ވީބީ މާޓުން ކޮންމެ ދުވަހަކު 1،000ރ. ގެ ގިފްޓް ވައުޗަރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ވީބީ މާފަންނު މާޓާއި ވީބީ ގަލޮޅު މާޓުން ކުރާ ކޮންމެ 200ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ހޯދައިގެން 1،000ރ. ގެ ގިފްޓް ވައުޗަރެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވައިލާފަ އެވެ.
ވީބީ ބްރާދާސް އަކީ ރާއްޖޭގައި އެންމެ ދުވަސްވީ އެއް ކުންފުންޏެވެ. އެ ފިހާރަ ހުޅުވީ ވާލީ ބްރަދާސްގެ ނަމުގައި 1979 ވަނަ އަހަރު އެވެ. އެފިހާރައިގެ މައިގަނޑު މަގްސަދަކީ އަތް ފޯރާ ފަށުގައި، ފެންވަރު ރަނގަޅު އުފެއްދުންތަކެއް އާންމުންނަށް ފޯރުކޮށްދިނުމެވެ.
މިދިޔަ ދުވަސްތަކުގައި އެ ކުންފުނިން ވަނީ އާންމު ކާބޯތަކެތީގެ ގިނަ ބްރޭންޑްތަކެއް ތައާރަފްކޮށްފަ އެވެ.
އޭގެ ތެރޭގައި ކެލޯޖްސް އާއި ޕްރިންގަލްސް އާއި މާސް، ސްނިކާސް އާއި ޓްވިކްސް، ބައުންޓީ އާއި އެމް އެންޑް އެމްސް އާއި މޯލްޓެސާސް އާއި ޖޯންސަން އެންޑް ޖޯންސަން އާއި ގާނިއާގެ އިތުރުން ލޯރިއަލް އާއި ޓްރޮޕިކާނާ ސްލިމް ފަދަ ބްރޭންޑްތައް ހިމެނެ އެވެ.