ޚަބަރު / ފުލުހުން

ފުލުހުންނަށް ލިބުނު ބާރާއެކު ރާއްޖޭގައި އޮޓޮޕްސީ ހަދަން ތައްޔާރުވަނީ

ޑރ. އުމަރު.-- ފޮޓޯ: ޕޮލިސް

ގާނޫނުގެ ތެރެއިން ލިބުނު އިތުރު ބާރާއެކު، ރާއްޖޭގައި އޮޓޮޕްސީ ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ޕޮލިސް ވެބްސައިޓުގައި އިއްޔެ ބުނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި ފަހުން ގެނައި ބަދަލުގެ ސަބަބުން އޮޓޮޕްސީ ހެދުމަށް ފުލުހުންނަށް ބާރުތަކެއް ދީފައިވާ ކަމަށެވެ. އެއާއެކު، މަރުގެ އަސްލު ސަބަބު ދެނެގަތުމަށް ހަދާ އެ ޓެސްޓު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.

ފުލުހުންގެ ފަރާތުން އެކަމުގައި އިސްކޮށް ހުންނެވީ ޕެތަލޮޖިސްޓް، އިންސްޕެކްޓަރު އޮފް ޕޮލިސް ޑރ. ހަސަން އުމަރެވެ. ޕެތަލޮޖިސްޓުންނަކީ، ހަށިގަނޑުގައި ހުންނަ ދިޔާ ތަކެއްޗާއި ޓިޝޫ ފަދަ ތަކެތި އިތުރުކޮށް ތަހުލީލު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރުންނެވެ.

އޭނާއާ ހަވާލާދީ، ފުލުހުންގެ ވެބްސައިޓުގައި ބުނީ ރާއްޖޭގައި އޮޓޮޕްސީގެ ހިދުމަތް ފެށޭނެކަމުގެ ޔަގީންކަން އޮންނަ ކަމަށެވެ.

"އަޅުގަނޑަށް އަބަދު ވެސް ޔަގީންކަން އޮވޭ ރާއްޖޭގައި ވެސް މި ހިދުމަތް ފެށޭނެކަން. ކުރިއަރަމުންދާ ގައުމެއް ދުނިޔޭގެ ހުރި ހުރިހާ ޕްރޮފެޝަނަލް ހިދުމަތްތަކެއް ވެސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ގައުމެއް. އަޅުގަނޑުމެންނަށް ވަރަށް މުހިއްމު، ބޭނުންތެރި ދާއިރާއެއް މި ދާއިރާއަކީ،" މީގެ 12 އަހަރު ކުރިން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ޑރ. އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ފޮރެންސިން ހިދުމަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާވެ، ޝަރީއަތުގެ މަރުހަލާގައި ވެސް ފޮރެންސިކް ހެކިތަކަށް ބަރޯސާވާ މިންވަރު މިހާރު ވަނީ އިތުރުވެފަ އެވެ. އަދި ރާއްޖޭގައި އޮޓޮޕްސީ ހެދޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމަކީ ތަހުގީގުކުރާ މީހުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި އޮޓޮޕްސީ ހަދަން ކުރަންޖެހޭ މަސައްކަތްތައް ދޭތެރެދޭތެރެއިން ކުރެ އެވެ. އެގޮތުން، މިދިޔަ އަހަރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ފުލުހުންނަށް އޮޓޮޕްސީ ހެދުމުގެ ބާރު ދިނުމާއެކު އަނެއްކާ ވެސް ވަނީ އެ މަސައްކަތް ފަށައިފަ އެވެ. އެކަމާ ގުޅޭ ގަވައިދުތައް ހެދުމުގެ މަސައްކަތްތަކެއް ވެސް އަންނަނީ ކުރަމުންނެވެ.

ޒަމާނީ ކުރިއެރުންތަކާއެކު އޮޓޮޕްސީ ހެދުމުގެ ވައްޓަފާޅިއަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ޑރ. އުމަރު ފާހަގަކުރެއްވި އެވެ.

ޑރ. އުމަރު ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި އޮޓޮޕްސީ ހެދުމުގައި ބޮޑަށް ބަރޯސާވަނީ ޓެކްނޮލޮޖީގެ އެހީގައި ވާޗުއަލްކޮށް ކުރުމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިހިރަ ޓެކްނޮލޮޖީ، ސީޓީ ސްކޭން ފަދަ އެއްޗެހި ބޭނުންކޮށްގެން ވާޗުއަލް އޮޓޮޕްސީއެއް ހަދައިގެން އެއިން ރިޒަލްޓް ދެނެގަނެވޭތޯ ބަލާނެ. އެހެންވީމާ އަސްލުގައި މިހާރު މީހަކު ފަޅާނީ އެ ނޫން ގޮތަކަށް އެކަން ދެނެގަނެގެން ނެތް ހާލަތުގައި އެކަނި. އެއީ އަޅުގަނޑުމެންގެ ވެސް ތަސައްވުރަކީ. އެގޮތަށް މަސައްކަތް ބައްޓަންކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ،" ޑރ. އުމަރު ވިދާޅުވި އެވެ.

މަރުގެ މައްސަލައެއްގައި ޝައްކު އުފެދިއްޖެ ނަމަ ޕޯސްޓްމޯޓަމް ހަދަން މިހާރު ފޮނުވަނީ ރާއްޖެއިން ބޭރަށެވެ. އެކަމުގައި އުފުލަންޖެހޭ ތަކުލީފުތައް އިންތިހާއަށް ބޮޑެވެ.

2 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 7%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާރޫގު/ފަރޫ

29 January 2021

ފުލުހުން އެކަން ކުރުމުގެ ބަދަލުގައި މިނިވަން އިދާރާއަކުން ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާނަމަ. ތިކަން ފުލުހުން ކުރީމަ އޮޓޯމެޓިކް އެކައުންޓަބަލް މެކޭނިޒަމްއެއް ނެތެއްނު. ހޮސްޕިޓަލްތަކަށް އެހީތެރިވާންވީ މާލީ/ފަންނީގޮތުން މިކަން ކުރުމުގެ ގާބިލްކަން ހޯދުމަށް. ދިވެހި ޑޮކްޓަރުންނަކީ ޕްރޮފެޝަނަލް ކެޓެގަރީއެއްގައި ރައްޔިތުންގެ އެޕްރޯވަލް ރޭޓް އެންމެ މަތީ މީހުން. އުންމީދު ކުރަން ރައީސްއޮފީހުގެ ޕޮލިސީ ލެވަލް ކުދިން މިކަމަށް އިންތިހާއަށް ވިސްނާނެކަމަށް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 January 2021

ޕޯސްޓްމޯޓަމް އާއި އޮޓޮޕްސީ ހެދުން ފުލުހުންގެ ދަށުގައި ބޭއްވުމުގެ ބަދަލުގައި އައިޖީއެމްއެޗް، އިކްއިޓޯރިއަލް ހޮސްޕިޓަލް ފަދަ ދައުލަތުގެ ހޮސްޕިޓަލާއި ޕްރައިވެޓް ހޮސްޕިޓަލް ތަކަށް ދޫކޮށްލުން ރަނގަޅު. # މިސާލަކަށް ހުސަން ސޮލާޙްގެ ކޭސްފަދަ ފުލުހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމުގައި އޮޓޮޕްސީ ފުލުހުން ހެދުމަކީ ފުށުއެރުން ތަކާއި ޙިލާފު އުފެދިދާނެ ކަމެއް. މިފަދަ ސިއްޙީ ކަންކަން ޤާއިމް ކޮށްދޭންޖެހޭނީ ހޮސްޕިޓަލް ތަކުގައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454