ކޮވިޑް-19 އަށް ފަރިތަކުރަން މީގެ ކުރިން ބޭއްވި ޑްރިލެއް ކުރިއަށްގެންދަން ޓީޗަރުންގެ ފްލެޓަށް ވަންނަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
25 މެއި 2020 - 19:24
ޓީޗަރުންގެ ފްލެޓަށް ދައްކާ ކުލި މާފުކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއަށް އަދި ވެސް ޖަވާބެއް ނުލިބޭތީ، އެ ތަނުގައި ދިރިއުޅޭ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގައި ދިރިއުޅޭ މީހުންނަށް މި ދުވަސްވަރު ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށްޓަކައި، އެ ތަންތަނުގެ ކުލި ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ އުސޫލުގެ ތެރެއިން ކުލި މާފުކޮށްދިނުމަށް އެދި އިއްޔެ ނިމުނު ރޯދަ މަހުގެ ކުރިން ސިޓީ ވަނީ ފޮނުވައިފަ އެވެ.
އެދުރުހިޔާގައި 80 އެޕާޓްމަންޓު ހުންނައިރު، ފަސް ތަނެއް ފިޔަވައި ބާކީ ހުރި ތަންތަން ދޫކޮށްފައިވަނީ ޓީޗަރުންނަށެވެ. އެ ފަސް ތަން ހާއްސަ ކޮށްފައި ވަނީ ސީދާ އެޑިއުކޭޝަން މިނިސްޓްރީ އަށެވެ. ޓީޗަރުންގެ ފްލެޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މެއިންޓަނަންސް ފީގެ ގޮތުގައި 1،000ރ. އާއެކު ކޮންމެ މަހަކު ވެސް 6،000ރ. ދައްކަން ޖެހެ އެވެ.
އޭނާ ބުނިގޮތުގައި ބުރަ މަސައްކަތް ކުރަމުން އަންނަ ޓީޗަރުންނަށް ރަނގަޅު އާމްދަނީއެއް ނުލިބޭއިރު، ޓީޗަރުންނާ ދޭތެރޭ މިހާތަނަށް ރަނގަޅަށް ކަންތައް ކުރި ސަރުކާރެއް ނެތެވެ.
ކަންބޮޑުވުން ފާޅުކޮށް "މިހާރު"އާ ވާހަކަ ދެއްކި ޓީޗަރަކު ބުނީ، މާލީގޮތުން ދިމާވެފައިވާ ދަތިތަކާ ހެދި ކުލި މާފުކޮށްދިނުމަށް އެދި 65 ޓީޗަރުންގެ ސޮޔާއެކު ރައީސްގެ އަރިހުގައި އެދިފައިވާ ކަމަށެވެ. އެ ސިޓީ އެޑިއުކޭޝަން މިނިސްޓްރީ އަށް ވެސް ފޮނުއްވާފައިވާ ކަމަށް ބުންޏެވެ.
"ޓީޗަރުންނަށް ބޭސިކް މުސާރައިގެ ގޮތުގައި މި ލިބެނީ 10،000 ވަރު. އާއިލާގެ އެހެން މީހުންނަށް ލިބޭ އާމްދަނީ މި ވަނީ ވަރަށް ބޮޑަށް ދަށްވެފައި. އެހެންވެ ކުލި މައާފުކޮށްދޭން އެދުނީ. އެހެން ނޫނީ ކޮންމެ ވެސް ވަރެއްގެ ލުޔެއް ހަމަޖައްސައިދިނުމަށް،" ނަން ހާމަނުކުރަން އެދި ވާހަކަ ދެއްކި ޓީޗަރަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި ބުރަ މަސައްކަތް ކުރަމުން އަންނަ ޓީޗަރުންނަށް ރަނގަޅު އާމްދަނީއެއް ނުލިބޭއިރު، ޓީޗަރުންނާ ދޭތެރޭ މިހާތަނަށް ރަނގަޅަށް ކަންތައް ކުރި ސަރުކާރެއް ނެތެވެ.
ކުލި ދެއްކުން ލަސްވެއްޖެ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް ލޮކްޑައުން ވުމުން އެކަމުގައި ފަސޭހަ އިންތިޒާމެއް ވެސް ހަމަޖައްސާފައި ނުވާ ކަމަށް އެހެން ޓީޗަރަކު ބުންޏެވެ.
"ޓީޗަރުންނަށް ބޭސިކް މުސާރައިގެ ގޮތުގައި މި ލިބެނީ 10،000 ވަރު. އާއިލާގެ އެހެން މީހުންނަށް ލިބޭ އާމްދަނީ މި ވަނީ ވަރަށް ބޮޑަށް ދަށްވެފައި"
"އެޕްލިކޭޝަނެއް ޑައުންލޯޑު ކޮށްގެން، މެއިލްކޮށްގެން، ރިކުއެސްޓު ކޮށްގެން، ވެސް އަދި މެއިލްއަކަށް ޖަވާބެއް ނުލިބޭ. އެކައުންޓު ނަމްބަރެއް ދީފި ނަމަ ވެސް ޓްރަންސްފާ ކޮށްލެވޭނެ. ޓެކްނޮލޮޖީގެ ގޮތުން ވަރަށް ދަށްކޮށް އުޅެނީ،" އެ ޓީޗަރު ބުންޏެވެ.
