މިދިޔަ މަހިގެ ފަހުކޮޅު ރިލީޒްކުރި ސްޓާ ވޯސް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ސްޓާ ވޯސް: ދަ ރައިޒް އޮފް ސްކައިވޯކާ" އަށް އަށް ލިބުނު އާމްދަނީ އެއް ބިލިއަނަށް އަރައިފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކައިގެން ފިލްމަށް ލިބުނު އާމްދަނީ 1 ބިިލިއަން ޑޮލަރަށް އެރީ އަންގާރަ ދުވަހު އެވެ. ޖުމްލަ 275 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ މި ފިލްމަށް މިހާތަނަށް 1.001 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެ ވަރުގެ އާމްދަނީއެއް ފިލްމަށް ލިބުނީ ރިލީޒްކުރިތާ 28 ދުވަހުގެ ތެރޭގަ އެވެ.
މިއީ ސްޓާ ވޯސްގެ ފިލްމުތަކުގެ ތެރެއިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ތިން ވަނަ ފިލްމެވެ.
އެ ލިސްޓްގައި ދެން ހިމެނެނީ 2017 ގައި 1.333 ބިލިއަން ޑޮލަރު ހޯދި "ދަ ލާސްޓް ޖެޑާއީ" އާއި 2015 ގައި 2.068 ބިލިއަން ޑޮލަރު ހޯދި "ފޭސް އެވޭކަންސް" އެވެ. މިހާތަނަށް ބިލިއަން ޑޮލަރު އެންމެ އަވަހަށް ހަމަކުރި ސްޓާ ވޯސްގެ ފިލްމަކީ "ފޯސް އެވޭކަންސް" އެވެ. އެއީ 12 ދުވަހުގެ ތެރޭގަ އެވެ.
"ސްޓާ ވޯސް: ދަ ރައިޒް އޮފް ސްކައިވޯކާ" އަކީ ޖޭޖޭ އަބްރަމްސް ޑައިރެކްޓްކުރި ފިލްމެކެވެ. މީގައި ބޮޑު ކާސްޓެއް ހިމެނެ އެވެ.