އައިޖީއެމްއެޗް: ކަރަންޓު ޖެހިގެން ރޭ އަނިޔާވި ޒުވާނާއަށް މިހާރު ފަރުވާ ދެނީ އައިޖީއެމްއެޗްގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
09 ޑިސެމްބަރ 2019
ގއ. ވިލިނގިލިީގައި އިއްޔެ ކަރަންޓުގައި ޖެހުނު ޒުވާނާ އަށް އިތުރު ފަރުވާ ބޭނުންވާތީ މިއަދު މާލެ ގެނެސްފި އެވެ.
ކަރަންޓުގައި ޖެހުނު އަހުމަދު މުފީދަށް އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށާފައިވާ ކަމަށް ރަށު ކައުންސިލް މެމްބަރު ލުގްމާން ނައީމް "މިހާރު" އަށް ވިދާޅުވި އެވެ.
މުފީދަކީ ވިލިނގިލީގައި ހުރި ރޯހައުސްތަކުގައި ނަރުދަމާގެ ނިޒާމް ގާއިމްކުރަން މަސައްކަތްކުރަން އުޅުނު ފެނަކަ މުވައްޒަފެކެވެ. އޭނާ ކަރަންޓުގައި ޖެހުނީ، ނަރުދަމާގެ މަސައްކަތުގައި ކޮނެފައި ހުރި ކޯރެއްގެ ތެރޭގައި ހުއްޓާ، އެއަށް ސަބްމާސިވް ޕަމްޕެއް ތިރިކުރި ވަގުތު ކަރަންޓު އައިސްގެންނެވެ.
ކަރަންޓް ޝޮކް ޖެހި ހާލު ބޮޑުވިޔަސް މުފީދުގެ ބޭރުފުށުން މާ ބޮޑު އަނިޔާއެއް ފެންނާކަށް ނެތެވެ. އެކަމަކު ވާހަކަދެއްކުމުގައި އުނދަގޫވާ ކަމަށާއި އިއްޔެ އަށް ވުރެ މިހާރު ހާލު ރަނގަޅު ކަމަށް ލުގްމާން ވިދާޅުވި އެވެ.
މީގެ ކުރިން ޑިސެމްބަރު 6، 2015 ގައި ވިލިނގިލީގައި މަގު ކޮންނަނިކޮށް ބުރިވި ކޭބަލެއް ގުޅުވަން އުޅުމުގެ ތެރޭގައި އިންޖީނު ގޭގެ މުވައްޒަފަކު ކަރަންޓުގައި ޖެހިގެން މަރުވެފައިވެ އެވެ.
ވިލިނގިލީގައި އިއްޔެ ހިނގި ހާދިސާ ފުލުހުންނާއި ފެނަކަ އިން ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް