ޚަބަރު / މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން

މާ ކުރިން ފިލްމު ފެނިއްޖެ، ނިމޭ ގޮތް އެނގޭ: އުމަރު

އިދިކޮޅު އިއްތިހާދުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ދަނީ. -- ޓްވިޓާ ފޮޓޯ: މޫސާ އަންވަރު

މާކުރިން ފިލްމު ފެނިއްޖެ ކަމަށާއި އެ ފިލްމު ނިމޭ ގޮތް ވެސް އެނގޭ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު އިދިކޮޅު ކޯލިޝަނަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިސްވެ ހުންނަވައިގެން މިއަދު އިއުލާނު ކުރެއްވި "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން" އަށް ހޯމް މިނިސްޓަރު ފާޑު ވިދާޅުވި އިރު އެ ކޯލިޝަނުން ވަނީ ރައީސްކަމުން އަބްދުﷲ ޔާމީން ދުރުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

މި އިއްތިހާދުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަހުމަދު ނާޒިމްގެ ފަރާތްޕުޅުން ވެސް ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ. މި އިއްތިހާދުން ފެންނަ ގިނަ ބޭފުޅުންނަކީ މި ސަރުކާރާއެކު ކޯލިޝަން ހަދައި އަދި ސިޔާސީ އެކި މަގާމުތައް ވެސް ފުރުއްވާފައިވާ ބޭފުޅުންކަން ވެސް ފާހަގަކުރެވެ އެވެ.

އިދިކޮޅު އިއްތިހާދުން ހިޔަނި ކެބިނެޓެއް ވެސް ވަނީ މިއަދު އެކުލަވާލައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިސަރުކާރުގައި ވެސް ވަޒީރުކަން ކުރެއްވި ބޭފުޅުން ހިމެނެ އެވެ. ޖަލު ހުކުމް ތަންފީޒުކުރައްވަމުން އަންނަ ތިން ބޭފުޅުން ކަމަށްވާ، ނަޝީދާއި އިމްރާން އަދި ނާޒިމް ހިމެނިވަޑައިގަންނަވަނީ ކެބިނެޓަށް ލަފާދެއްވާ ބޭފުޅުންގެ ތެރޭގަ އެވެ.

އިއްތިހާދު ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި، ޓެރަރިޒަމްގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދިއުމަށް ފަހު މިދިޔަ ޖެނުއަރީ މަހު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތް ހޯއްދަވާފައވާ ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ވެސް ކޯލިޝަނެއް އުފެއްދި ކަމަށާއި ނަމަވެސް މިފަހަރު އިދިކޮޅު އެކުވެރި އިއްތިހާދު ނިކުންނަނީ ގައުމަށްޓަކައި ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އިއްތިހާދެއް އުފެއްދިޔަސް ސަރުކާރުން ބުނަނީ އެކަމުގެ ސަބަބުން އަންނާނެ ގޮންޖެހުމެއް ނެތް ކަމަށެވެ. ޑިމޮކްރަސީއެއްގައި ސިޔާސީ އެފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި ވެރިކަންކުރާ ޕާޓީގެ ވަރުގަދަ ސަރުކާރެއް ގާއިމްވެފައި އޮތްއިރު އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އެރުމަކީ ޑިމޮކްރަސީގައި ފެންނަ ކަމެއް ކަމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވި އެވެ.

10 ކޮމެންޓް, 156 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 1%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގާހިރު

02 June 2016

އުމަރު ވިދާޅުވާހެން ތިޔަ ތަނުގައި ގަޓުހުރި އެއްވެސް މީހަކު މިހާރަކު ނެތް. ކެތި އޮށްސިފަ ތިބި ބަޔަކު ތިޔަ ތަނުގައި ތިބީ. ޖަމީލަކީ ޔާމީނަށްވުރެންވެސް ސަތޭކަ ޕަސެންޓް ފޮނި ބޮޑާ ކިބުރުވެރި މީހެއް. ރައްޔިތުން ބަލައިގަންނަ މީހެއް ނޫން. ރައީސް ނަޝީދަށްވެސް އެނގި ވަޑައިގެންފި އެމަނިކުފާނުގެ ތަރި މެދު އުޑުން އޮއްސިއްޖެކަން. އެހެންވެ ގައުމު ކޮންމެވެސް ގޮތަކުން ހަލަބޮލި ކޮށްލެވޭތޯ މި ފޭލަރުން މެދުވެރިކޮށް މަސައްކަތްތަކެއް ކުރަމަށް ނިންމީ. ތިޔަ އިއްތިހާދުގެ ބޭފުޅުންނަކަށް މިހާޜު މިޤައުމުގެ ގިނަ ރައްޔިތުންގެ ރުހުމެއް ނެތް . މާޒީވެ ދިޔަ 40 އަހަރު ރާއްޖެއަށް ނުލިބޭ ޢުމްރާނީ ތަަރައްޤީ މި 2 އަހަރު ޔާމީން ވަނީ ހޯއްދަވާ ދެއްވާފައި. ދެން ގިނަ ރައްޔިތުން މިހާރު ބޭނުމެއް ނުވޭ މިދާ ތަރައްޤީގެ ހަލުވި ސްޕީޓް މަޑު ޖައްސާލާކަށް.

