މައި ކޮލެޖުގެ ދަރިވަރުންނަށް ސްކޮލާޝިޕް ދީފި

މައި ކޮލެޖުގެ މާލެ ކެމްޕަހުގައި ކިޔަވާ 13 ދަރިވަރަކަށް ސްކޮލާޝިޕް ދީފި އެވެ.


އިސްކަންދަރު ސްކޫލުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި އޮރިއެންޓޭޝަން ރަސްމިއްޔާތުގައި، ސްކޮލާޝިޕް ލިބުނު ދަރިވަރުން ހޮވީ ގުރުއަތު ލައިގެންނެވެ. ސެޓްފިކެޓް ތިނެއްގެ ކޯސްތަކުން ފެށިގެން މާސްޓާސް ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ވެސް މައި ކޮލެޖުން ސްކޮލާޝިޕް ދިނެވެ.

މައި ކޮލެޖުން ބުނީ ހަ ދަރިވަރަކަށް އެ ކޮލެޖުން ދިނީ 50 ޕަސެންޓް ސްކޮލާޝިޕް ކަމަށެވެ. އަދި 100 ޕަސެންޓް ސްކޮލާޝިޕް ދިނީ ހަތް ދަރިވަރަކަށް ކަމަށެވެ.

މި ރަސްމިއްޔާތުގައި އެ ކޮލެޖުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ކޮލެޖާ ގުޅޭ ތަފާތު މައުލޫމާތު ފޯރުކޮށްދިނެވެ.