ޕެސްޓް
14 ފެބުރުއަރީ 2021 - 14:22
ރާއްޖޭގެ މަޝްހޫރު ރެޕް އާޓިސްޓު ސިމްބޮލިކް ރެކޯޑްސްގެ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ޑްރަގާއެކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ރޭ ހިންގި އޮޕަރޭޝަނެއްގައި އޭނާގެ އިތުރުން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުން 2.5 ކިލޯއަށް ވުރެ ގިނަ ޑްރަގްސް އަތުލައިގަނެފައިވާ ކަމަށް ވިދާޅުވިއަސް އެކަމުގެ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ޕެސްޓް އަކީ ރާއްޖޭގައި ރެޕް ކިންގްގެ ގޮތުގައި މަޝްހޫރުވެފައިވާ ފަންނާނެކެވެ.
ޕެސްޓް މަޝްހޫރުކަން ހޯދީ 2011 ވަނަ އަހަރު އޭނާ ކިޔާފައިވާ "ރީތި ކުދިން" ލަވަޔާ އެކުގަ އެވެ. އެއީ އޭނާގެ އުމުރުން އެންމެ 16 އަހަރުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ މަޝްހޫރުކަން ހޯދި އެތައް ލަވައެއް ކިޔައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަމާ
17 February 2021
އިންޑަސްޓްރީއޯ އަޑުއަހަނީ 2 މީހުން
އަލި
15 February 2021
ދިވެހި ގިނަ އާޓިސްޓުންގެ ޑިސިޕްލިން އެއް ނުހުރޭ.
އަސްލު
15 February 2021
ޕެސްޓް އަކީ އަސްލުވެސް އެންމެ ޓެެލެންޓެޑް ރެޕާ ރާއްޖޭގަ.މޮޅު އެކަމަކު ރެޕްގަ މުސްތަގްބަލް ކޮބާ ރާއްޖޭގައި.ކޮބާ ސަރުކާރުގެ މެނިފެސްޓޯ ވެރިކަމަށް އައި އިރު މިއުސިކް އިންޑަސްޓްރީ ފުޅާކުރަން. ގޯހުން ދިޔާމަ އޭނާ ގޯސްވީ? ކީއްކުރަން ހޮވާ ވެރިންތަކެއް
ރަދީފްއޮފިޝިއަލް
15 February 2021
ކޮން އިންޑަސްޓްރީ އެއްތަ؟؟ މަހަށް ދޭބަލަ ، ނުވަތަ ހަނޑު ހޮވަން ދޭބަލަ.
ޅައިރު
14 February 2021
މަ ހީކުރީ އަލީރަމީޒު ކަމައް.
ކޯވަރެއް
14 February 2021
ކޯވަރެއް މިހާރު ހުންނާނީ ބޮވިފަ!
ތަހުލީލް
14 February 2021
މި ސޮރު މީ ހަގީގަތުގަވެސް ޓެލެންޓެއްކަމާ ދެބަސް ވެވޭ ކަށް ނެއް. ނަމަވެސް ރާއްޖެ އަކީ ޓެލެންޓުން ލާރި ހޯދޭ ތަނެއް ނޫން. ރާއްޖޭ ގަ ހިތްހަމަ ޖެހޭ ވަރަށް ލާރި ލިބެނީ ތިން ބަޔަކަށް؛ އެއީ ބިދޭސީ ވިޔަފާރި ވެރިން/ މަސްތުވާ ތަކެތި ވިއްކާ މީހާ އަދި ސިޔާސީ މީހާ.
ރަދީފްއޮފިޝިއަލް
15 February 2021
އޭނަ އެއީ ތިބުނި 03 ބައިގެ ތެރެއިން 02 ވަނަ ބައިގެ މީހެއްކަން ހަބަރުން ހާމަވޭ.އެހެން ނޫން ތޯ؟
އަރުތަ
14 February 2021
ހީވެސް ނުވޭ، ކަރުގަ އަޅާލާފަހުރި ފައްޓަރުބައި ފެނިފަ ހީވީ ބައްޕީލެހެރީހެން.
ޕެސްޓިސައިޑް
14 February 2021
ޕެސްޓޭ؟ އެއީ ކާކު ؟ މިނޫނިއްޔާ އަޑެއްވެސް ނާހަން؟
ަ4444
14 February 2021
ބަލަގަ މޒާމާނުގަ ޑުރަގޭ އެކިޔާއެއްޗަކާ ވައިނޭޅުނިތްޔާ އެނުވަނީތޯއްޗެ މޮޅު މީހަކަށް ....މީހުންގެ ފެންވަރު ވެސްއޮޅެނީ މާއަވަހައްިއްޔަ...މަޝްހޫރު ކިޔައިފިއްޔާ ވާނީހަމަ ތިހެން....އަދިވެސް ގޯސްކަންކަމަށް ޒުވާނުން ބާރުވެރިކުރޭ ....ބޯގޯސް
1828
14 February 2021
ސާބިތެއްނުވާނެ. ރެޕްވެގެން އުޅެނީ އެޒާތުގެ ކޮންމެވެސް އެއްޗެއް ބޭނުންކުރާތީ
ޓްރޯ
15 February 2021
މަވެސް ރެޕް ކުރަން. ނުވަން މަސްތެއް. ތީ ފުލޯކެއް.