03 ޖޫން 2020 - 19:30
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރު ނުކުރެވޭތީ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފައި ވަނިކޮށް މިރޭ ބާއްވާ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް އޭނާ ހާޒިރުކުރަން ނިންމައިފި އެވެ.
އޮންލައިންކޮށް މިރޭ 9:30 ގައި ބާއްވާ ކޮމެޓީއަށް މިނިސްޓަރު ނަހުލާ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެރިން ހާޒިރު ކުރަނީ ކޮވިޑް-19އާ ގުޅިގެން އެ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާ ގުޅޭގޮތުން މަޝްވަރާ ކުރާށެވެ.
މި ކޮމިޓީން ނަހުލާ ޖަވާބުދާރީކުރުވާއިރު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ވެސް އޭނާ ހާޒިރުނުކުރެވިގެން ބައެއް މެމްބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އެ ކޮމިޓީ އަށް އޭނާ ހާޒިރުކުރަން މިހާރު ނިންމާފައި އޮތީ އަންނަ ހޯމަ ދުވަހެވެ.
Nahula committee ah haaziru nukureveythy memberun rathah!
The most trusted news source in the Maldives
Mihaaru
ނަހްލާ ކޮމެޓީއަށް ހާޒިރު ނުކުރެވޭތީ ފާޑު ވިދާޅުވުން
އެ ކޮމިޓީގެ މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި، ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް އާއްމުންގެ އެބަހުއްޓެވެ. އެކަންކަމާ މެދު މިނިސްޓަރު ޖަވާބުދާރީ ކުރުވަން ކޮމިޓީ އަށް ހާޒިރުނުކުރެވުމަކީ މައްސަލައެއް ކަމަށް ބައެއް މެމްބަރުން ވިދާޅުވެފައިވެ އެވެ.
މެމްބަރުން ވިދާޅުވީ ކޮމިޓީ އަށް ހާޒިރުވާން އެންގުމުން އެކަން ނުކުރައްވަން ނަހުލާ ދައްކަވަނީ އެކި ސަބަބުތައް ކަމަށެވެ. އޭނާ މިހާތަނަށް ކޮމިޓީއަށް ހާޒިރުވެވަޑައިގަތީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަކިކުރާ މައްސަލާގައިި އެކަނި ކަމަށް މެމްބަރުން ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުން ވެސް ގެންދަވަނީ އެ މައްސަލާގައި ނަހުލާއަށް ފާޑު ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
04 June 2020
ތިމީހުންހާޒިރުކުރާ މަޖުލީހުގަ ތިބިމީހުންގެ ފެންވަރުޗެކުކޮށް ފާސްނުވާ އެންމެން ވަކިކޮށްބަލަ
ފޫހި
03 June 2020
އަލީ ވަޙީދާއި ޢާއިޝާއަކީ މިހާރު ރުއްސަވާފައިވާ ދެމީހުންނޭ އެބަކިޔާ. ޢެހެންވީމާ މި ދެ މީހުންގެ ވާހަކަ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ނަދައްކާނެ. ވަރަށްވާހަކަ.
އަލިފުޅު3
03 June 2020
މި ސަރުކާރުގެ ގެ ކެބިނެޓުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ހީވާގި، ކަންކަމުން ނަތީޖާ ނެރޭ، ވަޒީރުންގެ ތެރޭ ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ހިމެނޭ. އެކަމަނާ އަށް ފާގަތި މުސްތަގްބަލަކަށް އެދެން...
މިވަރެއްނެތް
03 June 2020
ޢާއިޝާއަށް މަޤާމުދިނީ މާމައްޗަށް ކިޔަވާ ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ ތަޖްރިބާ ހުރެގެނެއްނޫންދޯ؟ އެއީ ޖޭޕީ ގެ ސްލޯޓެއް. ޖޭޕީއަކީ ޤާސިމު ޖީބުން ހޭދަކޮށް ޤާސިމުގެ ކެމްޕެއިންކުރާ ތަނެއް. އެޕާޓީގެ ސްލޯޓަކަށް ޤާސިމު ބޭނުންމީހަކު ލާނެ. މައުމޫނުގެ ސްލޯޓަށް މައުމޫނުވެސް ޒަހާމެން ކަހަލަ ބޭފުޅުން އައްޔަންކުރޭ. އަދި އެމްޑީޕީ އަށް ނިސްބަތްވާ ނާގާބިލުމީހުންވެސް ސަރުކާރުގަ އެހާގިނަ. ނާގާބިލު ސަރުކާރެއްގައި އާއިޝާ ގާބިލުވާންވީ ކީއްވެ؟ ރައީސުއިބޫ ވަކި މޮޅުތަ؟
ނަޝީދު.
03 June 2020
ކަޑާފަ ގެޔަށް ފޮނުވާލާ!
ރައްޔަތު އަހުމަދު
03 June 2020
މަޖިލީހުގަ ތިބީ އޯލެވެލް ފެންވަރު ނެތް ބަޔެއް ގައުމީތަރައްގީ ރޭވީމަ ވާނެ ގޮތް ތަޞައްވަރު ކޮށްލައްވާ.! މަތީ ތައުލީމު ޙާސިލުކުރާ ނުވަތަ ކޮށްގެން ތިބި މީހުން އުޅެންވާގޮތާއި ގައުމު ބިނާކުރާ ގޮތް ކިޔަން މިތިބީ އަލިބާ ނުޖަހާތިބި ގަމާރުން ތަކެއް.. އަދިވެސް ނުވޭތޯ މިކަން ބަދަލުކުރަން.. މަދުވެގެން ތައުލީމީފެންވަރު މާސްޓަރ+10އަހަރުގެ ތަޖުރިބާ.. އެލެކްސް އާއި މިތިބޭ ދެބޯގެރިން ލައިގެން މިގައުމު ވާނީ ހަމަ ހަލާކު..
މުބީނު މާރނީ
03 June 2020
މާސްޓާރސް ޑިގްރީ އާއި ޕީ.އެޗް.ޑީ އޮތް ޑޮކްޓަރ މުހައްމަދު ވަހީދު ގެ ވެސް. ތިމާ މީހާ އަށް 2 މީހުނާ ފަޅި ވޯޓު ނުލާނެ ކަން ތިމާ މީހާ އަށް ނުވިސްނުނު.
ޝާޑު
03 June 2020
މިނިސްޓަރުފެންވަރުގާވެސް އެތިބީ އޯލެވެލް ފެންވަރުމީހުން.
ރަދީފު ބުން ކުމާރު
03 June 2020
ބައެއްމީހުން ކިޔާ މީ މުޅިސަރުކާރުގައިވެސް ހުރި އެންމެ ހިންގުތެރި މިނިސްޓަރޯ..... މިވީ ކިހިނެއް؟
މަގުފުޅާޓިނު
03 June 2020
ހިންގުންތެރިކަން ކުރިއަރާގޮސް ދެން ތިބި މިނިސްޓަރުން ގައިން ހީބިހިނަގާ ހިސާބަށް ދިޔައީ..........
ރީތި މޫސަ
04 June 2020
އެމްޑީޕީ މީހަކަށް ވަޒިފާއެއްބޭނުންވެގެން ހުސްމަޤާމެއް ހޯދާލެވޭތޯބަލަންވެގެން
ޖަންމު
03 June 2020
މި ކީއްކުރާ މިނިސްޓަރެއް؟
ކޮކްޓެއިލްރައީސް
03 June 2020
އަލީވަހީދު ގާތު އަހަންވާނީ..