގައި ޕްރިންޓަރު ލިބޭނެ ގޮތް ހަދައިދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަށް ވެސް ގިނަ ބައެއްގެ ތަރހީބު ލިބިފައިވާ ކަމަށް އެ ފިހާރައިގެ އޮފިޝަލަކު ބުންޏެވެ. އެ ފިހާރައިން މި ޕްރޮމޯށަން ކުރިއަށް ގެންދާތާ މިއީ ދެވަނަ އަހަރެވެ.

"ބައެއް ރަށްރަށުގައި ދަރިވަރުން އެބައުޅޭ ޕްރިންޓް ކުރާ ތަނެއް ނެތިގެން ޕްރިންޓް ނުކުރެވި. ބައެއްފަހަރު ސްކޫލުން ނުވަތަ ކައުންސިން އިދާރާއިން ކުދިން ޕްރިންޓް ކުރަނީ. އެހެންކަމުން އަޅުގަނޑުމެންގެ މި ޕްރޮމޯޝަންގެ ތެރެއިން ދަރިވަރުންނަށް ވަރަށް އަގުހެޔޮކޮށް ކޮލިޓީ ރަނގަޅު ޕްރިންޓަރު އެބަ ލިބޭ." ކޮޕިއާ ޕްލަސްގެ އޮފިޝަލަކު ބުންޏެވެ.

ކޮޕިއާ ޕްލަސް ފިހާރައިގެ އެތެރެ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަންނަ އަހަރުގެ ޖެނުއަރީ 31ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ސްކޫލް ދަރިވަރުންގެ އިތުރުން އޮފީސްތަކާއި ޕްރިންޓް ކުރާ ތަންތަނަށް ވެސް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން "ކަލާ ލޭޒާ އޯލް އިން ވަން ޕްރިންޓާ" އާއި "ކަލާ ލޭޒާ ޕްރިންޓާ" އަދި "ސްޓިކާ ލެބަލް ޕްރިންޓާ" ހާއްސަ އަގުތަކެއްގައި މި ޕްރޮޮމޯޝަންގެ ތެރެއިން ލިބިގެންދާނެ އެވެ.

ފޮޓޯ ކޮޕީ މެޝިން ވިއްކުމުގެ ގޮތުން 2004 ވަނަ އަހަރު އުފެއްދި ކޮޕިއާ ޕްލަސް އަކިީ ޕްރިންޓިންގެ ހުރިހާ ސާމާނެއް އެއްތަނަކުން ލިބޭ ފިހާރައެކެވެ. ޖެހިޖެހިގެން ތިން އަހަރު ގޮލްޑް 100 އެވޯޑް ހާސިލްކޮށްފައިވާ މި ފިހާރައަކީ ދުނިޔޭގެ މަޝްހޫރު ދެ ބްރޭންޑު ކަމުގައިވާ "ބްރަދާ" އާއި "ޓޮޝިބާ" ގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454