އެދުރު ހިޔާގެ އެޕާޓްމަންޓް ކުއްޔަށް ދީފައި ހުންނަނީ ތިން އަހަރަށެވެ. އެ ތިން އަހަރު ހަމަވުމުން އެގްރިމެންޓް އާ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވާކޮއްފައި ބުނަން
26 May 2020
އަހަރެންނަށް އެނގޭ ތިޔަތަނުން 6000ރ އައް 2 ކޮޓަރި އެޕާޓްމަންޓެއް ހިފައިގެން އުޅޭ ޓީޗަރެއް! އޭނާ ހުންނަނީ އެތަން 18000ރ އަށް އެހެން ފަރާތަކަށް ކުއްޔަށް ދީފައި. މީ ތުންތުންމަތިން އަޑުއެހި ވާހަކައެއްނޫން، މީކަނޑައެޅިގެން އެނގޭވާހަކައެއް.
ޝަލީމް
26 May 2020
ޓީޗަރުން ނަށް މުސާރަ ނިދެނީތަ؟
ޅިޔަނުބެ
26 May 2020
މިބައި މީހުނަށް ޒަކާތްވެސް ކުޑަ ކުރަންގުޅާނެ
ހަސަނު1
26 May 2020
ޓީޗަރުންނާއި މެދު އިހާނެތި ކޮށް ކޮށްފައި ހުރި ކަންތައްތަކުގެ ތެރޭގައި ފްލެޓް ހޯދައި ދިނުމާއި 6000 ރުފިޔާއަށް ކުލި ދައްކަން ޖެހުމާއި މަސައްކަތެއް ނުކުރިޔަސް މުސާރަދިނުންވެސް ހިމެނޭތޯ؟އެހެން ދާއިރާތަކުގެ މީހުންނަށް ފްލެޓް ނުލިބޭތާ ކުލިވެސް ކުޑަނުވޭ އަދި މުސާރަވެސް އުނިވެފަ ވަނީ
މުޖީބޫ
26 May 2020
ތިތާ އުޅޭ ޓީޗަރުންނަށްވާ ވަރަށް ކުޑަ އަގެއްގައި އެބަ އުޅެވެއެއް ނޫންތަ؟ ހަމަ ތި ޓީޗަރުންގެ ގިނަ ބަޔަކީ މިހާރުވެސް ބޮޑު ރެންޓް ދީގެން މާލޭ ގޭގައި އުޅޭ މީހުން، ދެއްވާ މިންވަރަށް ހަމްދުކުރުމަކީ ވަރަށް ރަގަޅު ސިފައެއް
ޞެއިހް ކަނޑޫދޫ މިރުސް
26 May 2020
ޓީއުސަން ދެއްވައިގެން ޓީޗަރުން ނަށް ލިބޭވަރު ވެސް ހާމަކޮށްލިނަމަ ފުރިހަމަ ވީސް ޙަފްތާ އަކު 3 ދުވަހަށް ބޮލަކަށް 1 ގަޑިއިރަށް މަދުވެގެން ‐/2000 ޜ. ޢެޢީ ވަރިހަމަ އަލިފު ބާ ކިޔަވާ ދިނަސް
ޢެޑްމުންޑޯ
26 May 2020
މަހަކު 7000ރުފިޔާ އެއީ ބޮޑު އަދަދެއްނޫން ، އަހަރަމެން މިތިބެނީ 15000ރުފިޔާ ގެ ތަނެއްގައި ، އަނެއްކާ ތިމީހުންނަށް ބަރާބަރަށް މުސާރަ ލިބޭ ، ކޮންމެ ކަމެއްގައިވެސް ނާޖާއިޒް ފައިދާ ނަގަން އުޅެނީ ،
ޑަކްޓަރު
28 May 2020
7000ރ އެއް ނޫން. 6،000ރ އެއީ މެއިންޓެނަންސް 1000 ވެސް ލައިގެން.
ޜައްޔިތުއާއިސަ
26 May 2020
ފިތުރު ޒަކާތުގެ ގޮތުގަލިބުނު ފައިސާކޮޅު މުސާރަލިބޭ މިފަގީރުޓީޗަރުންނަށް ހަދިޔާކުރަންފެނޭ
އަޙްމަދު ޒަކީ
26 May 2020
ތިތާ މީހަރުވެސް އުޅެނީ، މާލޭގައި ގޯތި ހުރި ނުވަތަ ފްލެޓް ހުރެފައު، އެތަންތަން ކުއްޔަށް ދީގެން އުޅޭމީހުން. ހާލުގައި އުޅޭ ޓީޗަރުންނަކަށް ތިތަނުން ޖާގައެއް ނެތް. ހަމަ ސިފައިންނަށް ބަޑޭރިކޮށިން ގެ ދިންގޮތަށް ދީފަހުރީ. ސިފައިންގެ ދަރިންތައް ބޮޑެތިވެގެން އުޅެވޭނެ ގޮތެއް އޮތްއިރުވެސް ހާލުގައި އުޅޭ ސިފައިންނަށް ފުރުސަތެއް ނެތް.
އައްޔު
26 May 2020
ފޭކް ވާހަކަ. 6 ހަހާސްރުފިޔާ އެއީ ކުޑަ އަދަދެއް. ޓިޗަރުންނަށް 15ހާްސް ޖެހޭ