ކުޅުދުއްފުށީ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: އިރުޝާދު
20 އެޕްރީލް 2020 - 00:44
ހުއްދަ ނެތި ކެނޯއެއްގައި ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލައި އެހެން ރަށަކަށް އެރި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ އެއް ރަށުން އަނެއް ރަށަށް އެރުން މަނާކޮށްފައިވަނިކޮށް، ކެނޯއެއްގައި ހދ. ނޮޅިވަރަމްފަރުން ފުރައިގެން އުޅެނިކޮށް ބަންޑުން ޖަހާލީ ކަމަށް ބުނެ ކުޅުދުއްފުއްޓަށް އެެރި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 23-30 އަހަރުގެ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން ނޮޅިވަރަމްފަރުން ފުރާފައި ވަނީ އެ ރަށުގެ ހުޅަނގު ފަރާތުން ކަމަށާއި، ކެނޯ ބަންޑުން ޖަހާލާފައިވަނީ ކުޅުދުއްފުށި އެއާޕޯޓް ރަންވޭ ހުޅަނގު ކޮޅުން ކަމަށް އެ މީހުންނާ ހަވާލާދީ ފުލުހުން ބުންޏެވެ. އަދި އެ ދެ މީހުން ދިޔަ ކެނޯއަކީ ވެރިފަރާތުގެ ހުއްދަ ނެތި ނަގާފައިވާ ކެނޯއެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް އެއްރަށުން އަނެއް ރަށަށް އެރުން މިހާރު ވަނީ މަނާކޮށްފަ އެވެ. ސަރުކާރުން މި ނިންމުން ނިންމާފައި ވަނީ މާލެ އިން ކޮވިޑް-19 ފެނި ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔަ ހިސާބުންނެވެ.
މުޅި ރާއްޖެ އިން މިހާތަނަށް މި ބަލީގެ 52 މީހުން ފެނިފައިވާއިރު އޭގެ ތެރެއިން 32 ފެނިފައި ވަނީ މާލެ އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޮޅިވަރަން
20 April 2020
ނޮޅިވަރަންފަރު ބައެއް ނޫން އެއީ.... ނޮޅިވަރަމުން ފުރައިގެން ނުކުތް، ނޮޅިވަރަމު 2 މީހުން އެއީ...
ނާއިމް
20 April 2020
ނޮޅިވަރަމްފަރެއް ނޫން... ނޮޅިވަރަމް
ސުޕް
20 April 2020
ދިވެހިންގެ ތެރޭ މިގޮތަށް އުޅޭ މީހުން ވަރަށްގިނަ. މި މީހުން މައިތިރި ކުރެވޭނީ މި މީހުންގެ ހަމަތަކަށް ވެރިން މަސްއޫލުވެރިން ފެތިގެން. އެއީ ހިތަށް އެރި ގޮތަކަށް ކަންތައް ކުރުން. ގަވާއިދަކަށް ބެލުމެއްނެތި ލަޓިބުރިއަކުން ޖަހައި އަމިއްލައަށް ނުތެދުވޭވަރަށް ބިންމައްޗަށް ދަމާލުން
ހައްޕުނޑު
20 April 2020
ޒަރޫރީ ސާމާނު ހުސްވީމަ ފަތާފައިވެސް ދާނެތާއެވެ. ގޮސްދޭނެ ދޯންޏެއް ނުވަތަ ލޯންޗެއް ނުލިބުމުން މިފަހަރު އެ ދިޔައީ ކެނޯއެއްގައެވެ. އަދި ބޮނބި ދޯނީގައިވެސް ދާނެއެވެ. ތިޔަ ބައިގަނޑެއް ބޮޑުކޮށް މިފަހަރު އެނގި ފާޅުވަމުންދާތަން ނުހަނު ގާތުން ފެންނާނެތެވެ. މީހުން ކިޔައިނުދޭ ލައްކަ ވާހަކަ މި ބަލިމަޑުކަމުގެ ތެރެއިން އެނގި ހާމަވާނެއެވެ. ވަﷲ އައުލަމް
falcon_autho
20 April 2020
ޒަރޫރީ ތަކެތި ހުސްވީމާ އަންގަންޖެހޭ ފަރާތްތަކުގެ ފޯނު ނަންބަރުތަކާއި ރަށު ކައުންސިލާއި ސިއްޙީ މަރުކަޒުވެސް ހުންނާނެ އަންގަން. އެދެމީހުންނަށް އެކަނިތޯ އެރަށުން ޒަރޫރީ ތަކެތ ހުސްވީ. ފަހަރުގައި "ޒަރޫރީ" މަސްތުވާތަކެތި ހުސްވުން އެކަށީގެންވޭ ދަތުރުތައް ހުއްޓުނީ. ފުލުހުން މައްސަލަ ތަހްގީގު ކޮށްފައި ޖިނާއީ ކުށުގެ ދައުވާ ކުރަން ފޮނުވާލާ ޕްރޮސެކިއުޓަރަށް.
ހާމަ333
20 April 2020
އަދި ދާނެ ބޮނބި ފަޅިއެއްގަވެސް ފުޅިމަދު ކޮޅެއްގަވެސް...ސޯމާލިއާ އަށް މިތަން ނުވިއްޔާ ދެން ރަނގަޅު...ދިވެހިން ޖެހޭނީ އޮބިއަޅާފަ ބައިތިއްބަން....ހަމަ ދޫވީ ބަޗާނެ....ދެން ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ...
ކޮއްކޮ ބޭ ގެ ހަސަން ބެ
20 April 2020
އެ 2 މީހުން ވެސް މާދަމާ ފްލައިޓުން އެކޮޅަށް ފޮނުވާލަ !