މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ އެންއާރްވައި އާކިޓެކްސް އިން ބުނަނީ އެ މީހުން ދިން ކުރެހުން ކޮޕީކޮށް އެހެން ކުންފުންޏެއް ލައްވާ ޑިޒައިނެއް ހެދީ ކަމަށް
މެލޭޝިއާގެ ކުންފުންޏަކުން ކުރަހާފައިވާ ކިންގް ސަލްމާން މިސްކިތުގެ ޑިޒައިން--
08 އެޕްރީލް 2021 - 12:21
މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގެ ކުރެހުމާ ގުޅޭ ކޮޕީރައިޓްސް މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސައޫދީ ރަސްގެފާނުގެ އެހީގައި އިމާރާތްކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާ އެވެ. އެ ކުންފުންޏާ އެކު ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގައެވެ.
ނަމަވެސް ތުރުކީ ކުންފުންޏަށް ހަވާލުކޮށްގެން، ކުރީ ސަރުކާރުން މިސްކިތް އިމާރާތްކޮށްފައި ވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ އެންއާރްވައި އާކިޓެކްސް އިން ހުށަހެޅި ޑިޒައިނަށް ކަމަށް ބުނެ އެ ކުންފުނިން ވަނީ ސަރުކާރަށް ސިޓީއެއް ފޮނުވައިފަ އެވެ.
މިސްކިތުގެ ކުރެހުމާ ގުޅޭ ޝަކުވާއެއް ލިބިފައިވާކަން ކަށަވަރު ކޮށްދެއްވައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް "މިހާރު" އަށް ވިދާޅުވީ ސަލްމާން މިސްކިތް ހަދަން ކުރީ ސަރުކާރަށް ހުށަހެޅި ކުރެހުން ކޮޕީކޮށް، އެހެން ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތް ކޮށްފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށެވެ.
"[އެންއާރްވައި އާކިޓެކްސް] އިން ކޮށްފައިވާ ތުހުމަތަކީ ކޮޕީރައިޓާ ގުޅޭ ތުހުމަތެއް،" މަބްރޫކް ވިދާޅުވި އެވެ.
އެންއާރްވައި އާކިޓެކްސްގެ ވެބްސައިޓުގައި ސަލްމާން މިސްކިތުގެ ކުރެހުންތައް އެބަހުއްޓެވެ. މިހާރު މިސްކިތް އަޅާފައިހުރީ އެ ވެބްސައިޓުގައި ހުރި ކުރެހުންތަކާ ވަރަށް ބޮޑަށް ދިމާވާ ގޮތަށެވެ. ބޮޑަށް ފާހަގަވަނީ އެ ކުރެހުމުގައި ހުރި ބައެއް ބައިތައް މިހާރު އަޅާފައި ހުރި މިސްކިތުގައި ނެތްކަމެވެ.
- މަލްޓި ޕާޕަސް ހޯލެއް ހުންނާނެ
- އޮޑިޓޯރިއަމެއް ހުންނާނެ
- ގުރުއާނާ ބެހޭ މަރުކަޒު މިސްކިތަށް ބަދަލުކުރެވޭނެ
- ދުނިޔޭގެ ފެންވަރުގެ ލައިބްރެރީއެއް ހުންނާނެ
- ސެމިނާތަކާއި ކްލާސްރޫމްތައް ހުންނާނެ
ސަލްމާން މިސްކިތުގެ މަސައްކަތް މިދިޔަ އަހަރު ކުރީ ކޮޅު ނިންމައި ސަރުކާރާ ހަވާލު ކުރި ނަމަވެސް އަދިވެސް އެ މިސްކިތެއް ނުހުޅުވަ އެވެ. މި ރޯދަ މަހު ވަގުތީ ގޮތުން ވިޔަސް މިސްކިތް ހުޅުވަން މަސައްކަތްކުރި އެވެ. ނަމަވެސް ފަހުން ބުނެފައިވަނީ ރޯދަ އަށް ވެސް ތަން ހުޅުވެން ނެތް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯދާބަހެކޭ
27 July 2021
މިސްކިތް ނުހުޅުވަންވެގެން ދައްކާ ބަހަނާ. މިސްކިތެއް ވިއްޔާ ގުއްބުވެސް ހުންނާނެ. އިމާރާތެއް ވިއްޔާ ފާރުތައްވެސް ހުންނާނެ. ސައޫދީންވެސް ތިޑިޒައިނުގެ އެތައް މިސްކިތެއް ފެންނާނެ.
ފަށަން
09 April 2021
ކޮންމެ ކުރެހުމެއްވެސް ކުރެހުމައްފަހު އެޔަށްބަދަކު ގެނެވޭނެ! މީދެން ކޮންފަދަ ބޮޑު ޖޯކެއް.
