ހޯމް މިނިސްޓަރު އިމްރާން ވާހަކަ ދައްކަވަނީ.
25 އޮކްޓޯބަރ 2020 - 18:58
ބޮޑު ތިން މައްސަލައެއްގެ ހެކިތަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ފަށައިފި އެވެ.
އެ ތިން މައްސަލަ އަކީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާއި ޑރ. އަފްރާޝިމް އަލީ އަވަހަރާކޮށްލުން އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލާގައި އިމްރާން ދައްކަވާފައިވާ ވާހަކަތަކެކެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް "މިހާރު" އަށް މިރޭ ވިދާޅުވީ 10 މެމްބަރުންގެ ސޮއި ހަމަވުމާއެކު އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އެ މައްސަލައިގައި ސޮއިކުރާނެ އެހެން ޕާޓީތަކުގެ ބޭފުޅުން ވެސް އެބަތިބި ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގައި، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި ތިބީ ނުވަ މެމްބަރުންނެވެ. އަމިއްލަ މެމްބަރުންގެ ގޮތުގައި ހަ މެމްބަރުން އެބަ ތިއްބެވެ.
އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ނިންމިއިރު، ސަފާރީ ކޭސްއާ ގުޅިގެން އޭނާ ދެއްކެވި ވާހަކަތައް މީޑީއާތަކުގައި ރިޕޯޓުކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެއާއެކު، އިމްރާން ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްްރާމްގައި ރޭ ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ސަފާރީގައި ހިނގީ "އާންމުންގެ ތެރޭގައި ހުރެ ވެސް މީހަކު ކޮށްފާނެ ކަހަލަ ކަމެއް" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ޖޫން މަހުގެ ފަހުކޮޅު ހިނގި އެ ހާދިސާ މާ ބޮޑު ކަމަކަށް ވީ އެކަން ރިޕޯޓްކުރި ގޮތުންނެވެ. އެހާ ބޮޑުކޮށްލައިގެން ދެއްކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ސަފާރީ ކޭސްއާ ގުޅިގެން ދެއްކެވި ވާހަކަތަކާ ގުޅިގެން އިމްރާން އަމިއްލައަށް ވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމުގެ މެންޑޭޓް އޮތް ބޭފުޅަކު، އެ ފަދަ މަގާމެއްގައި ހުންނަވައިގެން ދައްކަވަން ވަރަށް ޒިންމާދާރު ނާތަހުޒީބު ވާހަކައެއް އެއީ. އެކަންތައްތަކުގެ ސަބަބުން ގަބޫލެއް ނުކުރަން ރައްޔިތުންގެ އިތުބާރު އޮތް ކަމަކަށް،" ޝިޔާމް ވިދާޅުވި އެވެ.
މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާ މައްސަލައިގައި ކޮޕީއެއް "މިހާރު" އަށް ވަނީ ލިބިފަ އެވެ. އޭގައި ބުނެފައިވަނީ، ސަފާރީ މައްސަލައާ ގުޅިގެން އިމްރާން ދެއްކެވި ވާހަކަތަކުން، ތަހުގީގުކުރަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވާކަން އެނގޭ ކަމަށެވެ. އެއްވެސް މައްސަލައެއްގެ ކުޑަ ބޮޑުމިން ކަނޑައެޅުމަކީ މިނިސްޓަރަށް ލިބިގެންވާ ބާރަކަށް ނުވާތީވެ އެ ވާހަކަތަކުގެ ސަބަބުން އަންހެނުންނަށް ކުރާ އަނިޔާތަކަށް އިންސާފު ލިބޭނެކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް ވެސް ބުނެފައި ވެ އެވެ.
"ހަމަ މި ޕްރޮގްރާމުގައި، ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލުމާ ގުޅޭގޮތުން އަނެއްކާ ވެސް ތަފާތު ގޮތަކަށް ވާހަކަ ދައްކަވާފައިވާތީއާއި އެގޮތުން މޭޑޭ މުޒާހަރާގައި ރިލްވާނާއި އަފްރާޝިމްގެ މަރާގުޅޭގޮތުން ދެއްކި ޑޮކިއުމެންޓުތަކަކީ އަސްލެއް ނޫން ކަމަށް ވިދާޅުވުމާއި އޮކްޓޯބަރު 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މޭޑޭ މުޒާހަރާގައި ގެންގުޅުއްވި ހެކިތައް ނުވަތަ ޑޮކިއުމަންޓް ފުލުހުން އަތުލާފައިވާ ކަމަށް ވިދާޅުވެފައިވުމާއި މި މައްސަލައާ ގުޅޭގޮތުން އެކި ފޯރަމްތަކުގައި އެކި ގޮތަށް ވާހަކަ ދައްކަވަމުންދާތީއާއި މިފަދަ ބޮޑެތި މައްސަލަތަކުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ބުނެ މުއައްސަސާތަކަށް އެ މައުލޫމާތު ނުދެއްވާ ހުންނެވުމަކީ ކުށަކަށްވާތީ އާއި މިކަމުން މަރުތަކަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް ހިޔަނި އެޅިފައިވާ މިންވަރު ހާމަވޭ،" ހުށަހަޅާ މައްސަލާގަަި ބުނެފަައި ވެ އެވެ.
ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެފަދަ ދަށު ދަރަޖައިގެ ކަންކަން ކުރެއްވުމަކީ ބަލައިގަނެވޭ ކަމަކަށް ނުވާތީ، އަދުލް އިންސާފު ގާއިމްކުރުމާއި ގާނޫނު ނަގަހައްޓައި ތަންފީޒުކުރުމުގެ ޒިންމާ އުފުއްލަވާ ވަޒީރުގެ ގާބިލްކަމާއި އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭތީ، އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަނީ ކަމަށް ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮބަޅި
26 October 2020
އަވަހަށް އިސްތިޢުފާދީފަ، ތިންއަނބަށް މީހަކާއިނދޭ!
ބައިރޯ
26 October 2020
މިއީ ހުރިހާ ޕާރޓި އެއްގަލަކަށް އަރަންވީ ވަގުތު އަވހަށް ބާލާ ކަމުދާ މީހެއް ނޫން
UEUL
26 October 2020
މިހާރުން މިހާރައް ސޭޚް އިމުރާން އިސްތިއުފާ ދޭންޖެހޭނެ ބަލާބަލަ ދެއްވިވާހަކަ އެއްކޮޅަށް ބުރަވެހުރެ ދެއްކި ވާހަކަ- މަގާމުގެ ބިރައް އެވާހަކަ އެގޮތަށް އެދެއްކީ
ހާޒާފަހެރި
26 October 2020
އިމްރާނަކީ ދީނީތާކިހާ އަޅުއްވައިގެން އުޅުއްވާ ސިޔާސީ ޝޭހެއް.
ެއެއްކަލަރަށުމީހާ
26 October 2020
އިމްރާން ބޭރުކޮށްފާ ދެން ޝިޔާމުމެން ނޭފަރު މީހެއްތަ އެތަނަށް ލަނީ؟ ނޫނީ މަދަރ އަދުރޭތަ؟ މިމީހުނަށް ހީވާކަހަލަ ދޯ ލައްކައެކޭ؟ ރައްޔިތުންގެ އިތުބާރޭ ކިޔައިގެން ނިކުމެ މިފޮށޭ މީހުނަށް އިނގޭތަ މިމީހުނަށް ރައްޔިތުން ކުރާ އިތުބާރެއް؟ ޖަލުގައި އޮންނެވި ރައީސްގެ ވެރިކަމުގައި މިމީހުން ބާރުގައި ތިބެގެން ކުރީ ނުބައި، ނުލަފާ، ޔަހޫދީ، ނޭއްގާނީ ކަންތައް މަތިން އަދި ތައްޔިތުން ހަނދާން ނެތޭހާ ދުވަހެއް ނުވޭ، ޝިޔާމު ދެން ދޭ ސޭބޯން!
ޓަކި މޫނާ
26 October 2020
މިކަހަލަ މީހުންނާ ހެދި އެހެން ޝޭހުންގެ ވެސް އަގު ވެއްޓެނީ. އިމްރާން ގެ އެއްވެސް އަގެއް ނެތް. ފައިސާޔަށް ވިކި ހުސްވެފަ އޮތް “ޝޭހެއް”
ޖުހާބެ
26 October 2020
މަ ހައިރާންވަނީ ރައްޔިތުންގެ އިތުބާރު ނެތޭކިޔާފާ ކަންކަން ކުރާ ވާހަކަދައްކާތީ. އިމްރާނަށް ވަޒީރުކަން ދިނީ ރައްޔިތުންތަ؟ އިމްރާނަށް ވަޒީރުކަންދިނީ ރައީސް ސޯލިހު. ސޯލިހަށް އިމްރާނުގެ އިތުބާރުނެތިއްޔާ ވަގުތުން ވަކިކުރާނެ. ސޯލިހުގެ އިތުބާރު އިމްރާނަށް އެބައޮތް. ރައްޔިތުންނަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ. ރައްޔިތުންވޯޓްދީގެން ރައީސަކަށްހޮވި މީހެއް ސޯލިހަކީ.ރައްޔިތުންގެ ގިނަބަޔަކު މިހާރު ރައީސް ސޯލިހަކަށް އިތުބާރެއްނުކުރޭ. ރައްޔިތުންނަށް އޭނަވެސް
އެހެ
26 October 2020
އިމްރާނަށް މިހާރު ވަރަށް އިތުބާރު އޮންނާނެ. އިމްރާނަކީ މިހާރު ލާ ހޭކިފަ ހުރި ދީނީ މީހެއް. އޭނަ މިހާރު ދައްކާ ކޮންމެ ވާހަކައެއްވެސް ބަރާބަރުވާނެ.
ވާވާ
26 October 2020
ތިރަގަޅުވާނީ ޕީޕީއެމް އޮފީހައްލީމާ؟
ޒަރީ
26 October 2020
ސިޔާސީ އުރަތްޕަތް ހަމަނުވާ ސޭހު