ނޭޕްލްސް (ޑިސެމްބަރު 11) – ބެލްޖިއަމްގެ ގެންކް 4-0 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް އިޓަލީގެ ނަޕޯލީ ރޭ ދަތުރުކުރި ނަމަވެސް އެ ކްލަބުން މެޗަށް ފަހު ކޯޗު ކާލޯ އަންޗެލޮޓީ ވަކިކޮށްފި އެވެ.

ރޭގެ މެޗަކީ ނަޕޯލީ އަށް ނުވަ މެޗަށް ފަހު ލިބުނު ފުރަތަމަ މޮޅެވެ. މިދިޔަ ސީޒަންތަކުގައި އިޓާލިއަން ލީގުގެ ޗެމްޕިއަންކަމަށް އެންމެ ބޮޑަށް ވާދަކުރި ޓީމު މި ވަގުތު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. ކުޅުންތެރިންނާއި މެނޭޖްމަންޓާ ދެމެދު މައްސަލަތައް ޖެހިފައިވާއިރު އަންޗެލޮޓީއާ ވެސް އަރައިރުންތަކެއް އުޅެ އެވެ. ނަތީޖާތައް ދަށްވުމުން ކްލަބުގެ ވެރިޔާ އޯރެލިއޯ ޑި ލޯރެންޓިސް ނޮވެމްބަރު މަހު އެންގީ ކުޅުންތެރިން ހަފުތާއެއް ވަންދެއް ޓްރެއިނިން ރިޓްރީޓަށްކަށް ދާށެވެ. އެކަމާ ކުޅުންތެރިން ދެކޮޅު ހެދުމުން މުސާރައިން ވަނީ ކަނޑައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަންޗެލޮޓީގެ ބަދަލުގައި ނަޕޯލީއާ ހަވާލުވާނީ އޭސީ މިލާނުގެ ކުރީގެ ކޯޗު އަދި އަންޗެލޮޓީގެ ކޯޗުކަމުގައި މިލާނަށް ކުޅުނު ޖެނާރޫ ގަޓޫސޯ އެވެ. އަދި ނަޕޯލީން ޖެނުއަރީ މަހު ބައެއް ކުޅުންތެރިން ވިއްކާލައި ޓީމު އަލުން ހަމަޔަކަށް އަޅުވަން ޕްލޭންތައް ހަދާފައިވާ ކަމަށްވެ އެވެ. އެގޮތުން ޒަލަޓާން އިބްރަހިމޮވިޗް ގެނެވޭތޯ މަސައްކަތްކުރާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ރޭގެ މެޗަށް ފަހު އިސްތިއުފާ ދޭނެތޯ އެހުމުން އަންޗެލޮޓީ ބުނީ އޭނާގެ ހަޔާތުގައި ދުވަހަކު ވެސް އިސްތިއުފާ ދީފައިނުވާނެ ކަމަށާއި ދުވަހަކު ވެސް އެކަން ނުކުރާނެ ކަމަށެވެ. އަދި އޭނާއާ މެދު ގޮތްތަކެއް ނިންމާނީ މެނޭޖްމަންޓުން ކަމަށް ވެސް ބުންޏެވެ. މިދިޔަ ސީޒަނުގައި ނަޕޯލީއާ ހަވާލުވެ އަންޗެލޮޓީ އެ ޓީމަށް ލީގުގެ ދެ ވަނަ ހޯދައިދިނެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ.

އޭސީ މިލާނަށް ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ރެއާލް މެޑްރިޑަށް އެއް ފަހަރު ކާމިޔާބުކޮށްދީފައިވާ އަންޗެލޮޓީ ވަނީ ޗެލްސީ އާއި ޕީއެސްޖީ އާއި ބަޔާން މިއުނިކަށް ލީގު ކާމިޔާބުކޮށްދީފަ އެވެ. އޭނާ ގެންދަން ޕްރިމިއާ ލީގުގެ އާސެނަލާއި އެވަޓަން އިން ޝައުގުވެރިވާ ކަމަށްވެ އެވެ.