ޚަބަރު / ޕީޕީއެމް

ޔާމީން ގެއަށް ބަދަލުކޮށްދޭން އެދި އިދިކޮޅުން ރައީސާ ބައްދަލުކޮށްފި

ރައީސާ ބައްދަލުކުރެއްވުމަށް ފަހު ޕީއެންސީގެ ރައީސް އަބްުދުއް ރަހީމް ނޫސްވެރިންނާ ވާހަކަދައްކަވަނީ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުން އެދި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކޮށްފި އެވެ.

ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޕީޕީއެމް-ޕީއެންސީގެ ބޭފުޅުންނާ ރައީސް އޮފީހުގައި ބައްދަލުކުރެއްވީ އެ ބޭފުޅުންގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އެ ބައްދަލުވުމުގައި ރައީސަށް ދެންނެވީ، އަބްދުއްރަހީމް ވިދާޅުވިގޮތުގައި، ދެ ކަމެއް ކޮށްދެއްވުމަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވީހާ އަވަހަކަށް ގެއަށް ބަދަލުކޮށްދިނުމަށާއި އެމަނިކުފާނަށް އިންސާފު ލިބޭނެ ގޮތް ހައްދަވައިދެއްވުމެވެ.

"އަޅުގަނޑުމެން ހަަމައެކަނި ދެއްކި ވާހަކައަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެކޭ އިދިކޮޅު ލީޑަރު ޖަލުގައި ބޭއްވުމަކީ. އެހެންވީމާ އަޅުގަނޑުމެން އެދެމޭ ވަަރަށް ބޮޑަށް، އަޅުގަނޑުމެންގެ ދެ ޕާޓީގެ އެދުމަކީ ރައީސް ޔާމީން ވީހާ އަވަހަކަށް ގެއަށް ބަދަލުކުރެވޭނެ ގޮތެއް ހައްދަވައިދެއްވުމޭ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އެ ވާހަކަ ރައީސަށް ދެންނެވުމުން ދެެއްވީ ކޮން ޖަވާބެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ކޮށްދެއްވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަަމަށެވެ. މިއަދުގެ ބައްދަލުވުމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވެން އޮތް ވަރަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން އުއްމީދުކުރަނީ އަޅުގަނޑުމެންގެ މިއަދުގެ ބައްދަލުވުމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ފެނިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓަައިފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުގައި ވެސް މިހާރު ވަނީ ޝަރީއަތް ފަށައިފަ އެވެ.

28 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖގޔރެެ

10 April 2021

އެމީހަކު ކުރި ކުށަކައް ހުކުމެއްތަންފީޒު ކޮށް ހަމަ ކޮށްލާ

The name is already taken The name is available. Register?

ހިސާބުޓީޗަރު

08 April 2021

ބަލަ އަދުރޭމެން ބާރުއޮތް އިރު ނޫންތަ މަޖިލީހުން ފާސްކުރީ ޖަލުގައި އޮންނަ މީހަކަށް އިދިކޮޅު ލީޑަރުކަން ނުކުރެވޭނެކަމަށް. ދެން މިހާރު ޖަލުގައި އޮތް މީހާ އަކީ އިދިކޮޅު ލީޑަރޭ ކިޔައިގެން ހަޅޭއް ލެވިޔަކަސް އޭރު ފެހުނު ހުރިހާ އިލޮއްޓެއް މިހާރު ތިޔައޮތީ ލޮލަށް ހެރިފައި.

The name is already taken The name is available. Register?

ކަލެއާމަށާ

08 April 2021

ހަބަރުދާރު ރައީސް ސޯލިހު ރައްޔިޔުންގެ އެހާގިނަ ފައިސާއަށް ހިޔާނާތްތެރިވެފަހުރި މީހެއް މަނިކުފާނަށް ގެއަކު ނުބެހެއްޓޭނެ އެކަން ނުކުރާތި

The name is already taken The name is available. Register?

ހަސަނު

08 April 2021

ޑިއާ ރައީސް... ކުރިއަށް އޮތީ ރޯދަމަސް.. ޑިގު ކުޅުން އޮންނާނެ.. ޔާމިނު ނެތިއްޔާ ޑިގު މެޗުތައް ވަރަށް ވަނދުވާނެ.. ޑިގުގައި މަކަރު ހަދާ އޮޅުވާލަން ޔާމިނު ވަރެއް ނުހުންނާނެ.. އެހެން ކަމުން މި ރޯދައަށް ޔާމިނު ގެއަށް ބަދަލުކޮށްދެއްވުން އެދެން.. ވައްސަލާމް..

