06 ފެބުރުއަރީ 2020 - 07:25
ރޭ ދަންވަރު ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދަށް އައި ބިންހެލުމެއްގެ އަސަރު އެ ސަރަހައްދުގެ ބައެއް ރަށްތަކަށް ކޮށްފި އެވެ.
ބިންހެލުންތައް ދިރާސާކުރާ ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި ބިންހެލުން އައީ ހއ. ދިއްދޫއާ 47.2 މޭލު ބޭރުން ކަނޑުގެ ބިމުގެ 10 ކިލޯމީޓަރު ފުނުންނެވެ. ބިންހެލުމުގެ ބާރުމިނަކީ 4.5 މެގްނިޓިއުޑެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ އުތުރުގެ ބައެއް ރަށްރަށުގެ ބިންގަނޑަށް ލޮޅުމެއް އެރިކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށާއި ރާއްޖޭ ގަޑިން ރޭ ދަންވަރު 1:47 ހާއިރު ލޮޅުމެއް އެރިކަން، ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑްކުރާ މީޓަރަށް ފާހަގަވެފައިވާ ކަމަށެވެ.
ބިންހެލުން އައި ހިސާބު އަދި އޭގެ އަސަރުކުރާނެ ކަމަށް ބެލެވޭ ސަރަހައްދު ފާހަގަކޮށްފައި
މި ލޮޅުމުގެ ސަބަބުން ރާއްޖެ އަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.
އުތުރުގެ ބައެއް ރަށްރަށުން ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށް ބުންޏެވެ. ބައެއް މީހުން ބުނި ގޮތުގައި ލޮޅުން އެރި ވަގުތު ނިދާފައި ތިބި ބައެއް މީހުންނަށް ވެސް ހޭލެވުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިގޫތާކިހާ
06 February 2020
ގަދީމީ ޒަމާނުގަ މިރާއްޖެ އުފެދުނީ ވޮލްކެނޯތަށް ފަޅައިގެންގޮސް އުފެދުނު ފަރުތަކާ ހިސާބުން ކަމަށް ބުނެވޭ. މިހާރު މިވީގޮތަކީ އެފަރުތަށް އޯވާލޯޑުވެ ބެލެންސުން ކަޓާވަރަށް ވެރިރަށުގަ އިމާރާކުރުމުގެ ސަބަބުން އެފަރުތަކުގަ ރެނދުލައި ކުޑަ ގުޑުން އެޖެސްޓްމަންޓްގެ ގޮތުގައި އަންނަން ފެށީ. މާލޭގެ ގެތަށް ނެގޭނީ ކިތައްބުރިއަށްތޯ ބެލުމުގެ އެއްވެސް ދިރާސާއެއްނެތި ކޮންމެގެއެއް 10 ބުރިއަށް ނަގަން ކޮންމެ ގެއެއްގެ ވެރިއަކު އުޅޭތީ އެކަމުގެ ފެށުން ކަންނޭގެ މިފެންނަނީ!
ކަޅުތާކިހާ
06 February 2020
ގުޑުން އައީ މާލެ އޮތް ދިމާއަކުން ނޫން. އުސް އިމާރާތްތައް ކުރިއަސް ނުކުރިއަސް ފަހު ޒަމާނުގައި ބިންހެލުންތައް ގިނަވާނެކަން އަންގަވާފަ އޮތީ. ރާއްޖެ ކަހަލަ ކުދި ޖަޒީރާ ހުރިހާ ގައުމަކަށް އޭގެ އަސަރު އެންމެ ފުރަތަމަ ކުރާނީ.
ހަސަނު1
06 February 2020
ހައް ހައް ހައް ހާ.... ކޮމެންޓް އޮފް ދަ ޑޭ. ހަމަ ހުސް ރޯނު އެދުރުން.
ފާފުކީ
06 February 2020
ސައިންޓިފިކް ތަހްލީލެއް ކުރުން މުހިއް މު. ވާގޮތް ބަލަން ޖެހޭބަ
ނަންނު
06 February 2020
މިދިވެހި ގައުމު ސަލާމައް ކުރައްވާށި އާމީން
މޮޑަރޭޓް
06 February 2020
އައި.އެސް ޖަމާއަތުން ނިކަމެތި ބަޔަކަށް ހަމަލާދިނުމަށްފަހު މާ ގިނަ ވަގުތުތަތެއްނުވެ ބިންހެލުން އައީ... މާތްﷲ ގެ ކޯފާއެއް އައުމުގެ ކުރިން އައި.އެސް ރާއްޖެއިން ނެތިކޮށްލަމާ
ޝުކުރިއްޔާ
06 February 2020
ވާ ގޮތް ކިޔާދެންތޯ؟ ރާއްޖެ އަޑީގައި އޮތް އިން އެކްޓިވް ވޮލްކޭނޯތައް އެކްޓިވް ވާން ފަށާކަމުގެ ނިޝާތައް މިއީ! މި ފަހަކައް އައިސް ތިކަހަލަ ބިން ހެލުންތައް ރާއްޖޭގައި ގިނަވާން ފަށައިފި. ގަވާއިދުން ޚަބަރު ކިޔުއްވާ ފަރާތްތަކަށް އެކަން އެނގޭނެ.
ފެޒް
06 February 2020
އަދި ތަންކޮޅެއް ތަފްސީލްކޮށް ކިޔާ ދީބަލަ
ތޭންކްސް
06 February 2020
އަދިވެސް ތަންކޮޅެއް ތަފްސީލްކޮށް ކިޔާދެއްވާ!
adam
06 February 2020
މާތް ﷲ އަޅަމެން ނަށް އަމާންކަން މިންވަރު ކުރައްވާށި !
ހޮޓްކިންގ
06 February 2020
ފަރުބަދަ ތަކެއް އުފެދެނީކަމަށްވެސް ވެދާނެ.
ޒަރިބު
06 February 2020
އަޅެ ސަހަލު ހަބަރެއް އެބަ އާދޭތަ. 2020 މިވީ ހާދަ އެހެންކަހަލަ އަހަރަކެށޭ! ތިޔަ ހެލުމަކީ ފަހުން ހެލެން ބޮޑު ހެލުމެއްގެ އަލަމާތެއް ނޫންކަމަށް ހީކުރަން