ޖަސްޓިސް ބިލްޑިން: ޔޮޓް ޓުއާސަށް ފައިސާ ދައްކަން އެލައިޑްގެ މައްޗަށް ވަނީ ހުކުމް ކޮށްފައި -- ފޮޓޯ/މިހާރު
19 ޖުލައި 2020 - 15:11
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ކުންފުންޏަށް 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ ހުކުމް އައީ ޔޮޓް ޓުއާސް އިން ކުރިން ހިންގި ހއ. އަލިދޫ ރިސޯޓަށް 2014 ގައި މޫސުން ގޯސްވެ ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ފައިސާ ހޯދަން ހުށަހެޅުމުން، އެ ފައިސާ ދޭން ނުޖެހޭ ކަމަށް އެެލައިޑުން ނިންމުމުންނެވެ.
އެ މައްސަލަ އަލުން ބެލުމަށް ފަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ޔޮޓް ޓުއާސް އިން އިންޝުއަރެންސްގެ ޕްރިމިއަމް ދައްކާފައިވާއިރު، އަލިދޫ ރިސޯޓަށް އޭރު ލިބުނު ގެއްލުންތަކަށް ދެ ފަރާތުގެ ދެމެދުގައި އޮތް އިންޝުއަރެންސް ޕޮލިސީގެ ދަށުން ބަދަލު ދޭންޖެހޭ ކަމަށެވެ. އެހެންވެ، އެ ޕޮލިސީގެ ދަށުން، ލިބުނު ގެއްލުންތަކަށް 22.7 މިލިއަން ޑޮލަރު އެލައިޑުން ޔޮޓް ޓުއާސް އަށް ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައި، އެ ފައިސާ މިއަދުން ފެށިގެން ހަ މަސް ތެރޭގައި ކޯޓަށް ދައްކަން އަންގާ ކަމަށް ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމުގައިވެ އެވެ.
ޔޮޓް ޓުއާސް އިން ކުރިން އެ މައްސަލައިގައި ދައުވާ ކުރުމުން ސިވިލް ކޯޓުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައިފަ އެވެ. އެކަމަކު، ޔޮޓް ޓުއާސް އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ވަނީ ސިވިލް ކޯޓުން އަލުން އެ މައްސަލަ ބެލުމަށް އަމުރުކޮށްފަ އެވެ. އެ ހުކުމް އެލައިޑްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތުބަތާނަ
20 July 2020
މދިުވަސްކޮޅު ރައީސް މީހާއަށް މާގިނައިން ސަނާކިޔާތީ ވީގޮތެއް ތޯއްޗެ؟
ކަނބިލި
19 July 2020
އަނެއްކާވެސް ބައި މީހަކަށް ލާރި ގަނޑެއް
ވޮޗްޑޯގް
19 July 2020
އަލިދޫއަށް 2014 ގައި ސުނާމީއެއް އެރީތަ؟
ރިތި މޫސަ
19 July 2020
ޔޮޓްޓްއާސްއާދޭތެރޭވެސް ތިގޮތަށްވާނެބާ؟ ވަރަށްދެރަތިޖެހުނީ އެލައިޑް ބަންދުކުރަން އެހެންވެއްޖެނަމަ ގިނަދިވެހިކުންފުނިތަކެއް ހާލުގަޖެހޭނެ
ފިތުރޯނު އެދުރު
19 July 2020
ޖޫޑީޝަރީ ތިއޮތީ ވަރަށް ރަނގަޅަށް އިސްލާޙް ވެފައެވެ.
އަހުރެންގެ ޚިޔާލް
19 July 2020
އެލައިޑް އިންޝުއަރެންސް އިން ތިޔަ ފައިސާ ޖެހޭނީ ދައްކާށެވެ. ބަޓް ޔޮޓްޓްއާސްއިން ސަރުކާރަށް ދައްކަން ޖެހޭ 100 މިލިަން ޑޮލަރެއް ނުދައްކާނެއެވެ.
އެވޭލާ އަހުމަދު
19 July 2020
ޖޫޑީޝަރީ ވަނީ އިސްލާޙްވެ ނިމިފައި
ފަތު އަޑު
19 July 2020
އަނެއކޮޅުން ޔޮޓްޓްއާސް އިން ސަރުކާރަށް ދައްކަންޖެހިފައިވާ ފައިސާ އަކީވެސް ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ޢަދަދެއްގެ ފައިސާ، އެކަމަކު އެފައިސާ ހޯދަން އެއްވެސް މަސައްކަތެއްކުރުމަކަށް ސަރުކާރުގެ ކުޅަދާނަކަމެއް ނެތް، މިއީ ފަހެ ހައިރާންވާން ޖެހޭ ކަންތަކެއް ނޫންތޯ
މުހައްމަދު މާޖިދު
19 July 2020
ޖުޑިޝަރީ އިސްލާހުވެފައިވާކަމުގެ ފުރިހަމަ ހެއްކެއް. ދެންހިނގާ ބާރަށް އަތްޖަހާލަމާ.
އަލީރާޖާ
19 July 2020
އެލައިޑުގެ ވާހަކަ ރަގަޅުވާނީ ނުދެއްކިއްޔާ. އެމީހުން އަތުން އެއްޗެއް ހޯދަންޏާ ޖެހޭނީ ކޯޓަށް ދާން. އެކަން ނިމޭނީ 5 ނޫނީ 6 އަހަރުން. މިއަށްވުރެ ފަސޭހައިން އިންޝުއަރ ކުރާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭ.