ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް.
23 އޮކްޓޯބަރ 2016 - 16:57
ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާޕަސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އިންތިހާބުކޮށްފި އެވެ.
މީގެ ދެ ދުވަސް ކުރިން ބޭއްވި ވިކްޓަރީގެ އާއްމު ޖަލްސާގައި މުހައްމަދު އިސްމާއިލް މަގާމަށް އިންތިހާބުކުރީ، ކުރިން އެ މަގާމް ފުރުއްވި ރައްޔިތުންގެ މަޖިލީގުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު އިސްތިއުފާ ދެއްވާފައިވާތީ އެވެ. ކްލަބުން އާއްމު ޖަލްސާގެ ތަފްސީލްތައް އާއްމުކުރީ މިއަދެވެ.
މި ޖަލްސާގައި ވަނީ ވިކްޓަރީގެ ހިންގާ ކޮމިޓީން ހުސްވެފައިވާ ދެ މަގާމަށް މެމްބަރުން އިންތިހާބުކޮށްފަ އެވެ. އެ ދެ މަގާމަށް އިންތިހާބުކުރީ ކުރީގެ ކުޅުންތެރިއާ އަހުމަދު އަރީޝް (ޕަޓޭ) އަދި އަންހެން ފުޓްބޯޅަ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މަރިޔަމް މުހައްމަދު (މާޔަން) އެވެ.
ސިޔާސީ ދާއިރާ އިން ގިނަ ބަޔަކަށް ފާހަގަކުރެވުނު މުހައްމަދު އިސްމާއިލް މީގެ ކުރިން ކުޅިވަރުގައި ރަސްމީ ހައިސިއްޔަތަކުން ހަރަކާތްތެރިވެފައެއް ނުވެ އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު ކްލަބް 2012 ގެ ފަހުން އަޑިއަޅާލާފައިވާއިރު މި އަހަރުގެ ކުރީކޮޅު ހަވާލުވި މެނޭޖްމަންޓާ އެކު އެދެވޭ ބަދަލުތަކެއް އަންނަނީ ފެންނަމުންނެވެ. އެކަމަކު މި ފަހަރު އެ ޓީމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަޔަކުން ފުރުސަތު ނުލިބުމުން، ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކުރަން ޕްލޭއޮފް ވަނީ ކުޅެން ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރާހަމަވީ،!
25 October 2016
السلام عليكم ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، މުހައްމަދު އިސްމާއިލް ތިޔައީ ވަރަށް ކުރިންސުރެ ބަލަމުން އަންނަ ހުވަފެނެއް މުހައްމަދު އިސްމާއިލް އެހެންނު ؟ ﷲ އިރާދަފުޅުކުރެއްވިއްޔާ ތިކަމުގަ ރަންގަޅު ކާމިޔާބެއްލިބުމައް އެދެން އެކަމަކު ތވަރު ކަމަކާ ހަވާލު ވެގެން ކުރިޔާ ހިލާފައް ބަދަލުގެން ނަން ޖެހޭ ކަނަްތައްތަކެއް ހުރިކަން ހާދާންކޮއްދެން ރައްޓެއްސަ ކައްވާތީ މިހެންބުނީމަ ހަމަހޭ ހުރި އިންސާނަކައް ވީތީ މިކަމާ ވިސްނާނެ ކަމައް ބަލަން އިފގިދާނެތާ ! ، ان شاء الله ، آمين ،،،،،!.
ރިންސް
24 October 2016
މިނޫންބަޔަކު މިހާރު އިންތިހާބަކަށް ކިރިމަތިލުން މި ގައުމުގައި މަނައީތަ. އަޖައިބުވެ އަންތަރީސްވެއްޖެ
ވާނުވާ
23 October 2016
ހަނދާން ހުންނަން ފެށީއްސުރެ ސަޕޯރޓްކުރަނީ ވިކްޓަރީއަށް އެކަމަކު ސިޔާސީ ކުޅިގަނޑާ ދުރު ފުޓުބޯޅައަށް ލޯބިކުރާ ބަޔަކު ތިކަމަށް އިސްނަގަންދެން ވަގުތީގޮތުން ވިކްޓްރީއަށް ސަޕޯރޓްކުރުން ހިތާމަޔާއެކު ހުޓާލަމެވެ.
ތޮމް
23 October 2016
ހަމައެކަނި އިންތިހާބައް ޓަކާ ، ނިމުނީމަ އިސްތިއުފާ
މަ
23 October 2016
ހަނދާން ހުރިންސުރެ ސަޕޯރޓްކުރަނީ ވިކްޓަރީއަށް އެކަމަކު އެހެން މީހަކު ޗެއާރމަނަކަށް އަންނަންދެކަށް ވަގުތީގޮތުން ވިކްޓްރީއަށް ސަޕޯރޓްކުރުން ހިތާމަޔާއެކު ހުޓާލަމެވެ.
ރަދީފް އެންޑް ރަފައިދާ
23 October 2016
މިހާރުވެސް މިދައްކަނީ ކުޅިވަރަށް ސިޔާސީ މީހުން އަތްބާނާ ވާހަކަ. ހަމަ އެވާހަކަ ދައްކަދައްކާ ހުއްޓާ އެ ޗެއާޕާސަނަަށްހެދީ. އެހެންނަމަވެސް ވިކްޓްރީއަށް ކާމިޔާބަށް އެދެން. އަދި ކާޑު ބަސްތާލިބޭގޮތަށް ލާރިބަސްތާ ލިބޭނެކަމަށް އުންމީދުކުރަން.
އަލިދީދީއައްޑޫސިޓީ
23 October 2016
މިވެސް މިހާރު ދެން ގާނޫނަކުން ނަމަވެސް އޮބަހައްޓަން ވެއްޖެ ކަމެއް. މަޖިލިސް މެމްބަރުން ރާއްޖޭގެ ކުޅިވަރު ކުލަބުތަކާއި ކުޅިވަރު އެސޯސިއޭޝަން ގެ ވެރިންނަށް ލައިގެން ކުޅިވަރު ސިޔާސީކޮށްގެން ޒުވާނުންގެ ކުޅިވަރުގެ ތެރެއިން ވެސް ސިޔާސީ ފައިދާ ނެގޭތޯ މިބަލަނީ.
ޭޛޖ
23 October 2016
ގޯނި ހިފައިގެން ދުވި މީހާގެ އަތުގައި ވަރަށް ފައިސާ ހުންނާނެތާ. ޢެފައިސާ ޖެހޭނެ ކޮނަމެވެސް ގޮތަކަށް ހަރަދު ކޮށްލަން. ތިއީ ކަންނޭގެ އެންމެ ރަގަޅު ގޮތަކީ އެފައިސާ ހަރަދުކޮށްލަން.
ކުޅިވަރު
23 October 2016
ތިދެން ނިމުނީ ގޯނިގޯނިން ދޭނެ ކުރިޔައް ޖައްސާލީ