ފުލުހުންގެ ކަސްޓޯޑިއަލްގައި ބަންދުގައި ހުއްޓާ މިއަދު މަރުވި މީހާގެ ޕޯސްޓްމޯޓާމް ހަދަން ނިންމައިފި އެވެ.

ބަންދު ގޮޅީގައި ވެއްޓިފައި އޮއްވާ ފެނިގެން މިއަދު ހަވީރު އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައި ވަނީ މ. ރޭއަލިވާގެއާގޭ، އަހުމަދު ނަވްޝާދު، 41، އެވެ.

ފުލުހުން މިރޭ ބުނީ އޭނާ މަރުވީ ބަންދުގައި ހުއްޓާ ކަމަށް ވާތީ މަރުވި ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ ޕޯސްޓް-މޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. 

އެ ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.