The name is already taken The name is available. Register?

ވާންވީ

02 June 2016

ޕީޕީއެމްގެ ސަރުކާރުގައި ތިބި ޓައިޓޭނިއަމް ޕްލޭޓެޑް ހުރިހާ މީހުން ވެސް މިހާރު އެބަޖެހޭ މީޑިއާ ތަކުގެ ފްރަންޓް ލައިނަށް ނިކުމެ ޕީޕީއެމްގެ ސަރުކާރު ދިފާއު ކުރަން. އެއްގޮތަކަށް ވެސް އެހެން ސައިލެންޓް ކޮށް ތިބެގެން ނުވާނެއެވެ. އިދިކޮޅު ހަރަކާތް ތަކަށް ޕީޕީއެމް ސަރުކާރުގައި ކުރިއެރުން ލިބިގެން ނުވާނެއެވެ. އެކަން ޖެހޭނެ ކަށަވަރުވާން. މީގައި މިނޫން އިތުރު އެއްވެސް ޗޮއިސް އެއްވެސް އޮވެގެން ނުވާނެއެވެ. އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއެވެ. މިކަން މިމަގުން ހިނގަން ޖެހޭނެއެެެވެ.

The name is already taken The name is available. Register?

އަންކަލޯ

02 June 2016

ކުރިން ނިކުތީ ގައމަކަށްނޫންދޯ! މުދާ ގަނޑަކަށްތަ

The name is already taken The name is available. Register?

އަލްޖިބްރާ

02 June 2016

އުމަރު ނަސީރަކީ ކުރިއަށް ވާންހުރިކަންތައް އެގޭމީހެއްތަ ؟ އެހެންވެޖިއްޔާ ނަޝީދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާކަށް ނުޖެހެ އޭ ކިޔާފަ ފޮނުވީ ކީއްވެތަ ؟

The name is already taken The name is available. Register?

ވިސްނާލީމާ

02 June 2016

ނިމޭގޮތް އެނގެންޏާ ވިދާޅުވެދެއްވާ! ފަހުތަޅާލުން ކިހިނެއްވަނީ! އެންމެ ފަހުވަގުތު ތަޅާލުމެއް އާދޭތަ؟ އެހެންކަމަށްވާނަމަ އަހަރެމެން ތިޔަފިލްމުގެ ފަހުބައި ބަލާކަށް ބޭނުމެއްނޫން! -އިބްރާހީމް-

The name is already taken The name is available. Register?

މުހައްމަދު

02 June 2016

އަދީބު ނެތް ދަނޑިވަޅުބަލާފައި އަދީބުގެ އަބިގޮއްޔެ ލަންޑަނަށް ގެންދަވައިގެން ޖަމީލު ރިޔާސަތުގައި އިންނަވައިގެން މަޚުރަޖަށް ނިންވަނީ ދޮއްތޯއެވެ.

The name is already taken The name is available. Register?

ޒަބީބު

02 June 2016

މިގައުމު ސަލާމަތްކުރެވޭނީ އިސްލާމް ދީނުގެ އުސޫލުތައް މިގައުމަށް ގެނަސްގެންނެވެ. ދީނަށް ލޯބިކުރާ އަމިއްލަ އެދުން ނެތްބަޔަކު ވެރިކަމާ ހަވާލުވެގެންނެވެ.

The name is already taken The name is available. Register?

ޭަެެއެލެކް

02 June 2016

އެއީތެދެއް - ފިލްމު ނިންމަން ބޭނުންވާނީ 15ފޫޓުގެ 2ހަރުގނޑު

The name is already taken The name is available. Register?

ސަުދާ

01 June 2016

ތިމީހުން ބުނެގެން މުޒާހަރާއަށް ގޮސްގެން މަގޭ ފިރިމީހާއަށް އެވަނީ ބޮޑު ޙުކުމެއް ކޮށްފައި. އަހަރެމެންނާ އަޅާލަނީ ކާކު؟

The name is already taken The name is available. Register?

Asidays

01 June 2016

ފިލާތިބެގެން މިކިޔަނީ އެހެން މީހުން ކައިރީގަ މަގުމަށްޗަށް ނިކުންނާށޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!