މި ފެބްރުއަރީ ނިމެން ގާތްވާއިރު، މި މަހު ވެސް ވަރަށް ކަމުދާ ސީރީޒްތަކެއް ބަލައިލަން ލިބުނެވެ. ބައެއް ސީރީޒްތައް އަދި މަހުގެ ފަހުކޮޅު ވެސް ދައްކަން އެބަހުއްޓެވެ. މި ބެލީ މިހާރު ރިލީޒްކޮށްފައިވާ ސީރީޒްތަކާއި އަދ. މި މަހު އަންނަ ހުރި އެހެން ބައެއް ސީރީޒްތަކުގެ އިހުތިޔާރުތަކެއް ދެވޭތޯ އެވެ. ދިވެހިން އެންމެ ގިނައިން ބަލާ ނެޓްފްލިކްސް، އެޗްބީއޯ، އެމެޒޯން އަދިވެސް އެހެން ބައެއް ނެޓްވޯކްތަކުގެ ސީރީޒްތަކުގެ ތެރެއިން މި މަހުގެ ޓޮޕް ސީރީޒްތަކެވެ.
ނާކޯސް: މެކްސިކޯ
މި ސީރީޒްގެ ދެ ވަނަ ސީޒަން ސްޓްރީމިންނަށް ދޫކޮށްލީ މިދިޔަ ހުކުރުގަ އެވެ. މިއީ ނެޓްފްލިކްސް އިން ކުރިން ގެނެސްދިން "ނާކޯސް" ސީރީޒްގެ ސްޕިން އޮފް ސީރީޒެކެވެ. ފުރަތަމަ މި ސީރީޒް ގެނެސްދިނީ ލިމިޓެޑް ޝޯއެއްގެ ގޮތުގަ އެވެ. ނަމަވެސް ފުރަތަމަ ސީޒަނަށް ލިބުނު ތަރުހީބު ބޮޑުވުމާ އެކު އިތުރު ސީޒަނަކަށް އާ ކުރީ އެވެ. މި ސީރީޒް ބަލަން ކޮންމެހެން، ތިން ސީޒަނެއް ހިމެނޭ، ނާކޯސްގެ އޮރިޖިނަލް ސީރީޒް ބަލާކަށް ނުޖެހޭނެ އެވެ. ހަމަ "ނާކޯސް: މެކްސިކޯ" ގެ ފުރަތަމަ ސީޒަނުން ފަށައިގެން ބަލަންވީ އެވެ.
ލޮކް ކީ
މި ވެސް ނެޓްފްލިކްސްގެ ސީރީޒެކެވެ. އާދަޔާ ހިލާފު ތަޅުދަނޑިތަކެއް ފެނި، ކުދި ބަޔަކަށް ދިމާވާ ކަންތައްތަކެއް ދައްކައިދޭ، ސުޕަނެޗުރަލް ހޮރީ މި ސީރީޒްގެ ފުރަތަމަ ސީޒަން މިހާރު ސްޓްރީމްކުރެވެ އެވެ.
ހައި ފިޑޭލިޓީ
ހުލޫ ނެޓްވޯކްގެ މި ސީރީޒްގައި ދައްކަނީ ބްރޫކްލިންގައި ރިކޯޑް ސްޓޯރެއް ހިންގާ އަންހެނަކު އޭނާގެ ކުރީގެ ލޯބިވެރިޔާ މަތިން ހަނދާން ނައްތާލުމަށް އުޅުމުގެ ތެރޭގައި މިއުޒިކާއި ޕޮޕް ކަލްޗާގެ ތެރެއިން އޭނާގެ ކުރީގެ އެހެން ލޯބިވެރިންގެ މަތިން ވެސް ހަނދާންވެ، ދިމާވާ ކަންތައްތަކެކެވެ.
އިތުރު ބައެއް ސީރީޒްތައް
- ނެޓްފްލިކްސްގެ "ކޭބަލް ގާލްސް" ސީޒަން 3
- އެޗްބީއޯގެ "ހައި މެއިންޓެނެންސް" ސީޒަން 4
- އެޕަލްގެ "މިތިކް ގެސްޓް: ރޭވެންސް ބެންކުއެޓް"
- އެމެޒޯންގެ "ހަންޓާސް" / ފެބްރުއަރީ 21
- ނެޓްފްލިކްސްގެ "އައި އޭމް ނޮޓް އޯކޭ ވިތު ދިސް" / ފެބްރުއަރީ 26 ގައި
- ނެޓްފްލިކްސްގެ "އެލްޓާރެޑް ކާބަން" / ފެބްރުއަރީ 27 ގައި
ރިއަލިޓީ ޓީވީ ޝޯތަކަށް ލޯބިކުރާ މީހުނަށް މި މަހު 16 ގައި ވަނީ އެމެރިކަން އައިޑޮލް ދައްކަން ފަށައިފަ އެވެ. އަދި އަންނަ ހޯމަ ދުވަހު "ދި ވޮއިސް" ވެސް ފަށާނެ އެވެ.