އިދިކޮޅުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން އަބްދުއްރަހީމް ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދަނީ. --ފޮޓޯ/ޕީޕީއެމް
27 ޖެނުއަރީ 2021 - 15:37
ކޮވިޑް-19 ގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ އިން ހެލްތު މިނިސްޓަރު އަހްމަދު ނަސީމާ ބައްދަލުކުރަން ދިއުމުން އެކަން ނުވެ ދަރުބާރުގެ ދޮށަށް އެއްވެ އަޑުއުފުލަމުން ދަނިކޮށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިންތިހާބު އަވަސްކުރުމަށް ގޮވާލައި އިދިކޮޅު އިއްތިހާދުން މިދިޔަ ހޯމަ ދުވަހު ކުރި މުޒާހަރާއާ އިން ވެސް އަދުރޭ އާއި ޝުޖާއު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދުރޭ އާއި ޝުޖާއުގެ އިތުރުން ވެސް ޕާޓީގެ އިތުރު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް އެ ދުވަހު ގެންދިޔަ އެވެ. އެއިން އެއްވެސް މީހަކު ހައްޔަރަށް ނުގެންގޮސް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ގޮވާލީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް ވެކްސިން ކަމަށްވާ ކޮވިޝީލްޑަކީ ރައްކާތެރި އެއްޗެއް ކަމުގެ ޔަގީންކަން ދިނުމަށެވެ. ބައެއް ގައުމުތަކުގައި މިހާރުވެސް އެ ގައުމުތަކުގެ އަމިއްލަ ހުއްދައިގެ ދަށުން ދޭން ފަށާފައިވާ މި ވެކްސިނާ ބެހޭ މައުލޫމާތު އޮކްސްފޯޑް-އެސްޓްރާޒެނެކާ ކުންފުން މިހާރު ވަނީ ޑަބްލިޔުއެޗްއޯ އަށް ހުށަހަޅައިފަ އެވެ. ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނީ ވެކްސިނާ ބެހޭ ގޮތުން ނިންމަންޖެހޭ ކަންކަން އަންނަ މަހު މެދަކާ ހިސާބުގައި ނުވަތަ އޭގެ ކުރިން ނިންމާނެ ކަމަށެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ ރާއްޖޭގައި ވެކްސިން ދޭނީ އޭގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ކަމަށެވެ. އެހެންވެ އޭގެ ކުރިން މިހާރު އަންނަނީ ވެކްސިނަށް މީހުން ރަޖިސްޓްރީކުރުމާއި ވެކްސިން ދިނުމުގެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަ
28 January 2021
އަދުރޭ ރިޔާސީތޓިކެޓު ހޯދަންދޯ ތިދޮންކުރަނި ޔާމީނު މިނިވަނެއްވސް ނޫކުރާނި.
އަލީ
28 January 2021
ކޯއްޗެއް ކަށަވަރު ނުވެގެން ތިއުޅެނީ ނުޖަހާނަމޭ ކިޔާފަގޮސް ގޭގަހުރެބަ ނުދާނަންބަލައެއް.
ރީލޯޑުވަޒީރު
27 January 2021
މަހުލޫފެކޭ މީބައެކޭ އެއްގޮތެއްނު.
ހށނ
27 January 2021
އަދުރޭ ރައީސް ކަމަށް ކޮލިފަިއިވީ.
ސަމީ
27 January 2021
އަދުރޭ ގަދަކުރަނި. އޭރުން ފާޓީ މީހުން ބުނާނެ އަދުރޭ ވަރަށް ގަޓް އެބަހުށްޓޭ ރިޔާސީ ޓިކެޓް ދޭށޭ
ސަނާ
27 January 2021
އަދުރޭ މިދުވަސްވަރު ތިޔަފަދަ ކަންތައް ނުކުރުމަށް ވަރަށް އިހްތިރާމާ އެކު ދަންނަވަން
ރަށްއިތުމީހާ
27 January 2021
ކިހިނެއްތޯ މި ވަރުން ސީދާހަރަކާތް ހިންގާނީ؟ މުގުރުން ޖެހީކީ ނޫން. ޕެޕާރ ސްޕްރޭ ކޮޅެއް ގައިގަ ޖެހުނީކީ ނޫން. އެންމެ ދުވަހަކު ސީދާހަރަކާތަށް ނުކުތީތީ އަދުރޭ ދުނިޔޭގަ ހުރިކަން. ގޭގަވެސް ދަތް އުނގުޅާނީ ބުރުހަކުން. ފެން ހިއްކާނީ ތުވާލިން. އެމްޑީޕީ މެންބަރުންގެ ހުރި ހިތްވަރު ނުހުންނާނެ
ކްރޯޑް
27 January 2021
އޮޕަރޭޝަން ކާޔާބުވާނެ ކަމުގެ 0 ނުދެވޭނެ އެކަމަކު ވަރަށްބޮޑު ޔަގީން ކަން އޮވެގެން ގިނަ އޮޕަރޭޝަން ތައް ކުރަނީ . ހޭނައްތަނީވެސް ހޭއަރާނެ ކަކުގެ ޔަގީންކަން އޮތީމަ
އަރުތަ
27 January 2021
24 ގަޑިއިރު ވާން ކާރިވީމަ ނޫނީ ދޫނުކުރާތި، އޭރުން ސީދާ ހަރަކާތުގެ ފޮނި މީރުކަން އިހުސާސުވާނީ.
އަލީރާޖާ
27 January 2021
ވަރުގަދަ ކަމެކޭދޯ މިއީ! ވެކްސިން ގެނެސް ފޮރުވާފައި ބެހެއްޓީމާ ވާ ކަމެއް އޮވޭތޯ؟ އަމިއްލައަށް އެދިގެން ޖަހަން ބޭނުން މީހުންނަށް ފުރުސަތު ހުޅުވާލާ. ލަންކާގައި ހުކުރު ދުވަހު މި ވެކްސިން ޖަހަން އެފަށަނީ. އިންޑިއާގައި އެތައް މިލިއަން ބަޔަކަށް ޖަހައިފި. މިތާ ހަމަ އަދިވެސް ތިބެންވީ؟
ބީތާމޭން
27 January 2021
މިހާރުވެސް އެ ގޮވަނީ ރައްކާތެރިކަން ކަށަވަރުކޮށްދޭށޯ؟ ޑަބްލިޔޫ އެޗް އޯ އަށްވެސް ކަށަވަރު ނުވެގެން އެ އުޅެނީ. ދެން މިރާއްޖެއަށް ކުރެވޭތަ؟ އަދުރެމެޓިކްސްއަށް އެކަނި ތިމަންވަނީ.