The name is already taken The name is available. Register?

1234

08 April 2021

އަދުރޭ ބުނި ރައްޔިތުންގެ ހައްގުގައޭ ޔާމީނު ޖަލުގައެހުރީ ކީއްކުރަން އޭނާ ނެރެންތިއުޅެނީ ؟

The name is already taken The name is available. Register?

ޗަނަލް -13

08 April 2021

ޔާމީނު ފަދަ ޤައުމުގެ ބައިތުލްމާލު ދަވާލާފައި ހުރި މީހަކު ޕާރޓީގެ ލީޑަރަކަށް ބެހެއްޓުމަކީ ޕާރޓީ ގިނަމީހުން ބަލައި ނުގަންނަ ސަބަބު ތެދުވެރި މުވާޠިނަކު ލައްވައިގެން ނިކުތުން މާބުއްދިވެރި ބަޅު ރުކަކުން ތެދު ގުޅިއެއް ނުނެގޭނެ ކޯޓުގެ ޙުކުމާއި އެއްގޮތަށް ފައިސާ ނުދައްކާ ނުކިޔަމަންތެރި ދެކޮޅުވެރި މީހަކަށް ވާތީ ޔާމީނަކީ ބަނގުރޫޓު ވެފަވާ މީހެއްކަމަށް ޯޓުން ކަނޑައަޅަންވީ

The name is already taken The name is available. Register?

އަޔާޒް

08 April 2021

އަވަހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާ!

The name is already taken The name is available. Register?

ކުމާރް ސާނޫ

08 April 2021

ބަލަ އެހެންވީއިރު އަހަރެމެން ގޯތި ކުކުޅޭވެސް ގެޔަށް ބަދަލުކޮށްދީ.... އޭނަ ޔާނުއަށްވުރެ މާމަދުން ފައިސާ ވަގަށް ނަގައިގެން ޖަލުގަ އެއޮތީ. ހަމަ ސިޔާސީ ރަންޑިން ވީމަ ގެޔަށް ބަދަލުކޮށްފަ ދެ ދުވަސްކޮށްފަ ކުއްލިއަކަށް އެޕިޑިޑިމިޓިސް ގޮށްޖެހިގެން ބޭސްފަރުވާއަށް ބޭރަށް ފޮނުވަންވީ

The name is already taken The name is available. Register?

މޯޑް

08 April 2021

ބަލަ އަދުރޭމެން ޖަހާނެ ސަކަރާތެއް ޖަހާ. މާލޭ މަގުތައް މަތީ މުޒާހަރާ ކޮށް ކޮވިޑް ފަތުރާ. އިންޑިޔާ އައުޓް ގޮވާ ސަފީރު ގޭދޮށަށް މުޒާހަރާ ކޮށް ހެދި އިރުވެސް މިއަދުގެ ރައީސް ތިފާޓީ ގެ އިސްބޭފުންނާ ބަންދަލު ކުރީމަ މަ މިހުރީ ހައިރާންވެ އަންތަރީސް ވެފަ. ޔަގީނޭ ޔާމީނު ނަމަ ތި ދިޔަ އެއްމެން ކޮންމެން އެއްޗެކޭ ކިޔާ ލާނި ޖަލަށް ކަން. އެހެންވެ މި ބުނަނި އެމްޑީފީ ތަފާތޭ ތިލަފަތަށް ވޯޓް އަޅާ އަޅާ ފުރާލާށޭ އަދުރޭވެސް އަޅާށޭ ސައީދު ވެސް ވޯޓް އަޅާށޭ ތިލަފަތަށް. ޔާމީނު ގެ އަށް ވެސް ބަދަލުވާނޭ. ގާނޫނީ އިމްގެ ތެރޭން. ދައުލަތަށް ދަށްކަށް އޮތް ރުފިޔާކޮޅު ޖަމާކުރާތި އެކަމް ގެއަށް ބަދަލު ވުމުގެ ކުރިން

The name is already taken The name is available. Register?

ހޯރަބޭ

08 April 2021

އާވިލެނީ ފަތިހަކަށް މާރީތީ ފަތިހަކަށް ރަންރީނދޫ ފަތިހަކަށް ‏‪‬‏‪‏ ރަށްވެހިވީ ފަތިހަކަށް އެއްމެންގެ ވޯޓް އެމްޑީޕީ އަށް...

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454