މުޙައްމަދ
09 April 2021
މާލޭގަހުރި އިސްލާމީ މަރުކަޒާ ވަރަށް ވައްތަރު މިސްކިތެއް އަހަރެން ދުށިން މެލޭޝިޔާގެ ބަންގުސާއިން. މިސްކިތުގެ ނަމަކީ މަސްޖިދު ސައްޔިދުނާ އަބުބަކުރު ސިއްދީގް. އަޅެ ނިކަން ގޫގުލްގަ ސާޗް ކޮށްލަބަލަ.
އަބްޑޫޅް
10 April 2021
އިސްލާމީ މަރުކަޒު ފަރުމާ ކުރީ މެލޭސިޔާގެ އާކިޓެކްޓެއް.
ކޮންމެއަކަސް
09 April 2021
ކޮޕީއެއްވިއްޔާ އެހުރީ ކޮޕީކުރަން މާ ރަގަޅަށް ނޭނގޭ ބަޔަކު އެކަންކޮށްފަ. ބަލާބެލުމަށް ވަރަށް ގިނަ ތަފާތު ފެންނަން އެބަހުރި. އެތަފާތުތައް ފާހަގަކުރަން މުބާރާތެއް ބޭއްވިއަސް ފުދޭވަރަކަށް އެކަން ފާހަގަވެގެންދާނެ. ކޮންމެއަކަސް ތިޔަ މިސްކިތެއް މިމީހުންނެއް ނުހުޅުވާނެ. ކޮންމެވެސް ބަހަނާއެއް އަބަދުވެސް ދައްކާނެ. މާލޭގެ ގިނަ ގޭގެވެސް ހުންނަނީ މުޅިން އެއް ސްޓައިލަކަށް. އެކަމު ކޮޕީރައިޓް މައްސަލައަކަށް ނުވޭ.
ނަސީ
09 April 2021
ކޮބާމައްސަލައަކީ ރީތަންތަން ބަލައިގެން އެހެންމީހުންންވެސް ކަންތައް ކުރަނީ
ހަސަނު
09 April 2021
ވައްކަން ކޮށްފާ ނުކުރާނެ އެއް ކަމެއްވެސް ނެތް.. މި ވައްކަމުގެ ސަބަބުން އަހަރުން ރައްޔިތުންނަށް އެ ގެއްލުނީ ދުނިޔޭގެ ފެންވަރުގެ ރީތި މިސްކިތެއް.. ލިބުނީ ފުށް ގުދަނެއް...
ނަހޫ
09 April 2021
ގިނަ މިސްކިތް ތަކުގައި އެއްގޮތް ކަންތައްތަކެއް ހުންނާނެ. މާނައަކީ ގުއްބާއި، މުންނާރާއި، ނަމާދު ކުރާ ހޯލާއި މިފަދަ ތަންތަނުގައި އެއްގޮތް ކަންތަން ވަރަށް ގިނަވާނެ. މިމިސްކިތާއި ވައްތަރު މިސްކިތްތަކެއް ދިނިޔޭގެ އެހެން ސަރަހައްދުތަކުގައި ހުރުން އެކަށީވެގެންވޭ. އަދި ކޮޕީ އަކަށް ވިނަމަވެސް ނަމާދު ކުރެވޭނެ ތިތަން ހުޅުވާފަ ދިނީމަ..
ހަސަނު
09 April 2021
އެހެރަ ރީތި ޑިޒައިނުގެ މިސްކިތް އަޅާ ނިމުނު އިރު މިހުރީ އަލީ އެކްސް ޕްރެސްއިން ގެނައި އޯޑަރެއްހެން ވެފަ.. މިހާރު މިސްކިތް ވައްތަރީ އެސްޓީއޯ ފުށް ގުދަނާ...
ހަމް8
09 April 2021
ލޮލް.
ހެޔޮބަސް
09 April 2021
ވައްކަން ކުރުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާކަމެއް
ސާނި
09 April 2021
އޭގެ ވެރިފަރާތުން ދައުވާ ކުރުމުން އެކަން ކަޑަވާނެ ދިވެހިންނަށް. އޭނަގެ ޑިޒައިނެއް ކޮޕީކުރީމަ ދިވެހިންނަށް ނުވާނެ ހަޑި ކަމަކަށް. ޙިންދީ ފިލްމުތަކާއި ލަވަތައް މިހާރު ޓިކްޓޮކް ކޮޕީކޮށްކޮށް ދޮވެހިންނަށް ކައިބޮއި ހެދުންވެސް މިވަނީ ކޮޕީއަށްވެފަ.